ފްރޭންކް ލަމްޕާޑް
ކުޅިވަރު
24 Jan 2023 | 02:04
ލަމްޕާޑް މަގާމުން ވަކިކޮށްފި!

އިގިރޭސި ޕްރެމިއާ ލީގުގައި ނެރެމުން އަންނަ ދަށް ނަތީއްޖާތަކުގެ ސަބަބުން، މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވަޓަންގެ ކޯޗުކަމާ ހަވާލުވި، ކުރީގެ ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް މަގާމާއި ހަވާލުވިތާ އަހަރެއް ވެސް ނުވަނީސް އެވަޓަންގެ ކޯޗުގެ މަގާމުން ވަކިކޮށްފި އެވެ. 

އުމުރުން 44 އަހަރުގެ ލަމްޕާޑް އެވަޓަންގެ ކޯޗުކަމާ ހަވާލުވީ އޭރު އެޓީމުގެ ކޯޗުގެ މަގާމުގައި ހުރި ސްޕެއިންގެ ތަޖުރިބާކާރު ކޯޗު ރަފޭލް ބެނިޓޭޒެ މަގާމުން ވަކިކުރުމަށް ފަހުގައެވެ. ލަމްޕާޑް އެވަޓަން އާއި ހަވާލުވިއިރު އެޓީމު އޮތީ ރެލިގޭޝަން ޒޯނުގައެވެ. ނަމަވެސް ލީގު ފަހުމެޗުތަކުގައި ރަގަޅު ނަތީއްޖާތަކެއް ނެރެ މިދިޔަ ސީޒަން އެޓީމުން ނިންމާލީ ލީގު ތަވަލުގެ 16 ވަނައިގައެވެ.

ފްރޭންކް ލަމްޕާޑް ޗެލްސީގެ އޯލްޓައިމް ޓޮޕް ސްކޯރާ

ޕްރެމިއާ ލީގުގައި އެންމެ ފަހުން އެވަޓަން ކުޅުނު 12 މެޗުގެ ތެރެއިން ނުވަ މެޗުން އެޓީމު ބަލިވެފައިވާ އިރު، އެޓީމު މިވަގުތު އޮތީ ވިހި ޓީމު ހިމެނޭ ލީގު ތާވަލުގެ 19 ވަނައިގައެވެ. އަދި މި ސީޒަނުގައި އެޓީމު ލީގުގައި ކުޅުނު 20 މެޗުން 15 ޕޮއިންޓް ލިބިފައި ވާއިރު ލީގު ތާވަލުގެ ފުލުގައި އޮތް ސައުތުހެމްޓަންއަށް ވެސް އެ އަދަދަށް ޕޮއިންޓް ލިބިފައިވެއެވެ.  އެވަޓަން އަށް 19 ވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ.

މިދިޔަ ފަސް ވަރަކަށް އަހަރު ތެރޭގައި އެވަޓަން އިން ބޮޑެތި ހޭދަތަކެއް ކޮށްފައިވާއިރު އެޓީމުން ނެރެމުން އަންނަ ދަށް ނަތީއްޖާތަކުގެ ސަބަބުން އެވަޓަންގެ ބޯޑާއި ސަޕޯޓަރުންނާ ދެމެދުގައި ވެސް މިހާރު ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. އަދި ލީގުގައި  ސައުތުހެމްޓަންއާ ދެކޮޅަށް ކުޅެ އެވަޓަން ބަލިވި މެޗަށްފަހު ސަޕޯޓަރުން މުޒާހަރާވެސް ކޮށްފައިވާ އިރު، އެ މުޒާހަރާތައް ރޫޅާލަންޖެހުނީ ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ޗެލްސީގެ އިތުރުން މެންޗެސްޓަރ ސިޓީއަށް ވެސް ކުޅެފައިވާ ލަމްޕާޑަކީ ޗެލްސީގެ އޯލްޓައިމް ޓޮޕް ސްކޯރާއެވެ. އެވަޓަންގެ ކޯޗުކަމުގެ މަގާމާއި ހަވާލުވުމުގެ ކުރިން ލަމްޕާޑް ވަނީ ޑާބީ ކައުންޓީގެ އިތުރުން ޗެލްސީއަށްވެސް ކޯޗުކަން ކޮށްދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.