އެމްއާރުއެމްގެ ޒައީމު މައުމޫނު ރައީސް ޞާލިހާއި ބައްދަލު ކުރައްވަނީ/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
30 Jan 2023 | 20:26
އެމްއާރުއެމުން ރައީސް ޞާލިހަށް ތާއީދު ނުކުރަން ނިންމިކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް: އެމްއާރުއެމް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވްސް ރިފޯމު މޫވްމަންޓު (އެމްއާރުއެމް) އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ނުކުރަން ނިންމިކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރެއްކަމަށް އެ ޕާޓީއިން ބުނެފިއެވެ. 

އެކަމާއި ގުޅޭގޮތުން އެ ޕާޓީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްއާރުއެމުން ރައީސް ޞާލިހަށް ތާއީދު ނުކުރަން ނިންމިކަމަށް "ދެންމެ" އޮންލައިން ނޫހުގައި ލިޔެފައިވާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށެވެ. 

އެ ޚަބަރުގައި ހަވާލާދީފައި އެވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ރަސްމީ އެއްވެސް ޙައިސިއްޔަތެއް އޮތް ޓުވިޓަރ ހޭންޑަލްއަކަށް ނޫން ކަމަށާއި، އެ ޕާޓީއިން އެފަދަ އެއްވެސް ނިންމުމެއް ނިންމާފައިވެސް ނުވާކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. 

އެމްއާރުއެމުން ބުނީ އެ ޕާޓީއިން އެފަދަ ނިންމުމެއް ނިންމާ ނަމަ ރަސްމީކޮށް އެކަން އިއުލާނު ކުރާނެކަމަށެވެ. 

އޭގެ އިތުރުން އެމްއާރުއެމުން ބުނީ ޕާޓީގެ ރަސްމީ ބަހެއް ނެތި އެނޮނިމަސް ޓުވިޓަރ އެކައުންޓަކާ ހަވާލާދީ، ވަކި ކަމެއްގައި އެއީ ޕާޓީގެ ސްޓޭންޑް ކަމަށް ބުނެ، އެ ޕާޓީގެ މެންބަރުންނާއި އެހެނިހެން ދިވެހި ރައްޔިތުންގެ މެދުގައި މިފަދައިން މަޢުލޫމާތު ފެތުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށެވެ. 

އެމްއާރުއެމްއަކީ މި ސަރުކާރު ފެށުނިއްސުރެ ސަރުކާރަށް ވަފާތެރި ޕާޓީއެކެވެ. އޭގެ އިތުރުން އެ ޕާޓީއަކީ ސަރުކާރު ކޯލިޝަންގެ ހިއްސާދާރެކެވެ. މިހާތަނަށް އައިރު ކޯލިޝަން ރޫޅާލަން ޖެހޭފަދަ ބޮޑު އެއްވެސް މައްސަލައެއް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާއި އެމްއާރުއެމް އާއި ދެމެދު ހިނގާފައި ނުވާކަންވެސް ފާހަގަކޮށްލެވެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.