އޮސްޓްރިއާގެ މިޑްފީލްޑަރ މާސެލް ސަބިޓްޒާ
ކުޅިވަރު
01 Feb 2023 | 08:12
އޮސްޓްރިއާގެ މިޑްފީލްޑަރ މާސެލް ސަބިޓްޒާ ޔުނައިޓެޑަށް!

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ އޮސްޓްރިއާގެ މިޑްފީލްޑަރ މާސެލް ސަބިޓްޒާ ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަންގެ ނިޔަލަށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.

މެންޗެސްޓަރ ޔުނައިޓެޑުން އުމުރުން 28 އަހަރުގެ ސަބިޓްޒާ ލޯނު އެއްބަސްވުމެއްގެ ދަށުން ގެނެސްފައި މި ވަނީ މިވަގުތު އެޓީމުގެ  މިޑްފީލްޑްގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޑެންމާކުގެ ތަޖުރިބާކާރު މިޑްފީލްޑަރ ކްރިސްޓިއަން އެރިކްސަންއަށް އަނިޔާވެ ތިން މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަން ޔަގީންވުމާއި ގުޅިގެންނެވެ.

ކްރިސްޓިއަން އެރިކްސަން އަނިޔާގެ ސަބަބުން މި ސީޒަނުގެ ބާކީބައިގައި ނުފެނިދާނެ

އެރިކްސަންގެ އިތުރުން ޔުނައިޓެޑުގެ ސްކޮޑުގައި ހިމެނޭ މުހިންމު ދެ މިޑްފީލްޑަރުން ކަމަށްވާ ޑޮނީ ވެން ޑަ ބީކް އަދި ސްކޮޓް މެކްޓޮމިނޭ އަށް ވެސް ވަނީ އަނިޔާވެ ސީޒަނުގެ ބާކީބައިގައި ނުކުޅެވޭނެކަން ޔަގީންވެފައެވެ.

ސަބިޓްޒާ ބަޔާން މިއުނިކާއި ގުޅިފައި ވަނީ 2021 ވަނަ އަހަރު ޖަރުމަނު ލީގުގެ އާރުބީ ލައިޕްޒިގުންނެވެ. އޭނާ މިހާތަނަށް ބަޔާނަށް ވަނީ 54 މެޗު ކުޅެދީފައެވެ.

މާސެލް ސަބިޓްޒާ މި ސީޒަނުގައި ބަޔާން މިއުނިކަށް ކުޅެނީ 

ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ސަބިޓްޒާ ބުނެފައި ވަނީ ބައެއް ފަހަރު ދިރިއުޅުމުގައި އަވަސް އަދި މުހިންމު ނިންމުންތައް ނިންމަން ޖެހޭކަމަށެވެ. މި ފުރުސަތުގެ ވާހަކަ އަޑުއިވުނު ހިސާބުން މިއީ އޭނާއަށް ރަނގަޅު ފުރުސަތެއް ކަން ގަބޫލްކުރި ކަމަށާއި، ބޭނުންވަނީ މި ސީޒަންގައި ޔުނައިޓެޑުގައި ރަގަޅު ކުޅުމެއް ދައްކައި، އެ ކުލަބުން މި ސީޒަންގައި ހިފާފައިވާ އަމާޒް ހާސިލް ކުރުމަށް އެހީތެރިވުން ކަމަށެވެ.

އޭނާ އިތުރަށް ބުނެފައި ވަނީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ރަނގަޅު ހާލަތެއްގައި ކަމަށާއި، ބޭނުންވަނީ އޭނާގެ ހަކަތައާއި ތަޖުރިބާ ޓީމަށް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން ކަމަށެވެ.

ސަބިޓްޒާއަކީ އޮސްޓްރިއާގެ ގައުމީ ޓީމުގައި ވެސް މުހިންމު ކުޅުންތެރިއެކެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅެދިން 68 މެޗުގައި 12 ލަނޑު ޖަހާފައެވެ.

ޔުނައިޓެޑުން ވަނީ މި ޖަނަވަރީ ޓްރާންސްފާގައި އެ ޓީމްގެ ފޯވާޑް ލައިން އިތުރަށް ރަނގަޅު ކުރުމަށްޓަކައި ބާންލީއަށް ކުޅެމުން އައި ނެދަލެންޑްސްގެ ފޯވާޑް ވުޓް ވެގްހޯސްޓް ވެސް ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަންގެ ނިޔަލަށް ގެނެސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.