ސިޓީގެ ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ކުޅިވަރު
28 Jan 2023 | 07:43
އަސެނަލް އަތުން މެންޗެސްޓަރ ސިޓީއަށް އުދަގޫ މޮޅެއް!

ދުނިޔޭގެ އެންމެ ގިނަދުވަސްވީ ފުޓްބޯޅަ މުބާރަތް ކަމުގައިވާ އިގިރޭސި އެފްއޭ ކަޕްގެ 152 އަހަރުވީ ދިގު ތާރީޚްގައި އެންމެ ކާމިޔާބު ކުލަބް އާސެނަލް މިއަހަރުގެ މުބާރާތުގެ ހަތަރުވަނަ ބުރުން ކަޓައިފިއެވެ. މެންޗެސްޓަރ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅެވުނު އެފްއޭ ކަޕް ހަތަރުވަނަ ބުރުގެ މެޗުގައި ސިޓީއަތުން އެޓީމު ބަލިވީ 1-0 ން ނެވެ.

ދެޓީމުވެސް ބަދަލުތަކަކާއިއެކު ރޭގެ މެޗު ފެށިއިރު ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަގެންގުޅެ މެޗު ޑޮމިނޭޓުކުރީ މެންޗެސްޓަރ ސިޓީއިން ނެވެ. ނަމަވެސް މިހާފުގައި ރަގަޅު ހަމަލާތަކެއް އުފައްދާފައި ވަނީ އާސެނަލް އިންނެވެ. މިގޮތުން ފުރަތަމަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި އާސެނަލްގެ ޖަޕާނު ޑިފެންޑަރ ޓަކެހިރޯ ޓޮމިޔާސޫ ފޮނުވާލި ބާރު ހަމަލާ ސިޓީގެ ޖަރުމަން ގޯލްކީއްޕަރު ސްޓެފަން އޮރްޓެގާ ދިފާއުކުރި އިރު އެކާވީސް ވަނަ މިނެޓުގައި އާސެނަލްގެ ބެލްޖިއަމް މިޑްފީލްޑަރ ލިއަންޑްރޯ ޓްރޮސާޑް ފޮނުވާލި ހަމަލާވެސް އޮރްޓެގާ ވަނީ ހުޝިއާރުކަމާއެކު ދިފާއުކޮއްފައެވެ.

އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި އާސެނަލް އާއި މެންޗެސްޓަރ ސިޓީ ވާދަކުރި މެޗުގެ ތެރެއިން

މިހާފުގައި މެންޗެސްޓަރ ސިޓީއިން އެންމެ ރަގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ ބެލްޖިއަމް މިޑްފީލްޑަރ ކެވިން ޑި ބްރޭނާ އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އާސެނަލްގެ ގޯލާއި އަމާޒުނުވެ ދަނޑިކައިރިން ދިޔައީ ބޭރަށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލްގެ އިގިރޭސި ފޯވާޑް އެޑީ އެންކެޓިއާ ރަގަޅު ހުސްފުރުސަތެއްލިބުނެވެ. ޓްރޮސާޑް ސިޓީގެ ގޯލްކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް މުޅިން ހުސްކޮށްހުރެ އެންކެޓިއާ ފޮނުވާލުމުން ގޯލާއި އަމާޒުނުވެ ދިޔައީ ބޭރަށެވެ.

ދެވަނަ ހާފުގެ ކުޅުން އާސެނަލް އިން ފެށީ ދެ ބަދަލާއި އެކުގައެވެ. އަދި މިހާފުގައި ސިޓީއިން ވެސް އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއެވެ. ނަތީއްޖާއެއްްގެ ގޮތުން ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި ސިޓީއިން މެޗުގެ ލީޑުނެގިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނެދަލޭންޑްސްގެ ޑިފެންޑަރ ނަތަން އަކޭ އެވެ. މިއީ އެޓީމުގެ އިގިރޭސި މިޑްފީލްޑަރ ޖެކް ގްރީލިޝް ތަނަވަސްކޮއްދިން ފުރުސަތެއްގައި އަކޭ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ސިޓީގެ ގޯލައްފަހު އާސެނަލް އިން ބަދަލުތަކެއްގެނެސް މެޗުގެ ނަތީއްޖާ އެއްވަރުކުރެވޭތޯ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް މެޗު ނިމިގެން ދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-0 ން މެންޗެސްޓަރ ސިޓީ މޮޅުވެގެންނެވެ. ރޭގެ މެޗަކީ ގާޑިއޯލާގެ ކޯޗުކަމުގައި މި ދެޓީމު ވާދަކުރި 17 މެޗުގެ ތެރެއިން މެންޗެސްޓަރ ސިޓީ މޮޅުވި 14 ވަނަ މެޗެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ