ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ކުޅިވަރު
28 Jan 2023 | 09:18
ކުލަބް ވޮލީބޯލް ބަލިކޮށް ވެމްކޯއިން ޗެންޕިއަންކަން ހޯދައިފި!

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެންޕިއަންކަން އެންމެ ފަހުގެ ރަނަރަޕް ކުލަބް ވެމްކޯ އިން ހޯދައިފިއެވެ. އެޓީމު ޗެންޕިއަންކަން ހޯދީ ފައިނަލުގައި ކްލަބް ވޮލީބޯލް ތިން ސެޓް އެއް ސެޓުން ބަލިކުރުމަށް ފަހުގައެވެ.

ޒުވާނުންގެ މަރުކަޒު އިންޑޯ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓް ފަސޭހަ ކަމާއިއެކު ކްލަބް ވެމްކޯއިން ކާމިޔާބުކުރީ 25-11 އިންނެވެ. މި ސެޓުގައި އެޓީމުގެ އެ ޓީމުގެ ނޭޕާލް ކުޅުންތެރިޔާ، ޕްރަތީބާ އިތުރުން  އައިޝަތު މާޖިދާގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންގޮސްފައިވެއެވެ.  ނަމަވެސް ދެވަނަ ސެޓުގައި ވެމްކޯގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކްލަބް ވޯލީބޯލްގެ ޒުވާން ކުޅުންތެރިން ވަނީ ވާދަވެރި ކުޅުމަކަށްފަހު 22-25 ދެވަނަ ސެޓް ކާމިޔާބުކޮށްފައެވެ.

ކުލަބް ވެމްކޯގެ ކުޅުންތެރިން ފައިނަލް މެޗަށްފަހު އުފާ ފާޅުކުރަނީ.  ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިދެޓީމު ލީގު ބުރުގައި ވާދަކުރި މެޗު ތިން ސެޓް އެއް ސެޓުން ކްލަބް ވޮލީބޯލް ކާމިޔާބުކޮށްފައި އޮތުމުން ރޭގެ މެޗުގެ ފޯރި އިތުރަށް ގަދަވެގެންދާނެކަމަށް ކުރިންވެސް އޮތީ ބެލެވިފައެވެ. ނަމަވެސް ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓުގައި ކްލަބް ވޮލީބޯލްގެ ކުޅުންތެރިންގެ ފަރާތުން ގިނަ މިސްޓޭކުތަކެއް ފެނިގެދިޔައިރު މި ދެސެޓުވެސް ކްލަބް ވެމްކޯއިން ހޯދީ ފަސޭހަކަމާއި އެކުގައެވެ.

ތިން ވަނަ ސެޓު 19-25 ން ކުލަބް ވެމްކޯ އިން ކާމިޔާބުކުުމުން ހަތަރު ވަނަ ސެޓުގައި ކުލަބް ވޮލީބޯލް އިން ރަގަޅު ފައިޓެއްދޭނެކަމަށް ބެލެވުނު ނަމަވެސް ވެމްކޯގެ ތަޖުރިބާކާރު ކުޅުންތެރިންގެ ކުރިމަތީގައި ކްލަބް ވޮލީބޯލްގެ ޒުވާން ޓީމަށް މިސެޓުގައި ވާދަވެރި ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ. ވެމްކޯގެ ބިދޭސީ ދެކުޅުންތެރިން ކަމަށްވާ ޕްރަތީބާ އަދި ސްޓޭންސީ ފެނާންޑޭސްގެ މޮޅު ކުޅުމާއި އެކު ވެމްކޯ އިން މިސެޓް ކާމިޔާބުކުރީ ފަސޭހަކަމާއި އެކު 25-14 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމާއި މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ނޭޕާލް ކުޅުންތެރިއާ ޕްރަތީބާ އެެވެ. މިއީ ޕްރަތީބާ، ރާއްޖޭގެ ގައުމީ މުބާރާތް ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ ، 2016 އާއި 2017 ވަނަ އަހަރު ފުވައްމުލަކު މިސްކިތްމަގު ޓީމާ އެކު ޤައުމީ މުބާރާތުގެ ޗެންޕިއަންކަން ހޯދިއިރު އެންމެ 2019 އަހަރު ޤައުމީ މުބާރާތުގައި ޕޮލިސް ކްލަބުން ކްލަބް ވެމްކޯ ބަލިކޮށް ތަށި ހޯދިއިރު، ޕްރަތީބާ ވަނީ ފައިނަލުގައި މޮޅަށް ކުޅެ، އެ ފަހަރުގެ ފައިނަލުގެ ވެސް މޮޅު ކުޅުންތެރިއާގެ މާގާމު ހޯދައިފައެވެ.

މިއަހަރުގެ ގައުމީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޑްރީމް ޓީމުގައި ހިމެނެނީ ވެމްކޯގެ މާޖިދާ، އަރީޝާ، ޖޫޒާން އަދި ރިޔާޝާގެ އިތުރުން ކްލަބް ވޮލީބޯލްގެ ޝާނިޔާ، ނަރީމާ އިދުރީސް އަދި ފައިހާ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ