ބަޔާން ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ
ކުޅިވަރު
02 Feb 2023 | 15:26
ފަސޭހަކަމާއި އެކު މައިންޒް ބަލިކޮށް ބާޔާން ޖަރުމަން ކަޕްގެ ކުއާޓާ އަށް!

ޖަރުމަނު ކަޕްގެ ދެވަނަ ބުރުގައި ރޭ ރަށުންބޭރުގައި މައިންޒް ފަސޭހަކަމާއި އެކު 4-0 ގެ ތަފާތުބޮޑު ނަތީއްޖާއަކުން ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ބަޔާން މިއުނިކް ޖާގަ ހޯދައިފިއެވެ.

ޖަނަވަރީ ޓްރާންސްފާގެ ފަހު ދުވަހު ލޯން އެއްބަސްވުމެއްގެ ދަށުން ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީން ބަޔާން މިއުނިކާއި ގުޅުނު ޕޯޗުގަލްގެ ޑިފެންޑަރ ކެންސެލޯ ވަނީ ރޭގެ މެޗުގެ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ. އަދި މި މެޗުގައި ބާޔާނުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި ކެމަރޫންގެ ފޯވާޑް އެރިކް މެކްސިމް ޗައުޕޯ-މޮޓިން ކާމިޔާބުކޮށްދިނީ ބަޔާން އާއި އަލަށް ގުޅުނު ފޯޗުގަލްގެ ޑިފެންޑަރ ކެންސެލޯ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

އަލްފަންސޯ ޑޭވިސް ލަނޑުޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ބަޔާންގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި ތޯމަސް މުލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޖަރުމަންގެ ޒުވާން މިޑްފީލްޑަރ ޖަމާލް މުސިއާލާއެވެ. އަަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އެޓީމުގެ ތިންވަނަ ލަނޑު 44 ވަނަ މިނެޓުގައި ޗޫޕޯ މޯޓިން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ސާނޭއެވެ.

މި މެޗުގައި ބަޔާނުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު  ދެވަނަ ހާފުގެ 83 ވަނަ މިނެޓުގައި ކިމިކް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެންނުކުތް އެޓީމުގެ ޑިފެންޑަރ އަލްފަންސޯ ޑޭވިސްއެވެ. ރޭގެ މެޗަކީ ނިމިދިޔަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތައް ފަހު ކުޅުނު ހަތަރު މެޗުންވެސް މޮޅެއް ހޯދިފައިނުވާ ބާޔާން މިއުނިކް މި އަހަރު މޮޅުވި ފުރަތަމަ މެޗެވެ.

ރޭގެ މެޗު މައިންޒް އިން ނިންމާލީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި އެ ޓީމްގެ އެލެކްސެންޑާ ހެކަށް ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.