ހޯރަފުށި ކުޅުންތެރިން ފަރިތަކުރަނީ
ކުޅިވަރު
29 Jan 2023 | 20:34
ހޯރަފުށި މިފަހަރު ނުކުންނަނީ ރަށު ކޯޗަކާއި އެކު މުބާރާތް ކާމިޔާބުކުރަން!

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމުގައިވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ފުރަތަމަ މެޗުގައި އުތީމާއި ދެކޮޅަށް ނުކުންނަ ހޯރަފުށީ ފުޓްސަލް ޓީމު، މި އަހަރުގެ މުބާރާތައް ނުކުންނަނީ މުބާރާތް ކާމިޔާބުކުރުމަށް ފުރިހަމައަށް ތައްޔާރުވެގެންކަމަށް އެޓީމުގެ މެނޭޖަރު ބުނެފިއެވެ.

ވޯއިސް އަލް މައުލޫމާތް ދެމުން ހޯރަފުށީ ފުޓްސަލް ޓީމުގެ މެނޭޖަރު އުސައިދު މޫސާ ބުނީ، މި އަހަރުގެ މުބާރާތައް އެޓީމު ވަރަށް ރަގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ. އެންމެ ފަހުން ކުޅުނު މުބާރާތުގެ އަތޮޅު ބުރު ފައިނަލުގައި ހޯރަފުށި ބަލިވީ އިހަވަންދޫ އަތުންނެވެ. އަދި ޒޯން ބުރާ ހަމައިން އެޓީމު މުބާރާތާއި އަލްވަދާއު ކިޔަންޖެހުނު އިރު، މިފަހަރުގެ ޓީމު ނުކުންނަނީ އެ މުބާރާތުގެ ތަޖުރިބާގެ އަލީގައި ބޮޑެތި ބަދަލުތަކަކާއި އެކުގައެވެ.

ހޯރަފުށީ ޓީމުގެ ޕްރެކްޓިސްގެ ތެރެއިން

އުސައިދު އިތުރަށް ވާހަކަ ދައްކަމުން ބުނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުތެރޭގައި މުބާރާތައް ތައްޔާރުވާން އެޓީމުން މަސައްކަތް ފަށައިފި ކަމަށާއި މިފަހަރު ހޯރަފުށި ޓީމުގެ ހުރިހާކަމެއްވެސް ކުރިއަށް ދަނީ ސީދާ އެރަށު ކައުންސިލްގެ ބެލުމުގެ ދަށުންކަމަށެވެ. "ކުރީ މުބާރާތުގައިވެސް ބައިވެރިވީ ކައުންސިލް ނަމުގައި އެކަމަކު އެފަހަރު އަމިއްލަ ފާރާތަކުން ޓީމު މެނޭޖުކުރީ ނަމަވެސް މިފަހަރު ސީދާ ކައުންސިލްގެ ބެލުމުގެ ދަށުން ވަރަށް ފޯރީގައި ތައްޔާރީތައް ކުރިއަށް މިދަނީ " މިފަހަރު އެޓީމު ކޯޗަކަށް ހަމަޖައްސާފައި ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުރިން ކުޅެފައިވާ އެރަށަށް ނިސްބަތްވާ ތަޖުރިބާކާރު ކޯޗެކެވެ.

ހޯރަފުށީ ޓީމުގެ ޕްރެކްޓިސްގެ ތެރެއިން

އަހުމަދު ސުޖާއުގެ ކޯޗު ކަމުގައި ހޯރަފުށި މުބާރާތަށް ނުކުންނައިރު އެޓީމުގެ ފުރަތަމަ ޓާގެޓަކީ މުބާރާތުގެ އަތޮޅު ބުރު ކާމިޔާބުކުރުމެވެ. އެއައްފަހު ޒޯން ބުރު އަދި ފައިނަލް ބުރުގައި ވާދަކޮށް ރާއްޖޭގެ ޗެންޕިއަންކަން ހޯދުން އުންމީދަކީ އުސައިދު ބުންޏެވެ.

މި އަހަރުގެ މުބާރާތުގައި ހޯރަފުށި ހިމެނުނީ ހއ. އަތޮޅުގެ ގުރޫޕް ދޭއް ގައެވެ. މިގުރޫޕްގައި ދެން ހިމެނެނީ އުތީމް، ވަށަފަރު އަދި އިހަވަންދޫ އެވެ. ފުރަތަމް މެޗުގައި ހޯރަފުށި ފެބުރުއަރި 5 ވަނަ ދުވަހު ނުކުންނާނީ އުތީމާއި ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ފެބުރުއަރީ 7 ވަނަ ދުވަހު އެޓީމު ނުކުންނާނީ ވަށަފަރު ފުޓްސަލް ޓީމާއި ދެކޮޅަށެވެ. އަދި ގުރޫޕް ފަހު މެޗުގައި ފެބްރުއަރީ 10 ވަނަ ދުވަހު އެޓީމު ނުކުންނާނީ އެންމެ ފަހުުގެ ހއ. އަތޮޅު މުބާރާތުގެ ޗެންޕިއަން އިހަވަންދު އާއި ދެކޮޅަށެވެ.

ކޮމެންޓް
ހާރޫން
ތި ވަރަށް މޮޅު ކޯޗުއެއް އަދި ބޮޑު ފުޓްބޯޅާގެ ސުޓައިލްއަށް ކުޅުށްވާ ކޯޗެއް.ކުޅުންތެރިންނަށް ތަފާތު ފެންނާނެ.ކުޅުންތެރިންނަށް ބަވަން ރަނގަޅު ވާނެ ހެންހީވަނި.
31 Jan 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.