ރައީސް ޞާލިހު މީޑިއާ އާއި ވާހަކަދައްވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
28 Jan 2023 | 11:49
ވޯޓުލުން ކުރިއަށްދާއިރު ޑިމޮކްރަސީގެ ރޫހާ ޚިލާފު ކަންކަން ނުކުރުމަށް ރައީސް ޞާލިހު އިލްތިމާސް ކޮށްފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާއިރު، ޑިމޮކްރަސީގެ ރޫހާއި ޚިލާފު އެއްވެސް ކަމެއް ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިލްތިމާސް ކުރައްވައިފި އެވެ. 

އެކަމާއި ގުޅޭގޮތުން ރައީސް ޞާލިހުގެ ކެމްޕޭނު ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރއިމަރީއަކީ ޕާޓީގެ އެންމެހާ ހަމަތަކާއި އުސޫލުތައް ނަގަހައްޓާ ފުރިހަމަ ޑިމޮކްރެޓިކް އިންތިޚާބަކަށް ހެދުމަށް ރައީސް ޞާލިހު އިރުޝާދުދެއްވާ ކަމަށެވެ. 

އެތެރޭގެ މި އިންތިޚާބަށްފަހު މުޅި ޕާޓީ އެކުގައި ކުރިއަށް ގޮސް، މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ޒާތީ ތައައްސުބާއި އެކަށީގެން ނުވާ ބަހުރުވައާއި، ޒުވާބާއި ޖަދަލުގެ ތެރެއަށް ނުވެއްޓި ތިއްބެވުމަށް ރައީސް ޞާލިހު އިލްތިމާސްކޮށްފައިވާކަމް އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. 

އޭގެ އިތުރުން އެތެރޭގެ އިންތިޚާބު ގަޑުބަޑު ކުރުމަށް ވާދަވެރި ކެންޑިޑޭޓާއި އެ ކެންޑިޑޭޓުގެ ކެމްޕޭނު ޓީމުން މަސައްކަތް ކުރަމުން ދިއުމަކީ ހިތާމަކުރައްވާކަމެއްކަމަށް ރައީސް ޞާލިހު ވިދާޅުވެފައިވާކަމަށް އެ ބަޔާނުގައި ވެއެވެ. 

އެއާއެކު އެތެރޭގެ މި އންތިޚާބަކީ ޑިމޮކްރަސީގެ ރޫހާއި އެއްގޮތަށް ކުރިއަށް ގެންދެޥޭ ކާމިޔާބު އިންތިޚާބަކަށް ހެދުމަށް މަސައްކަތްކޮށްދެއްވުމަށް ރައީސް ޞާލިހު އެދިލައްވާފައިވާކަންވެސް އެ ބަަޔާނުގައި ފާހަގަކޮށްފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.