ތޮއްޑޫ މަތިން ފެންނަ ގޮތުގެ ފޮޓޯއެއް/ ފޮޓޯ: އިންޓާނެޓު
ހަބަރު
01 Feb 2023 | 18:34
ކޯޓު އަމުރުގެ ދަށުން ތޮއްޑޫއިން ގޯތި ދޫކުރުން ހުއްޓުވައިފި

އއ އޮއްޑޫއިން 100 ގޯތި ދޫކުރުމަށް އެރަށު ކައުންސިލުން ނިންމި ނިންމުން މަޑުޖައްސާލާ، ގޯތި ދޫނުކުރުމަށް ތޮއްޑޫ ކައުންސިލްގެ މައްޗަށް އޮއްޑޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފިއެވެ. 

ތޮއްޑޫ ކައުންސިލުން ވަނީ އއ އޮއްޑޫއިން 3000 އަކަފޫޓުގެ 100 ގޯތި ދޫކުރުމަށް ނިންމާފަ އެވެ. މިފަދައިން ނިންމާ ކައުންސިލުން ވަނީ މިދިޔަ އޮކްޓޫބަރު މަހު އިއުލާނުވެސް ކޮށްފަ އެވެ. އަދި ކައުންސިލުން ވަނީ ގޯތި ލިބޭނެ މީހުންގެ ލިސްޓުވެސް އާންމުކޮށްފަ އެވެ. 

އެހެން ނަމަވެސް އެ ލިސްޓުގައި ނަން ނުހިމެނޭ 4 މީހަކު ވަނީ އެ މައްސަލަ ކޯޓަށް ހުށައަޅާފައެވެ.

ކައުންސިލާއި ދެކޮޅަށް މައްސަލަ ހުށައެޅި ފަރާތްތައް ބުނެފައިވަނީ، ގޯތި ދޫކުރުމަށް ކައުންސިލުން އެކުލަވާލި އުސޫލުތައްވެސް ގޯސްކަމަށެވެ. އަދި ލިސްޓު އެކުލަވާލިއިރު މާކްސް ދީފައިވަނީވެސް އިންސާފުވެރިކޮށް ނޫންކަމަށް އެ ފަރާތްތައް ވަނީ ތުހުމަތުކޮށްފަ އެވެ. 

މައްސަލަ ހުށައެޅި ފަރާތްތަކުން ވަނީ އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ގޯތި ދޫކުރުން ވަގުތީގޮތުން މަޑުޖައްސާލުމުގެ އަމުރަކަށްވެސް އެދިފައެވެ.

އެއާއެކު ތޮއްޑޫ މެޖިސްޓްރޭޓު ކޯޓުން ނެރުނު ބަޔާނެއްގައި ބުނީ މައުލޫއީ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ގޯތި ލިބޭ މީހުންގެ ލިސްޓަށް އަމަލު ނުކުރުމަށް ކައުންސިލްގެ މައްޗަށް އަމުރު ކުރާކަމަށެވެ. 

މެޖިސްޓްރޭޓު ކޯޓުގެ އެ އަމުރުގައި ބުނެފައިވަނީ ކައުންސިލުން ގޯތި ދޫކުރާ ފަހުން މި މައްސަލަ ދައުވާ ކުރާ ހަތަރު މީހުންނާ އެއްކޮޅަށް ނިމިއްޖެނަމަ އެމީހުންނަށް އިޔާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށެވެ.

އެ މައްސަލައަކީ ކައުންސިލުން ނިންމާފައިވާ ނިންމުމަކާ ގުޅިގެން ހައްގަކަށް އުނިކަމެއް އައިސްގެން ބަޔަކު ކުރާ ދައުވާއެއް ކަމުން ގޯތި ދޫކުރަން މަޑުޖައްސާލަން މެޖިސްޓްރޭޓު ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. 

ތޮއްޑޫން އެންމެ ފަހުން ގޯތި ދޫކުރި 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން 2020 ގައި ވެސް ގޯތި ދޭން އިއުލާނު ކުރި އެވެ. ނަމަވެސް މައްސަލަތަކެއް ފާހަގަ ކުރެވުމާއި ގުޅިގެން އެފަހަރުވެސް ވަނީ ގޯތި ދޫކުރުމުގެ މަޝްރޫއު ހުއްޓާލާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.