ވޯޓު ލެއްވުމަށްފަހު ރައީސް ޞާލިހު ނޫސްވެރިންނަށް އިންޓާވިއު ދެއްވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
28 Jan 2023 | 13:50
އަޅުގަނޑަށް ގަބޫލުކުރެވެނީ ތަފާތު ބޮޑުކޮށް އިންތިޚާބު ކާމިޔާބު ވާނެކަމަށް: ރައީސް ޞާލިހު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ތަފާތު ބޮޑުކޮށް ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. 

މި އިންތިޚާބުގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނަށް ދިން ބަސްދީގަތުމެއްގައި ރައީސް ޞާލިހު ވަނީ މި އިންތިޚާބު އޮޅުވާލުމަށް މަސައްކަތް ކުރައްވާކަމަށް އެމަނިކުފާނާއި ވާދަވެރި ކެންޑިޑޭޓު ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ ކެމްޕޭނު ޓީމުން ކުރައްވާ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. 

އެކަމާއި ގުޅިގެން ރައީސް ޞާލިހު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ މި އިންތިހާބަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތަށް ވެސް މުހިންމު މަންޒަރެއް ފެނިގެންދާނެ އިންތިހާބަކަށް ވެގެންދާނެކަމަށެވެ.

ސުލްހަވެރިކަމާ އެކު މި ވޯޓު ނިމޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި އެއާއެކު ދެން އޮތީ ކުރިއަށް އޮތް ރިޔާސީ އިންތިިހާބަށް އެކުގައި މަސައްކަތް ކުރުން ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. 

މި އިންތިޚާބު "ޑަބަލް ޑިޖިޓު" ގެ ތަފާތަކުން މޮޅުވާނެކަމުގެ ޔަގީންކަން އޮތްކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފަ އެވެ.

""އަޅުގަނޑަށް ގަބޫލު ކުރެވެނީ ވަރަށް ތަފާތު ބޮޑުކޮށް އިންތިހާބު އަޅުގަނޑު ކާމިޔާބު ކުރާނެ ކަމަށް. އަޅުގަނޑުމެންނަށް މަސައްކަތް ތަކެއް ކުރެވިއްޖެ، އޭގެން ފެންނަނީ އެ މަންޒަރު. އަޅުގަނޑުމެން ކުރާ މަސައްކަތަކީ ޑިފަރެންސް ބޮޑުކުރުމަށް ކުރާ މަސައްކަތެއް، އަޅުގަނޑު އުންމީދު ކުރަނީ ހަމަ ޑަބަލް ޑިޖިޓްގެ ތަފާތެއް ނަތީޖާ ނުކުންނަ އިރު ފެންނާނެ ކަމަށް"

ރައީސް ޞާލިހު 

ރައީސް ޞާލިހު އިތުރަށް ވިދާޅުވީ އެތެރޭގެ އިންތިޚާބަށްފަހު ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތައްވެސް މިހާރު ކުރެވެމުން ދާ ކަމަށެވެ. 

އެގޮތުން އެމްޑީޕީގެ އާންމު މެމްބަރުންގެ އިތުރުން ތަފާތު ދާއިރާތަކުގައި މަސައްކަތް ކުރައްވާ އެކި އެކި ފަރާތްތަކުގެ ވިސްނުން ހުރި ގޮތް ދެނެގަނެ، އެމީހުންގެ ތާއީދު ހޯދުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި، އިންތިޚާބަށްފަހު އެ މަސައްކަތްތައް ފައްޓަވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.