އައްޑޫ ސިޓީ ޝަންގްރިއްލާ ރިސޯޓު/ފޮޓޯ: އިންޓަނެޓް
ހަބަރު
27 Jan 2023 | 10:19
ސަރުކާރުން ޝަންގްރިއްލާގެ ހިއްސާ ދޫކޮށްލައިފި، ސެޕްޓެމްބަރުގައި ހުޅުވަން ތައްޔާރުވަނީ

އައްޑޫ ސިޓީގެ ޝަންގްރިއްލާ ރިސޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލަން ނިންމާ އެކަން އެ ރިސޯޓު ހިންގާ ކުންފުންޏަށް އަންގާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. 

ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީގައި އޮތް ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކޯވިޑާއި ގުޅިގެން ޝަންގްރިއްޔާ ރިސޯޓު ބަންދުކުރުމާއި ގުޅިގެން އައްޑޫ ސިޓީއަށް ނިސްބަތްވާ ވަރަށް ގިނަ ޒުވާނުންގެ ވަޒީފާތައް ގެއްލި، އެމީހުންގެ އާމްދަނީއަށް ބުރޫއަާފައިވާ ކަމުގެ ކަންބޮޑުވުންތައް އެމަނިކުފާނާއި ހަމަޔަށް އައިސްފައިވާކަމަށެވެ. 

އައްޑޫ ސިޓީގައި މީގެކުރިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ޝަންގްރިއްލާ އަލުން އޮޕަރޭޝަނަށް ގެނެވޭނީ ސަރުކާރުގެ ހިއްސާ ދޫކޮށްލައިގެން ކަމަށެވެ. 

އެއާއެކު ރޭ އެމަނިކުފާނު ވަނީ ސަރުކާރުގެ ހިއްސާ ދޫކޮށްލަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ. ރައީސް ޞާލިހު ވިދާޅުވީ އެ މައްސަލައިގައި މީގެ ދެ ދުވަސް ކުރިން އިކޮނޮމިކް ކައުންސިލުން ގޮތެއް ނިންމާފައިވާކަމަށެވެ. އެގޮތުން އެ ކައުންސިލުން ނިންމާ ސަރުކާރުގެ ހިއްސާ ދޫކޮށްލަން ކަމަށާއި، އެކަން ސިޓީއަކުން ސިޓީ ކައުންސިލާއި ޝަންގްރިއްލާގެ ވެރިންނަށް އަންގާފައިވާނެކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ ރައީސް ޞާލިހު ވިދާޅުވީ ދެން އޮތީ ޝަންގްރިއްލާ ރިސޯޓު ހިންގާ ފަރާތުން ގޮތެއް ނިންމުން ކަމަށެވެ. މިހާތަނަށް އެ ފަރާތާއި ދެކެވުނު ވާހަކަތަކުގެ ތެރޭގައި އަންނަ ސެޕްޓެމްބަރު ހިސާބުގައި އަލުން އެ ރިސޯޓު ހުޅުވޭނެކަމުގެ ޔަގީންކަން އެ ފަރާތުން ދެއްވާކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

އައްޑޫ ސިޓީގައި ރައީސް ޞާލިހު ބޭއްވި ޖަލްސާގެ ތެރެއިން

"އަޅުގަނޑުމެން މިތިބީ ސަރުކާރުގެ ހިއްސާ ދޫކޮށްލަން ތައްޔާރަށް. އެކަން މިހާރު ފާސްކޮށް ނިންމާ ޝަންގްރިއްލާގެ ވެރީންނަށް މިހާރު ވާނީ އަންގާފައި. އެއްމަސް ދުވަހުގެ ތެރޭގައި އެ ބޭފުޅުން ޑިޒިޝަނެއް ނަގަން ޖެހޭނެ. މިހާރު އެ ބޭފުޅުން އަޅުގަނޑުމެންނަށް މައުލޫމާތު ދީފައިވާ ގޮތުގައި އޮގަސްޓް / ސެޕްޓެންބަރުގައި އިރާދަކުރެއްވިއްޔާ ހުޅުވޭވަރަށް މަސައްކަތް ކުރާނެ ކަމަށްވެސް އޮތީ އަންގާފާއި"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު

ޝަންގްރިއްލާއަކީ އައްޑު އަތޮޅުގެ ގިނަ އަދަދެއްގެ ބަޔަކު ވަޒީފާ އަދާކުރަމުން ދިޔަ ރިސޯޓެކެވެ. ކޯވިޑާއި ގުޅިގެން އެ ރިސޯޓު ބަންދުކޮށްފައި އޮންނަތާ 3 އަހަރު ވެއްޖެ އެވެ. ރިސޯޓު އަނބުރާ ހުޅުވުމަށްޓަކައި ސަރުކާރުގެ ހިއްސާ ދޫކޮށްލަން ނިންމާފައިވާއިރު އެކަމަށްޓަކައި 70 މިލިއަން ޑޮލަރު ސަރުކާރުން ދައްކަން ޖެހޭނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.