އިގުރައިދޫ ފުޓްސަލް ޓީމުގެ ކޯޗު އަހުމަދު ވިސާލް (އަންދު)
ކުޅިވަރު
01 Feb 2023 | 20:21
އިގުރައިދޫގެ ޓާގެޓަކީ ރާއްޖޭގެ ޗެންޕިއަންކަން ހޯދުން: ކޯޗު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމުގައިވާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގައި ވަދަކުރާ އިގުރައިދޫ ޓީމުގެ މިފަހަރުގެ ޓާގެޓަކީ ރާއްޖޭގެ ޗެންޕިއަންކަން ހޯދުން ކަމުގައި އެޓީމުގެ ކޯޗު އަހުމަދު ވިސާލް (އަންދު) ބުނެފިއެވެ.

މިދިޔަ އަހަރު ބޭއްވުނު ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ގއ.ކޮނޑޭގެ ޓީމާއި އެކު ފެނިގެންދިޔަ އަންދު އަކީ ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުގެ އެސިސްޓެންޓް ކޯޗުއެވެ. މިދިޔަ އަހަރުގެ މުބާރާތް ފެށުނުތަނާހެން ޤައުމީ ޓީމާއިއެކު ބޭރަށް ފުރަންޖެހިގެން ޓީމު ދޫކޮށްލަންޖެހުނީ، ނަމަވެސް މިފަހަރު މުބާރާތުގައި އިގުރައިދޫ ޓީމާއި އެކު ރަގަޅު ކާމިޔާބެއް ހޯދުމަށް އަންދު ހުރީ ތައްޔާރަށެވެ.

އިގުރައިދޫ ފުޓްސަލް ޓީމުގެ ކޯޗު އަހުމަދު ވިސާލް (އަންދު) 

ފުޓްސަލް ކުޅުންތެރިއެއްގެ ގޮތުގައި ޤައުމީ ޓީމަށް ގިނަމެޗުތަކެއް ކުޅެދީފައިވާ އަންދު ކުޅުން ހުއްޓާލީ ކަކުލައް ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ. ކުޅުންހުއްޓާލުމަށް ފަހުވެސް ޤައުމީ ޓީމާއި އެކު އޮފިޝަލެއްގެ އިތުރުން އެސިސްޓެންޓު ކޯޗެއްގެ ގޮތުގައި ގިނަ ތަޖުރިބާތަކެއް ކޮއްފައިވާ ވިސާލް އަކީ ފުޓްސަލް ކޯޗެއްގެ ގޮތުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ތަޖުރިބާކާރު ކޯޗެކެވެ. 

އަހުމަދު ވިސާލް (އަންދު)ގެ ކޯޗުކަމުގައި އެމްޕީއެލް އަންހެން ޓީމު ޕްރެޒިޑެންޓްސް ކަޕް ފުޓްސަލް މުބާރާތުގައި މެޗަކުން ބަލިނުވެ ޗެއްޕިއަންކަން ހޯދާފައިވާއިރު، އަންދު ވަނީ ކުލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ އަންހެން ޗެންޕިއަންކަން މެޗަކުން ބަލިނުވެ ޖެހިޖެހިގެން ތިން އަހަރު އެމްޕީއެލް ޓީމަށް ހޯދައިދީފައިވެއެވެ. 

އިގުރައިދޫ ފުޓްސަލް ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގއ. އަތޮޅު ބުރުގެ ޗެންޕިއަންކަން ދާންދޫ ފުޓްސަލް ޓީމަށް ދެފަހަރަށް ހޯދައިދީފައިވާ އަންދު ވޮއިސް އަށް މައުލޫމާތް ދެމުން ބުނީ އިގުރައިދޫ ޓީމުގައި ތިބީ ވަރަށް ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއް ކަމަށާއި މިކުޅުންތެރިންނާއި އެކު މި ފަހަރުގެ މުބާރާތުގެ ޓާގެޓަކީ ރާއްޖޭގެ ޗެންޕިއަންކަން ހޯދުން.. މިކުޅުންތެރިންގެ އެ ފެންވަރު އެބަހުރު އަދި އެންމެ ގުޅިގެން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަނީ. ހާއްސަކޮށް މެނޭޖުމަންޓުން ލިބެމުންދާ އެއްބާރުލުން ފާހަގަކުުރަން އަންދު ބުންޏެވެ.

އިގުރައިދޫ ފުޓްސަލް ޓީމުގެ ކޯޗު އަހުމަދު ވިސާލް (އަންދު) 

ޓީމުގެ ހުރިހާ ކުޅުންތެރިންގެ ވަރަށް ބޮޑު އެދުމެއް މާލެ، ހުޅުމާލެ އަދި ވިލިގިލީގައި ދިރިއުޅޭ އިގުރައިދޫގެ ހުރިހާ ރައްޔިތުންވެސް ރަށު ޓީމު ކުޅޭ ދުވަސްތަކުގައި ދަނޑަށް ވަޑައިގެން ޓީމަށް ތަރުހީބުދެއްވުމަކީ، އިގުރައިދޫ ފުޓްސަލް ޓީމުގެ ކޯޗު އަހުމަދު ވިސާލް (އަންދު) ބުންޏެވެ.

މި އަހަރުގެ މުބާރާތުގައި އަތޮޅު ބުރުގައި ރ. އަތޮޅުން ވަނީ ފަސް ޓީމު ބައިވެރިވެފައެވެ. އެއީ އިގުރައިދޫގެ އިތުރުން ދުވާފަރު، އަލިފުށި، މީދޫ އަދި އިންނަމާދޫ އެވެ. ފުރަތަމް މެޗުގައި އިގުރައިދޫ ފެބުރުއަރި 8 ވަނަ ދުވަހު ނުކުންނާނީ އިންނަމާދޫ އާއި ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ފެބުރުއަރީ 11 ވަނަ ދުވަހު އެޓީމު ނުކުންނާނީ މީދޫ ފުޓްސަލް ޓީމާއި ދެކޮޅަށެވެ. އަދި ގުރޫޕް ތިން ވަނަ މެޗުގައި ފެބުރުއަރީ 15 ވަނަ ދުވަހު އެޓީމު ނުކުންނާނީ އަލިފުށީ ފުޓްސަލް ޓީމާއި ދެކޮޅަށެވެ. ގުރޫޕް ސްޓޭޖް ފަހު މެޗުގައި ދުވާފަރު ފުޓްސަލް ޓީމާއި ދެކޮޅަށް އިގުރައިދޫ ނުކުންނާނީ ފެބުރުއަރީ މަހުގެ 25 ވަނަ ދުވަހުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.