އެމްޑީޕީއަށް މަރުހަބާ ކިޔާ ހަދާފައިވާ ޕޯސްޓަރެއް/ ފޮޓޯ: ވޮއިސް
ހަބަރު
28 Jan 2023 | 18:59
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ޞާލިހު ކާމިޔާބު ކުރައްވައިފި

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް މިއަދު ކުރިއަށް ގެންދިޔަ އެޕާޓީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބު ބޮޑު ތަފާތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކާމިޔާބު ކުރައްވައިފި އެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ޖުމުލަ ނަތީޖާ ދައްކާގޮތުން ރައީސް ޞާލިހަށް ލިބިފައިވަނީ %63 ވޯޓެވެ. އަދި ރައީސް ނަޝީދަށް ލިބިފައިވަނީ %37 އިންސައްތަ ވޯޓެވެ. 

މިހާތަނަށް ނަތީޖާ އިއުލާން ކޮށްފައިވާ ދާއިރާ ތަކުގެ ތެރޭގައި އާބާދީ ބޮޑު ދާއިރާތައްވެސް ހިމެނެއެވެ. އެހެންކަމުން، މި ނަތީޖާއިން ރައީސް ޞާލިހަށް އިންތިހާބު ކާމިޔާބު ވިކަން މިވަނީ ޔަގީންވެފަ އެވެ. 

މި އިންތިޚާބުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 286 ވޯޓު ފޮށި ވަނީ ބަހައްޓާފަ އެވެ. 

މިއަދު ހެނދުނު 9:00 ގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފަށާފައިވާއިރު ހަވީރު 5:00 ހަމަޔަށް ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ. 

ވޯޓުލުން ކުރިއަށް ދިޔައިރު ބައެއް ވޯޓު ފޮށިތަކުގައި އެކި މައްސަލަތައް ޖެހި ވޯޓުލުންވެސް މެދުކަނޑާލަން ޖެހުނުކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް އެ މައްސަލަތައް ހައްލުކޮށް އެ ފޮށިތަކުގައިވެސް ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައިވެއެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮތްކަމަށް ރައީސް ޞާލިހުވަނީ މިއަދުވެސް ވިދާޅުވެފަ އެވެ. 

އަދި މި އިންތިޚާބަށްފަހު ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރީތައް ވާން ފަށާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

އެމްޑީޕީ ވެރިކަން ދިފާއުކުރުމަށް ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭކަމަށް ރައީސް ޞާލިހަށް ތާއީދުކުރައްވާ މެމްބަރުން ވަނީ ވިދާޅުވެފައެވެ. އަދި ވެރިކަން ދެމެހެއްޓުމަށް އެހެން ސިޔާސީ ޕާޓީތަކުގެ ތާއީދުވެސް ހޯދުން މުހިންމު ކަމަށާއި، އެކަން ކުރެވޭނީ ރައީސް ޞާލިހަށްކަންވެސް އެ ފަރާތްތައް ވަނީ ފާހަގަކުރައްވާފަ އެވެ. 

އަނެއްކޮޅުން މި އިންތިޚާބުން ނާކާމިޔާބުވެއްޖެ ނަމަ ރައީސް ޞާލިހާއެކު މަސައްކަތްޕުޅު ނުކުރައްވާނެކަމަށް މި އިންތިޚާބުގައި ރައީސް ޞާލިހާއި ވާދަކުރެއްވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން، މި އިންތިޚާބާއި ގުޅިގެން އެމްޑީޕީގެ އެތެރޭގެ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.