އިދިކޮޅުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ޕީޕީއެމް
ހަބަރު
30 Jan 2023 | 20:24
"ހަރާމް ޙުކުމް" ކިޔުން ހުއްޓުވަން ޖޭއެސްސީން ވަނީ ފުލުހުންނަށް ހުށަހަޅާފައި: އިދިކޮޅު

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމަކީ ހަރާމް ހުކުމެއް ކަމަށް ބުނެ އިދިކޮޅުން އަޑު އުފުލާއިރު، "ހަރާމް ޙުކުމް" ކިޔުން ހުއްޓުވަން ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ. 

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާައި 3 ފެބުރުއަރީވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި މާލޭގައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ "ބުންވަރު" ހިނގާލުމަށް ފުލުހުންގެ އެއްބާރުލުން ދޭނެ ކަމަށް ރަސްމީކޮށް ހާމަކޮށްފައި ވޭތޯ "ވޮއިސް" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އިދިކޮޅު ހަރަކާތު ކޮމިޓީގެ ރައީސް މުހައްމަދު އިސްމާއިލް ވިދާޅުވީ، އެ އެއްވުމާއި ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް އޭނާ އާއި އިދިކޮޅުގެ ބައެއް އިސް މެންބަރުން މިއަދު ފުލުސް އޮފީހަށް ހާޒިރު ކޮށްފައިވާ ކަމަށެވެ.   

އަދި އެ ހިނގާލުން ބޭއްވޭނެ ރޫޓާއި، އެނޫންވެސް ކަންކަން އެ ބައްދަލުވުމުގެ ތެރެއިން ފުލުހުން ކިޔައިދެއްވާފައިވާ ކަމަށާ، މީގެ ކުރިން ފަހަރު ތަކެކޭ އެއްފަދައިން މިފަހަރުވެސް، ފުލުހުންގެ އެ އިރުޝާދާއި ޚިލާފަށް ހިނގާލުމުގެ ތެރެއިން ކަންކަން ކުރިއަށް ނުދާނެ ކަމުގެ ޔަގީންކަން ފުލުހުންނަށް ދެއްވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެން ނަމަވެސް އެ އިހްތިޖާޖުގެ ތެރެއިން ހަރާމް ހުކުމެއް ނުކިޔޭނެ ކަމަށް ފުލުހުން އަންގާފައިވާ ކަމަށާ، ފުލުހުންގެ އެ އެންގެވުމަށް އިޖާބަ ނުދެއްވާނެ ކަމަށްވެސް އިދިކޮޅުން ހާމަކޮށްފައިވާނެ ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ. އަދި އިދިކޮޅުން ކުރިއަށް ގެންދާ މި ހިނގާލުމާއި، އެހެނިހެންވެސް ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ވެސް  ރައީސް ޔާމީން އަށް ކޮށްފައިވާ ހުކުމަކީ ހަރާމް ހުކުމެއް ކަމަށް ގަބޫލު ކުރާތީ އެކަމާއި ދެކޮޅަށް އަޑު އުފުލަން ހިންގޭ ހަރަކާތްތަކެއް ކަމަށްވާއިރު، އެ ހަރަކާތްތަކުގެ ތެރެއިން އެފަދައިން ގިނަ ގިނައިން ގޮވާނެ ކަންވެސް ފުލުހުންނަށް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ގާނޫނުގެ ތެރެއިން އަޅުގަނޑުމެންނަށް އެވާހަކަތައް (ހަރާމް ހުކުމުގެ ވާހަކަ) ނުދެއްކޭނެ އެއްވެސް ގޮތެއް ނެތް. އެހެން ނަމަވެސް ޖޭއެސްސީން ފުލުހުންނަށް އެ މައްސަލަ ބަލަން އަންގާފައި އޮތް ވާހަކަ ފުލުހުން އަޅުގަނޑުމެން ކައިރީ ބުނި. އަޅުގަނޑުމެން ބުނިން، އެއް އަޑަކުން އެ މައްސަލަ އެއް ނުބެލޭނެއޭ. ގާނޫނުން އަޅުގަނޑުމެންނަށް ހުއްދަ ކުރާ ކަމެކޭ އެއީ." 

މުހައްމަދު އިސްމާއިލް 

ހަރާމް ހުކުމް ކިޔުން ހުއްޓުވުމަށް ޖޭއެސްސީން ފުލުހުންނަށް މައްސަލަ ހުށަހެޅި މައްސަލަ އާއި ގުޅިގެން އިތުރަށް ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއުވެސް ވަނީ، ތަހުޒީބު ހުރިހާ ގައުމެއްގައިވެސް ކޯޓުން ކުރާ ހުކުމާއި މެދު ހިތްހަމަ ނުޖެހޭނެ ނަމަ އެ ވާހަކަ ދެއްކުމުގެ ހައްގު އޮންނަ ކަމަށެވެ. އެހެންކަމުން، ރައީސް ޔާމީން އަށް ކުރި ހުކުމުގެ މައްސަލަ އަދި އޮތީ ދަށު ކޯޓު މަރުހަލާގައި ކަމަށްވާއިރު، އެ ހުކުމާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރުމަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ކޮންމެ ރައްޔިތަކަަށް ވެސް ލިބިފައިވާ ހައްގެއް ކަމަށެވެ.  

ވ. އާރަށުގެ މުއާމަލާތާއި ގުޅުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލުހުކުމެއް ކްރިމިނަލް ކޯޓުން ކުރުމާއި ގުޅިގެން އެއީ ހަރާމް ހުކުމެއް ކަމަށް ބުނެ އިދިކޮޅުން މިހާރުވެސް އަންނަނީ ސިލްސިލާ ކޮށް، ކޮންމެ ރެއަކު މާލޭގައި މުޒާހަރާ ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.