ޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް: ފޮޓޯ/ މަޖިލިސް
ހަބަރު
27 Jan 2023 | 15:02
އަޚާއާއިމެދު ދައްކާ ބައެއް ވާހަކަ ތަކަކީ ސާބިދުކޮށްދިނުން ލާޒިމްވާ ވާހަކަ: ޝަރީފް

ތިމާގެ އަޚާ އާއިމެދު ދައްކަން ނުވާ ވާހަކަ ހުންނަންޖެހޭނެ ކަމަށާ، ބައެއްވާހަކަ ތަކަކީ ދައްކައިފި ނަމަ ފަޑިޔާރެއްގެ ކުރިމަތީ ސާބިދުކޮށްދިނުން ލާޒިމްވާނެ ވާހަކަތައް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ޓުވިޓާ އެކައުންޓާއި، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ގެ ޕްރައިމަރީ ކެމްޕެއިން އެކައުންޓް، "ފިކުރެއްގެ ދިރުން" އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގެ ޓުވިޓާ ކެންޕެއިން އެކައުންޓް "ރައީސް ޞާލިހު 2023" ޓެގް ކުރައްވައި ޝަރީފް ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ނުސީދާ ގޮތުން ރައީސް ނަޝީދަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. 

އެގޮތުން ޝަރީފް ވިދާޅުވީ، އިސްލާމީ ގައުމެއްގެ ވެރިއަކަށް އިސްލާމްދީނުގައި ހައްދު ކަޑައަޅާފައިވާ ކަންކަން އެގެންޖެހޭނެކަމަށެވެ. 

"އޭނަގެ އަޚާއާމެދު ނުދައްކާނެ ވާހަކަހުންނަންޖެހޭނެ. ބައެއްވާހަކަ ތަކަކީ ދައްކައިފި ނަމަ ފަޑިޔާރެއްގެ ކުރިމަތީ ސާބިދުކޮށްދިނުން ލާޒިމްވާނެ." ޝަރީފް ވިދާޅުވި އެވެ. 

ޝަރީފް މިފަދައިން ވިދާޅުވެ ބަހުގެ ހަމަލާތަކެއް ރައީސް ނަޝީދަށް އަމާޒުކުރައްވާފައި މިވަނީ، ރައީސް ޞާލިހު ގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުވައި ރައީސް ނަޝީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ކަމަށް ބެލެވެއެވެ. 

އެގޮތުން، ފާއިތުވެދިޔަ އަހަރުތެރޭގައި، ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު، އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލާގައި ހައްޔަރުކުރުމާއި ގުޅިގެން، ރައީސް ނަޝީދު ވަނީ އެކަމާއި މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ. އަދި ރައީސް ޞާލިހު ޒިނޭ ކުރާ މަންޒަރު ފެންނަ 4 ފޮޓޯ ރައީސް ނަޝީދަށް ލިބިފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.
14 Sep 2026
ސަފީރު ޝަބީނާ, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން