ސަސުއޯލޯ ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ކުޅިވަރު
29 Jan 2023 | 18:15
ސަސުއޯލޯ އިން އޭސީ މިލާން ލަދުގަންނަވަލައިފި!

އިޓާލިއަން ލީގުގައި މިއަދު ހަވީރު އޭސީ މިލާން އާއި ސަސުއޯލޯ ވަދަކުރި މެޗު 5-2 ގެ ތަފާތު ބޮޑު ނަތީއްޖާއަކުން މޮޅުވެ ސަސުއޯލޯ އިން އެސީ މިލާން ލަދުގަންނަވާލައިފިއެވެ. 

އެންމެ ފަހުގެ ޗެންޕިއަން އޭސީ މިލާންގެ ދަނޑުގައި މިއަދު ކުޅެވުނު މެޗުގެ ފުރަތަމަ ހާފުގެ 8 ވަނަ މިނެޓުގައި އޮލިވިއޭ ޖިރޫޑް ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދިނެވެ. ނަމަވެސް ވީއޭއާރު އިން ޗެކްކުރުމަށް ފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑު ގޯލެއްކަމުގައެވެ. ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފުރަތަމަ ހާފުގައި ފެނިގެން ދިޔައިރު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑް ހޯދީ މިވަގުތު ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތް ކުރަމުން އަންނަ ސަސުއޯލޯ އިންނެވެ.

ސަސުއޯލޯ ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ

މި ލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ފުރާންސްގެ ފޯވާޑް ގްރެގޯއިރ ޑެފްރެލް އެވެ. މިއީ އެޓީމުގެ އިޓަލީ ފޯވާޑް ޑޮމެނިކޯ ބެރާޑީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ތިން މިނެޓުފަހުން ބެރާޑީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެޓީމުގެ އިޓަލީ މިޑްފީލްޑަރ ޑޭވިޑް ފްރެޓެސީ ވަނީ ލަނޑެއްކާމިޔާބުކޮށް ސަސުއޯލޯގެ ލީޑު ފުޅާކޮށްދީފައެވެ.

ސަސުއޯލޯ އިން ދެ ލަނޑުގެ ލީޑެއްނެގިތާ ތިން މިނެޓު ނުވަނީސް އޭސީ މިލާނުން ލަނޑެއް ކާމިޔާބުކޮށް ފަރަގު ކުޑަކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޮލިވިއޭ ޖިރޫޑް އެވެ. މިއީ އެޓީމުގެ ޑިފެންޑަރ ޑޭވިޑް ކަލަބްރިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. ނަމަވެސް އޭގެ އޭގެ 7 މިނެޓު ފަހުން ސަސުއޯލޯ އިން އަންނެއްކާވެސް ލަނޑެއް ކާމިޔާބުކޮށް ދެ ލަނޑުގެ ލީޑެއް ނެގިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅުކުޅުމެއް ދެއްކި އިޓަލީ ފޯވާޑް ޑޮމެނިކޯ ބެރާޑީ އެވެ. މިއީ އެޓީމުގެ އައިވަރީކޯސްޓް މިޑްފީލްޑަރ ހަމްދު ޖޫނިއާ ޓްރައޯރޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެވަނަ ހާފު ފެށިގެން 47 ވަނަ މިނެޓުގައި ސަސުއޯލޯ އިން އިތުރު ލަނޑެއް ކާމިޔާބުކޮށް ނަތީއްޖާގެ ފަރަގު ބޮޑުކޮށްލިއެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އާމަންޑް ލޯރިއެންޓޭ އެވެ. ސަސުއޯލޯ އިން ތިން ލަނޑުގެ ލީޑެއްގައި ވަނިކޮށް އޭސީ މިލާންގެ ފޯވާޑް އެންޓޭ ރެބިކް ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް ނަތީއްޖާގެ ފަރަގު ކުޑަކޮށްދިނެވެ. ނަމަވެސް މި ލަނޑުވެސް ވީއޭއާރު އިން ޗެކުކުރުމަށް ފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއްކަމަށެވެ.

ސަސުއޯލޯގެ ފަހު ލަނޑު ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގޮތުގައި ކުޅެން ނުކުތް ބުރެޒިލްގެ މިޑްފީލްޑަރ މެތިއަސް ހެންރިކް އެވެ. މި ލަނޑުޖެހުމަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ މިރޭގެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނު ޑޮމެނިކޯ ބެރާޑީ އެވެ. އޭނާ ވަނީ މި މެޗުގައި ލަނޑެއް ކާމިޔާބުކުރުމުގެ އިތުރުން، އިތުރު ތިން ލަނޑު ކާމިޔާބުކުރުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ.

އޭސީ މިލާންގެ ފަހު ލަނޑު 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބެލްޖިއަމްގެ ފޯވާޑް ޑިވޮކް އޮރިގީ އެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެން ދިޔައީ 5-2 ގެ ތަފާތުު ބޮޑު ނަތީއްޖާއަކުން އޭސީ މިލާން ބަލިވެގެންނެވެ.  މިއަދުގެ މެޗުން މޮޅުވެ ތާވަލުގެ ދެވަނައަށް އެރުމުގެ ފުރުސަތު އޭސީ މިލާން އަށް އޮތް ނަމަވެސް، މި މެޗުން ބަލިވުމާ އެކު އެޓީމު ވަނީ ހަތަރު ވަނައަށް ވެއްޓިފައެވެ. އެއްވަނައިގައި އޮތް ނަޕޯލީއަށް 19 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު 20 މެެޗު ކުޅެގެން އޭސީ މިލާން އަށް ލިބިފައިވަނީ 38 ޕޮއިންޓެވެ.

މިރޭގެ މެޗުން މޮޅުވި ސަސުއޯލޯ ވަނީ 20 މެޗުން ލިބުނު 20 ޕޮއިންޓާއި އެކު ލީގުގެ 16 ވަނައަށް ކުރިއަށްޖެހިލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ