ބެންޒެމާ ރެއަލްއަށް އިތުރު ވަގުތުގައި ލީޑު ހޯދައިދިނުމަށް ފަހު
ކުޅިވަރު
27 Jan 2023 | 13:36
ފަހަތުން އަރާ އެތްލެޓިކޯ ބަލިކޮށް ރެއާލް މެޑްރިޑް ސެމީި ފައިނަލަށް!

ކޮޕާ ޑެލްރޭ ކުއާޓާ ފައިނަލުގައި ވާދަވެރި އެތްލެޓިކޯ މެޑްރިޑް ލަނޑެއްޖަހައި ލީޑު ހޯދާފައިވަނިކޮށް ފަހަތުން އަރާ ތިން ލަނޑު ކާމިޔާބުކޮށް ރެއާލް މެޑްރިޑް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ރެއާލްގެ ދަނޑުގައި މިރޭ ކުޅެވުނު މެޗުގެ ފުރަތަމަ ހާފުގައި އެޓީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު އެތްލެޓިކޯ އިން ވަނީ މިހާފުގައި ރެއާލްގެ ގޯލަށް ރަގަޅު ހަމަލާތަކެއް ފޮނުވާލައިފައިވެއެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ އެތްލެޓިކޯ މެޑްރިޑުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހަފުގެ 19 ވަނަ މިނެޓުގައި ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާއެވެ. މިއީ އެޓީމުގެ އާޖެންޓީނާ ޑިފެންޑަރ ނަހުއެލް މޮލީނާ ގޯލުކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ރެއާލްގެ ގޯލް އޭރިއާތެރޭ މުޅިން ހުސްކޮށްހުރެ އެއްފަހަރުޖަހައި ގޯލްތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ބުރެޒިލްގެ ފޯވާޑް ރޮޑްރީގޯ

މެޗުގެ ދެވަނަ ހާފުގައި ރެއާލް މެޑްރިޑުން ކުޅުން ރަގަޅުކޮށް އެޓީމުގެ ހަމަލާތައް ވަރުގަދަކުރިއެވެ. ރެއާލްއަށް މެޗުގެ ނަތީއްޖާ އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ބުރެޒިލްގެ ޒުވާން ފޯވާޑް ރޮޑްރީގޯ އެވެ. ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައި އެތްލެޓިކޯގެ ހާފް މެދަކާއި ހިސާބުން ލިބުނު ބޯޅައެއްގައި އެތްލެޓިކޯ މެޑްރިޑުގެ ހަތަރު ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އެޓީމުގެ ޕެނަލްޓީ އޭރިއާތެރެއަށް ވަދެ ރޮޑްރިގޯ ބޯޅަ ގޯލުގެ ކަނައް އާޒުކޮށް ފޮނުވާލިއިރު އެތްލެޓިކޯގެ ގޯލްކީއްޕަރަށް ހުރެވުނީ ހަރަކާތް ހުއްޓިފައެވެ.

 އެތްލެޓިކޯގެ ޑިފެންޑަރ ސްޓެފަން ސަވިކް އަށް ރެފްރީ ރަތް ކާޑު ދައްކަނީ

ރެއާލްގެ ލަނޑަށް ފަހުވެސް އެޓީމުން ކުރިއައްޖެހި ލަނޑެއްޖެހޭތޯ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް މެޗުގެ 90 މިނެޓުގެ ކުޅުން ނިމިގެންދިޔައީ 1-1 ން ދެޓީމު އެއްވަރުފައި އޮވެގެންނެވެ. ނަތީއްޖާ ނެރުމަށް ކުޅެވުން އިތުރުވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގެ ތެރޭގައި އެތްލެޓިކޯގެ ޑިފެންޑަރ ސްޓެފަން ސަވިކް އަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއި އެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. އަދި މި ހާފުގެ އެންމެ ފަހު މިނެޓުގައި ރެއާލް މެޑްރިޑަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދައިދިނީ އެޓީމުގެ ކެޕްޓަން ކަރީމް ބެންޒިމާ އެވެ.

ރެއާލްގެ ފަހުު ލަނޑު އިތުރު ވަގުތުގެ ދެވަނަ ހާފުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ބުރެޒިލްގެ ޒުވާން ފޯވާޑް ވިނިޝިއަސް ޖޫނިއާ އެވެ. މިރޭގެ މެޗުން މެޅުވެ މުބާރާތުގެ ސެމީގެ ފަހުޖާގަ ރެއާލް މެޑްރިޑުން ހޯދިއިރު ސެމީގައި ވާދަކުރަންޖެހޭ ޓީމެއް އެގޭނީ އަންނަ އާދީއްތަ ދުވަހު ބާއްވާ ގުރުނެގުމުގެ ރަސްމިއްޔާތައް ފަހުގައެވެ. މި އަހަރުގެ ކޮޕާ ޑެލްރޭ ސެމީއިން ޖާގަހޯދައިފައިވާ އަނެއް ތިން ޓީމަކީ ބާސެލޯނާ، އޮސަސޫނާ އަދި އެތްލެޓިކް ބިލްބާއޯ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ