ހެރީ ކޭން
ކުޅިވަރު
24 Jan 2023 | 04:48
ހެރީ ކޭންގެ ރެކޯޑާއި އެކު ޓޮޓެންހަމް، ޔުނައިޓެޑް ފަހަތުގައި ވިއްދާފައި!

އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ ފުލަމް އާއި ވާދަކޮށް 1-0 ން މޮޅުވެ ޓޮޓެންހަމް ހޮޓްސްޕާސް އިން ލީގުގެ ހަތަރު ވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާއި ދެމެދުގައިވާ ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ.

ފުލަމް ދަނޑުގައި ކުޅެވުނު މިރޭގެ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިގިރޭސި ފޯވާޑް ހެރީ ކޭން އެވެ. މިއީ އެޓީމުގެ ކޮރެއީ ފޯވާޑް ހެއުން-މިން ސޮން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޭން ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިރޭގެ މެޗުގައި ކޭން ކާމިޔާބުކުރި ލަނޑާއި އެކު އޭނާ ވަނީ، ޓޮޓެންހަމް ގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ ޖިމީ ގްރީވްސްގެ ރެކޯޑާއި އަރާ ހަަމަކޮށްފައެވެ. ޗެލްސީން ކެރިއަރު ފެށި ޖިމީ ގްރީވްސް ވަނީ 1961 ވަނަ އަހަރުން ފެށިގެން 1970 ވަނަ އަހަރާ ހަމައަށް ސްޕާސް އަށް ކުޅުނު 379 މެޗުގައި 266 ލަނޑު ކާމިޔާބުކޮށްފައެވެ.

ޓޮޓެންހަމް ކެޕްޓަން އެކުލަބުގެ ލެޖެންޑް ޖިމީ ގްރީވްސް އާއިއެކު

ޕްރެމިއާ ލީގުގައި ޓޮޓެންހަމް އަަށް ކުޅެދިން 300 ވަނަ މެޗުގައި ކާމިޔާބުކުރި ލަނޑާއި އެކު އުމުރުން 29 އަހަރުގެ ފޯވާޑް ވަނީ ޕްރެމިއާ ލީގުގައި 199 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އޭނާ އަކީ 1992 ވަނަ އަހަރު ޕްރެމިއާ ލީގު މިހާރުގެ ފޯމެޓަށް ރީބްރޭންކުރި ފަހުން ލީގުގައި ތިން ވަނައަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއާ އެވެ. ޕްރެމިއާ ލީގު ތާރީޚުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ދެ ކުޅުންތެރިންނަކީ އެލަން ޝިއަރާ 260 ލަނޑު، އަދި ވޭން ރޫނީ 208 ލަނޑެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކު މިޒީސަނުގައި ކުޅުން 21 މެޗުން ޓޮޓެންހަމް އަށް ވަނީ 36 ޕޮއިންޓް ލިބިފައެވެ. ލީގުގެ ފަސް ވަނައިގައި އެޓީމު އޮތްއިރު ތިންވަނަ އަދި ހަތަރު ވަނައިގައިވާ ނިއުކާސަލް އަދި މެންޗެސްޓަރ ޔުނައިޓެޑަށް ލިބިފައިވަނީ 39 ޕޮއިންޓެވެ. ގޯލުގެ ތަފާތުން ނިއުކާސަލް ތިންވަނައިގައި އޮތްއިރު ޔުނައިޓެޑު އޮތީ ހަތަރު ވަނައިގައެވެ. މިރޭގެ މެޗުން ބަލިވި ފުލަމް އަށް 21 މެޗުން 31 ޕޮއިންޓު ލިބިފައިވާއިރު، އެޓީމު އޮތީ 7 ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.