މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު: ފޮޓޯ/ ވަގުތު
ހަބަރު
27 Jan 2023 | 16:46
ރައީސް ޞާލިހަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ ރިޔާސީ ރޭހުން ދުރުވާން ނަސޭހަތް ދިނުން: ޠާރިގު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ހެޔޮއެދޭ، ތިމާގެބޭފުޅުންނަށް ކޮށްދެވޭނެ އެންމެބޮޑު ހެޔޮކަމަކީ ވީ އެންމެ އަވަހަށް ރިޔާސީ ރޭހުން ދުރުވުމަށް އެމަނިކުފާނަށް ނަސޭޙަތް ދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު ވިދާޅުއްވެއްޖެއެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެންޕެއިން ނިންމުމުގެ ގޮތުން އައްޑޫގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހް ވަނީ ރާއްޖޭގެ 357 ރަށެއްގައި ފްލެޓު އަޅާ ނިމިފައިވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ރާއްޖޭގައި މީހުން ދިރިއުޅެނީ 200 އަށް ވުރެ މަދު ރަށެއްގައިކަމަށްވުމުން، ސިޔާސީ ބޭފުޅުންގެ އިތުރުން އާންމުވެސް އަންނަނީ އެމަނިކުފާނަށް ފާޑުވިދާޅުވަމުންނެވެ.

އެގޮތުން ޠާރިގު ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ، ރައީސް ޞާލިހަށް ހެޔޮއެދޭ، ތިމާގެބޭފުޅުންނަށް ކޮށްދެވޭނެ އެންމެބޮޑު ހެޔޮކަމަކީ ވީއެންމެ އަވަހަށް ރިޔާސީ ރޭހުން ދުރުވުމަށް އެމަނިކުފާނަށް ނަސޭޙަތް ދިނުން ކަމަށް ވިދާޅުވެފައެވެ.

އަދި އެފަދައިން ނަސޭހަތްދިނުމުން އެ ނަސޭހަތުގެ ބަސް ނާހައި، ގޮތް ދޫނުކުރައްވަންވެސް ރައީސް ޞާލިހް އުޅުއްވާނެ ކަމަށާ އެހެން ނަމަވެސް، ކުޑަކުދިންވެސް ބޭނުން ކޮންމެކަމެއް ކުރަން މައިންބަފައިން ފުރުސަތު ނުދެނީ، އެކުދިންނަށް ރަގަޅަކަށް ކަމަށް ޠާރިގު ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނުގެ ކެމްޕޭނު ނިންމަވާލެއްވުމަށް އައްޑޫ ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވަނީ ފާއިތުވި 40 އަހަރު ނުހިންގާ ގިނަ މަޝްރޫއުތައް ވެރިކަމުގެ 4 އަހަރުގެ ތެރޭގައި ކުރަން ފަށާފައިވާކަމަށް ވިދާޅުވެފައެވެ. 

"މާލެ ސަރަހައްދުގައި 7000އަށްވުރެ ގިނަ ފްލެޓު އަދި 5000އަށް ވުރެ ގިނަ ގޯތި ދިނުމުގެ މަޝްރޫއު އެދަނީ ކުރިއަށް. މިހާތަނަށް 357 ރަށެއްގައި ފްލެޓު އަޅާ ނިމިއްޖެ.. ހަވާލުކުރެވިއްޖެ.. އައްޑޫ ސިޓީއިން ގޯތި ދޫކުރުމަށް މޭޔަރު މިހާރު ވަނީ އިއުލާނު ކުރެވިފަ" ރައީސް ޞާލިހު ވިދާޅުވިއެވެ. 

ކޮމެންޓް
ތޯބެ
ވައްކަން ކުރިކަން ސާބިތުވެފައިވާ ބޮޑެތި ވަގުންނަށް ތިޔަ ނަސޭހަތް ދޭންވީނު؟
27 Jan 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.