ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު: ފޮޓޯ/އެމްޑީޕީ
ހަބަރު
24 Jan 2023 | 15:05
އިހުމާލެއް ބަޔަކާ ދޭތެރޭ ވެވޭނީ މިވަރަށް ނޫންތޯ؛ އެކަން ބަލަން ނުހުރެވޭނެ: ރައީސް ޞާލިހު

އަރި އަތޮޅުގެ ދެބުރީގެ ރަށްތަކަށް ވޭތިވެދިޔަ ސަރުކާރު ތަކުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާ، އެހެންނަމަވެސް މިސަރުކާރުން އެ ރަށްތައް ކުރިއަރުވަން މަސައްކަތް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު އއ. މާޅޮހަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިސަރުކާރުން މަސައްކަތް ކުރަމުންދަނީ، ތަފާތު ކުރުމެއްނެތި ހުރިހާ ރަށަކަށްވެސް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން މަތިވެރީ ދާއިރާ އަކީ އާބާދީގެ ގޮތުން މަދު މީސްކޮޅެއް ދިރިއުޅޭ ދާއިރާއެއް ނަމަވެސް، ތަފާތު ކުރެމެއްނެތި ޚިދުމަތްތައް ފޯރުކޮށްދެއްވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް، ވޭތުވެ ދިޔަ ސަރުކާރުތަކުން މި ދާއިރާއިން ރަށްތަކަށް މާބޮޑަށް އަޅާ ނުލައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

"ހުރިހާ ރަށެއްގެ ބޯފެނާއި ނަރުދަމާގެ ނިޒާމަކީ ބޭނުންޖެހިފައި އޮތް ކަމެއް. ލަފާފުރުން ދަތި އެތައް ރަށެއް މިދާއިރާގައި އެބައޮތް ސިއްހީ ހިދުމަތް ބޭނުންވެފައި ހުރި އެތައް ރައްޔިތުންނެ އެބަތިބި ތައުލީމު ދަރިންނަށް ދިނުމަށްޓަކައި ރަށުގައި ތިބެގެން ދިރިއުޅުން ބިނާކުރުމަށްޓަކައި ބޭނުންވާ އެތައް ރައްޔިތުންނެއް މިދާއިރާގައި އެބަތިބި" ރައީސް ވިދާޅުވިއެވެ.

މިއާއެކު ރައީސް ޞާލިހު ވިދާޅުވީ އަރި އަތޮޅަކީ ޓޫރިޒަމްގެ އެންމެ ބޮޑު ހަބު ކަމަށާއި އަރި އަތޮޅު އުތުރު ބުރި އާއި ދެކުނު ބުރިއަށްވެސް ކުރީގެ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށެވެ.

"އަރި އަތޮޅަކީ ޓޫރިޒަމްގެ އެންމެ ބޮޑު ހަބު. ދެވަނަ މާސްޓާ ޕްލޭނާއެއްގޮތައް ތަރައްގީކުރަންފެށި ޓޫރިޒަމް ޒޯން މީ ދައުލަތަށް އެންމެގިނަ ފައިސާ ޓެކްސްގެ ގޮތުގައި ދައްކާ ދާއިރާ އަރި އަތޮޅަކީ އެހެންނަމަވެސް މިއަތޮޅުގައި އަރި އަތޮޅުގެ ދެބުރީގެ ރަށްތައް މިހިސާބުގައި، މިހާހިސާބަށް އައި އިރުގައި ޓޫރިޒަމަށް 50 އަހަރު ފުރުނު އިރުގައި އޮންނަން ޖެހޭ ސަބަބެއް ނެތް ޒަރީރު އެ ވިދާޅުވީ ވޭތުވެ ދިޔަ 40 އަހަރުތެރޭގައި ނުކުރެވި ހުރި މަސައްކަތް މި ހަތަރު އަހަރު ދުވަސް ތެރޭގައި ކުރާ ވަހަކަ އިހުމާލެއް ބަޔަކާ ދޭތެރޭ ވެވޭނީ މިވަރަށް ނޫންތޯ."

"އަޅުގަނޑުމެންނަށް އެކަން ބަލާކަށް ތިބެވޭކަށް ނެތް. ފުރަތަމަ ދުވަހުންވެސް އަޅުގަނޑުމެން މަސައްކަތް ފެށީ، މިހެން ހުރި ރަށްރަށަށް ބޭނުންވޭފައި ހުރި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ އެމީހެއްގެ ސިޔާސީ ވިސްނުން ހުރިގޮތް ނުބަލާ އަދަދަށް ނުބަލާ ކޮންމެ މީހަކަށް އެބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށާއި އިރާދަކުރެއްވިއްޔާ މިމަސައްކަތާއިގެން ދާނީ ކުރިއަށްކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.