ސާނޭ ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ
ކުޅިވަރު
29 Jan 2023 | 08:23
ވޯލްޑް ކަޕަށް ފަހު ބަޔާން ކުޅުނު ތިންވަނަ މެޗުވެސް އެއްވަރު!

ޖަރުމަން ބުންޑެސްލީގާގައި ރޭ އަމިއްލަ ދަނޑުގައި ބަޔާން މިއުނިކް އާއި އެއިންޓްރަކްޓް ފްރޭންކްފާޓް ވާދަކުރި މެޗު 1-1 ގެ ނަތިއްޖާއަކުން އެއްވަރުވެ، ލީގު ތާވަލުގެ ކުރީގައި ބަޔާންގެ ލީޑު އެއްޕޮއިންޓަށް ހަނިވެއްޖެއެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތައް ލީގުގެ ކުޅުން މެދުކަޑައިލި އިރު ލީގުތާވަލުގެ ކުރީގައި ހަތް ޕޮއިންޓްގެ ލީޑެއްގައި އޮތް ބަޔާން މިއުނިކު، ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުވެސް ނިމިފައި ވަނީ 1-1 ގެ ނާތީއްޖާއަކުން އެއްވަރުވެގެންނެވެ.

ރޭގެ މެޗުގައި ބަޔާން މިއުނިކުން ގިނަވަގުތު ބޯޅަގެންގުޅެ މެޗު ޑޮމިނޭޓުކުރި އިރު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ޖަރުމަނުގެ ފޯވާޑް ލެރޯއީ ސާނޭ ވަނީ އެޓީމަށް މެޗުގެ ލީޑު ހޯދައިދީފައެވެ. މިއީ އެޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރ ތޯމަސް މުލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ސާނޭ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ރަންޑަލް ކޮލޮ މުއާނީ ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ

ފުރަތަމަ ހާފުގައި އެއިންޓްރަކްޓް ފްރޭންކްފާޓްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނު ނަމަވެސް މެޗުގެ ދެވަނަ ހާފުގައި، އެޓީމުން ކުޅުން ރަގަޅުކޮށް ބަޔާންގެ ގޯލަށް ބާރުބޮޑުކުރަން ފެށިއެވެ. އަދި ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި އެޓީމުން ލަނޑެއްކާމިޔާބުކޮށް މެޗުގެ ނަތީއްޖާ އެއްވަރުކުރިއެވެ.

މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރާންސްގެ ފޯވާޑް ރަންޑަލް ކޮލޮ މުއާނީ އެވެ. މިއީ އެޓީމުގެ ޖަޕާން މިޑްފީލްޑަރ ދައިޗީ ކަމަޑާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މުއާނީ ކާމިޔާބުކުރި ލަނޑެކެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެން ދިޔައީ ދެޓީމުން ކުރެ ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީއްޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ލީގު ތާވަލުގެ ކުރީގައި ބަޔާން މިއުނިކް މިވަގުތު އޮތީ 18 މެޗުން 37 ޕޮއިންޓާއި އެކުގައެވެ. ދެވަނައިގައި އޮތް ޔޫނިއަން ބާލިން އަށް 18 މެޗުން ލިބިފައިވަނީ 36 ޕޮއިންޓެވެ. އަދި ރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާއި އެކު 18 މެޗުން 32 ޕޮއިންޓް ހަމަކޮށް އެއިންޓްރަކްޓް ފްރޭންކްފާޓް މިވަގުތު އޮތީ ބުންޑެސްލީގާ ތާވަލުގެ ފަސް ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ