ރައީސް ޔާމީން ކޯޓަށް ވަޑައިގަތުމަށް ގެކޮޅުން ނިކުމެވަޑައިގަންނަވަނީ/ ފޮޓޯ: ހަމަ
ހަބަރު
29 Jan 2023 | 22:01
ރައީސް ޔާމީންގެ ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ އަށް ތާވަލުކޮށްފި އެވެ. 

ރައީސް ޔާމީންގެ ގާނޫނީ ޓީމުން ހާމަކުރެއްވި ގޮތުގައި އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ 1:00 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. 

ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލީ މިދިޔަ އަހަރު އެވެ. އެމައްސަލައިގެ އަޑުއެހުންތައް ކުރިއަށް ނުގެންގޮސް ގިނަ ދުވަސްތަކެއް ދިގު ދަންމާލުމަށްފަހު އަލުން ޝަރީއަތް ހިންގަން ފެށީ ރައީސް ޔާމީންގެ މައްޗަށް ވ. އާރަށުގެ މުއާމަލާތާއި ގުޅިގެން އުފުލާފައިވާ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ 11 އަހަރުގެ ޖަލު ހުކުމެއް ކުރި ފަހުންނެވެ. 

ފުއްގިރި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި، މިހާރު އެ މައްސަލަ ބައްލަވާ ފަނޑިޔާރު އަލީ ނަދީމު މައްސަލައިން ތަނާޒުލްވުމަށް ދިފާއުން ވަނީ އެދިފައެވެ. 

އެފަދައިން ފަނޑިޔާރު ތަނާޒުލްވުމަށް ދިފާއުން އެދުނީ އަލީ ނަދީމަކީ އެމްއެމްޕީއާރުސީގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރައްވާފައިވާ ފަރާތެއް މި މައްސަލައިގެ ފަނޑިޔާރުކަން ކުރުމަކީ މަސްލަހަތު ފުށޫ އަރާ ކަމަކަށް ވާތީކަން ދިފާއުން ވަނީ ފާހަގަކޮށްފަ އެވެ. 

މި މައްސަލައިގައި ހިމެނޭ އަހުމަދު ކުރިކް ރިޒާ މީގެ ކުރިން އައްޔަން ކުރެއްވި ގާނޫނީ ވަކީލަކީ ޒިޔަތުގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ފަރާތެއްކަން ފާހަގަކޮށް ދައުލަތުން ކުރި އިއުތިރާޒަކާއި ގުޅިގެން އޭރު މައްސަލަ ބެއްލެވި އިސްގާޒީ ޝަކީލު ނިންމެވީ ގާނޫނީ ވަކީލު ޔާމީން މައްސަލައިގައި ތަނާޒުލްވާން ޖެހޭ ކަމަށެވެ.

އެހެންކަމަށް ވުމުން، ގާޒީ ނަދީމް ވެސް މައްސަލައިން ތަނާޒުލްވާން ޖެހޭ ކަމަށް ދިފާއީ ވަކީލުން ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް އެންމެ ފަހުން އޮތް އަޑުއެހުމުގައި ފަނޑިޔާރު ނަދީމު ވިދާޅުވީ، އެމަނިކުފާނު އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވީ މީގެ 7 އަހަރު ކުރިންކަމަށެވެ. އެއީ ބަންދު މައްސަލައެއްގައި ކަމަށް ވުމުންނާއި، އެއްވެސް ކުށަކާ ގުޅިގެން އަދީބަށް ގާނޫނީ ލަފާދީފައި ނުވާތީ ތަނާޒުލްވާން ޖެހޭ ފަދަ ހާލަތެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާކަމަށް ގާޒީ ވިދާޅުވެފައި ވެއެވެ.  

މުޅި މައްސަލަ ދިރާސާ ކުރަން ވަގުތު ބޭނުންވާ ކަމަށާއި، ދެން އަންނަ އަޑުއެހުމުގައި ދިފާއުން ހުށައެޅި ކަންކަމާއި ގުޅޭގޮތުން ގޮތެއް ނިންމަވާނެކަމަށް ނަދީމް ވަނީ ވިދާޅުވެފައެވެ. 

އެހެންކަމުން މާދަމާގެ އަޑުއެހުމުގައި މި މައްސަލައިން ފަނޑިޔާރު ތަނާޒުލްވުމާއި ގުޅޭގޮތުންވެސް ގޮތެއް ނިންމާނެކަމަށް ބެލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.