ހާވީ އެލިއޮޓް ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ
ކުޅިވަރު
29 Jan 2023 | 23:15
އެފްއޭ ކަޕް ހަތަރުވަނަ ބުރުން ލިވަޕޫލް ކަޓައިފި!

އިގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ލިވަޕޫލް ލަނޑެއްޖަހައި ކުރިހޯދާފައިވަނިކޮށް ފަހަތުންއަރާ ދެ ލަނޑު ކާމިޔާބުކޮށް މުބާރާތުގެ ފަސް ވަނަ ބުރުން ބްރައިޓަން ޖާގަ ހޯދައިފިއެވެ.

ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި މިރޭ ކުޅެވުނު މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަގެންގުޅެ މެޗު ޑޮމިނެޓުކުރީ ބަރައިޓަން އިން ނެވެ. ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ހޯދީ ލިވަޕޫލް އިން ނެވެ. މި ލަނޑު ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި އެޓީމުގެ މިސްރުގެ ފޯވާޑް މުހަންމަދު ސަލާހް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ހާވީ އެލިއޮޓް އެވެ.

ހާވީ އެލިއޮޓް ލިވަޕޫލްގެ ލަނޑު ކާމިޔާބުކޮށްދެނީ

ބްރައިޓަން އިން މެޗުގެ ނަތީއްޖާ އެއްވަރުކުރީ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެތީމުގެ އިގިރޭސި ޑިފެންޑަރ ލުވިސް ޑަންކް އެވެ. މިއީ އެޓީމުގެ ގާނާ ޑިފެންޑަރ ތާރިޤް ލަމްޕްޓޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިރޭގެ މެޗުން ބްރައިޓަން މޮޅުވި ލަނޑު މެޗުގެ 90 މިނެޓު ކުޅުން ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޖަޕާން މިޑްފީލްޑަރ ކައޯރު މިޓޯމާ އެވެ. މިއީ އެޓީމުގެ އެކުއިޑޯރ ޑިފެންޑަރ ޕަރވިސް އެސްޓުޕިނަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ދެޓީމު އެންމެ ފަހުން ލީގުގައި ވާދަކުރި މެޗު ބްރައިޓަން 3-0 ގެ ނަތީއްޖާއަކުން ކާމިޔާބުކޮށްފައިވާއިރު މިއީ އެޓީމަށް ލިވަޕޫލް އަތުން ޖެހިޖެހިގެން ދެ މެޗުން މޮޅުވެވުނު ފުރަތަމަ ފަހަރެވެ. 

ބްރައިޓަން އަތުން ބަލިވެ ލިވަޕޫލް އެފްއޭ ކަޕުން ކެޓިއިރު، މިއީ ފާއިތުވި 7 އަހަރުތެރޭގައި މުބާރާތުގެ ހަތަރުވަނަ ބުރުން އެޓީމު ކަޓައިގެން ދިޔަ ފަސް ވަނަ ފަހަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.