ޖަކޫބް ކިވިއާ
ކުޅިވަރު
24 Jan 2023 | 03:54
ސްޕެޒިއާގެ ޕޮލެންޑް ޑިފެންޑަރ ޖަކޫބް ކިވިއާ އާސެނަލްއަށް!

އިޓަލީގެ ސްޕެޒިއާއަށް ކުޅެމުން އަންނަ ޕޮލެންޑުގެ ޑިފެންޑަރ ޖަކޫބް ކިވިއާ އިގިރޭސި ޕްރެމިއާ ލީގު އެއްވަނައިގައި މިވަގުތު އޮތް އާސެނަލް އާއި ގުޅުމަށް އެއްބަސްވެއްޖެއެވެ.

އުމުރުން 22 އަހަރުގެ ޖަކޫބް ކިވިއާ އާސެނަލް އާއި ގުޅުނީ 2027 ވަނަ އަހަރުގެ ނިޔަލަށް 21 މިލިއަން ޕައުންޑްގެ ޓްރާންސްފާފީ އެއްގައެވެ. އަދި މި އެއްބަސްވުމުގައިވާ ގޮތުން ކުލަބުން ބޭނުންވެއްޖެނަމަ މި މުއްދަތު އިތުރު 12 މަސް ދުވަހަށް އިތުރުކުރެވިދާނެއެވެ.

ޖަކޫބް ކިވިއާ އިޓާލިއަން ލީގުގައި އިންޓަ މިލާން އާއި ދެކޮޅަށް ކުޅެނީ

މި ޓްރާންސްފާ އާއި ބެހޭގޮތުން ވަހަކަ ދައްކަމުން އާސެނަލްގެ ސްޕޯޓިން ޑިރެކްޓަރު އެޑޫ ބުނީ ޖަކޫބް ކިވިއާގެ ސޮއިކޮށް ނިމުމުން ވަރަށް އުފާވާ ކަމަށެވެ. އޭނާއަކީ ޒުވާން ހުނަރުވެރިއެއް ކަމަށާއި އޭނާ އަކީ އާސެނަލް އިން މޮނިޓާ ކުރަމުން އައި ހުނަރުވެރި ޒުވާން ކުޅުންތެރިއެއްކަމަށެވެ. އަހަރެމެން އެންމެންވެސް މިހާރު މިބަލަނީ ޖަކޫބާއެކު މަސައްކަތްކޮށް، އާސެނަލްއާއި އެކީގައި އޭނާގެ ކުރިއެރުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދާތަން ދެކެން. އަދި ކުލަބުގެ ފަރާތުން ޖަކޫބާއަށް މަރުހަބާ ކިޔާކަމަށެވެ.

ލީގުގައި އެންމެ ފަހުން އާސެނަލް އަމިއްލަ ދަނޑުގައި މެންޗެސްޓަރ ޔުނައިޓެޑާއި ވާދަކޮށް 3-2 ން މޮޅުވި މެޗު ބެލުމަށް ޖަކޫބާ ވަނީ އާސެނަލްގެ ދަނޑަށް ޒިޔާރަތްކޮއްފައެވެ.

ޖަކޫބް ކިވިއާ ވޯލްޑް ކަޕްގައި ފުރާންސް އާއި ދެކޮޅަށް ކުޅެނީ 

ޕްރެމިއާ ލީގު ތާވަލުގެ އެއްވަނައިގައި އެއް މެޗު މަދުން ކުޅެ މިވަގުތު ފަސް ޕޮއިންޓްގެ ލީޑެއްގައި އާސެނަލް އޮތްއިރު އެޓީމު އިތުރަށް ވަރުގަދަކުރުމަށް ޖެނުއަރީ ޓްރާންފާގައި މިއީ އެޓީމަށް ގެނެވުނު ދެ ވަނަ ކުޅުންތެރިއާ އެވެ. މީގެ ކުރިން އެޓީމުން ވަނީ ބްރައިޓަންގެ ބެލްޖިއަމް މިދްފީލްޑަރ ލިއަންޑްރޯ ޓްރޮސާޑްގެ ސޮއި 21 މިލިއަން ޕައުންޑަށް ހޯދާފައެވެ.

މި ސީޒަނުގައި އާސެނަލްގެ ފަހަތުގައި ވިލިއަމް ސާލިބާގެ އިތުރުން ގެބްރިއަލް މަގަލްހޭސް މޮޅުކުޅުމެއްދަށްކަމުން އަންނައިރު، ނިމިދިޔަ ގަތަރު ވޯލްޑް ކަޕްގައި ޕޮލެންޑްގެ ހުރިހާ މެޗެއް ފެށި ކިވިއާގެ ފަރާތުން މިދެކުޅުންތެރިންނަށް ރަގަޅު ޗެލެންޖެއް ފެނިގެންދާނެކަަމަށް އާސެނަލް އިން ގަބޫލުކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.