އެމްބާޕޭ އާއި ނޭމާ ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ
ކުޅިވަރު
24 Jan 2023 | 03:04
އެމްބާޕޭގެ ފަސް ލަނޑާއި އެކު ޕީއެސްޖީއަށް ފަސޭހަ މޮޅެއް!

ފުރާންސް ކަޕްގެ ދެވަނަ ބުރުގައި ހަވަނަ ޑިވިޝަންގެ ޕޭސް ޑި ކެސެލް 7-0 ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ޕީއެސްޖީ އިން ހޯދައިފިއެވެ.

2018 ވަނަ އަހަރު އުފެދުނު ޕޭސް ޑި ކެސެލް އިން ފުރާންސް ކަޕްގެ ދެވަނަ ބުރުގެ ފުރުސަތު ހޯދީ ހަތަރު ވަނަ ޑިވިޝަނުގެ ވަސްކޭހާލް ޕެނަލްޓީގައި 2-1 ން ބަލިކުރުމަށް ފަހުގައެވެ. މިރޭގެ މެޗަށް ޕީއެސްޖީ އިން ވަރުގަދަ ޓީމެއް ނެރެފައިވާއިރު ފުރަތަމަ އެގާރައިގައި ނޭމާގެ އިތުރުން އެމްބާޕޭ ހިމެނުނު އިރު އޭޓީމުގެ އާޖެންޓީނާގެ ތަރި މެސީ މިމެޗުގެ ސްކޮޑުގައި ނުހިމެނެއެވެ.

އެމްބާޕޭ މިރޭގެ މެޗުގައި ފަސް ލަނޑު ކާމިޔާބުކުރި

މިރޭގެ މެޗުގެ ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި އެމްބާޕޭ ލަނޑެއް ކާމިޔާބުކޮށް ޕީއެސްޖީއަށް ލީޑު ހޯދައިދިނެވެ. ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައި ގޯލެއްކަމަށެވެ. ފުރަތަމަ ހާފުގެ 29 ވަނަ މިނެޓާއި ހަމައަށް ޕޭސް ޑި ކެސެލްގެ ކުޅުންތެރިން ޕީއެސްޖީގެ ވަރަގަދަ އެޓޭކުތައް ހުއްޓުވުމުގައި ކާމިޔާބު ހޯދިއެވެ. ނަމަވެސް ފުރަތަމަ ހާފުގެ ފަހު 15 މިނެޓުތެރޭގައި އެމްބާޕޭގެ ހެޓްރިކާއި އެކު ޕީއެސްޖީއިން ހަތަރު ލަނޑު ކާމިޔާބުކުރިއެވެ.

ޕީއެސްޖީގެ ފުރަތަމަ ލަނޑު އެމްބާޕޭ 29 ވަނަ މިނެޓުގައި ކާމިޔާބުކުރި އިރު އެތީމުގެ ދެވަނަ ލަނޑު 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނޭމާއެވެ. އަދި އޭގެ މިނެޓެއްފަހުން އެމްބާޕޭ ޕީއެސްޖީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިން އިރު، އެމްބާޕޭ މިމެޗުގައި އޭނާގެ ހެޓްރިކް ފުރިހަމަކުރީ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ކާމިޔާބުކުރި ލަނޑުންނެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 4-0 ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީއިން އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައިވާއިރު، އެޓީމުގެ ފަސް ވަނަ ލަނޑު ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގައި ހެޓްރިކް ހެދި އެމްބާޕޭއެވެ. އެޓީމުގެ ހަ ވަނަ ލަނޑު 64 ވަނަ މިނެޓުގައި ސްޕެއިންގެ މިޑްފީލްޑަރ ކާލޯސް ސޮލަރ ކާމިޔާބުކޮށްދިން އިރު ޕީއެސްޖީގެ ފަހު ލަނޑު 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި އަންނަ ފެބުރުއަރީ މަހުގެ 9 ވަނަ ދުވަހު ޕީއެސްޖީ ނުކުންނާނީ މާސޭ އާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ