ގޭންގް ސްޓާރ -6-

31 May 2020 | 06:30

ޗަކޯއާއެކު އެތައް އިރަކު ދުއްވުމަށްފަހު މާފަންނުކޮޅުގައި ހުންނަ ގޯޅިއެއްގެ ތެރޭގައި މަޑުކޮއްލީމެވެ. ޗަކޯ އަހަރެން ކައިރީގައި ކުރަން ވީކަންތައް ކިޔާދިނުމުގެ ކުރިން ލިޒަޑްއަށް ގުޅަން އެންގިއެވެ. އިރުކޮޅެއްތެރޭގައި ލިޒަޑް އޭނާގެ ބޮޑު ސައިކަލްގައި އައިސް ޗަކޯ ކައިރިއަށް މަޑުކޮއްލިއެވެ. ޗަކޯ ގެ އިރުޝާދުގެދަށުން އަހަރެން އެމީހުން ވަންނަން ދިޔަ ގޭގެ ދޮރުމަތީ މަޑުކޮއްގެން ހުރީމެވެ. ޗަކޯއާ ލިޒަޑް އެގެއަށް ވަތްތަނާހެން ހަޅޭކުގެ އަޑު ގަދަވެގެން ދިޔައެވެ. އެއްޗެހިތައް ހަލާކުކުރާ އަޑުފަށްގަނޑު ގަދަވެގެންގޮސް އިރުކޮޅަކުން މަޑުމައިތިރިވިއެވެ. ކުއްލިއަކަށް މީހަކު އެގޭ ކުޑަ ދޮރުން ފުންމާލީ އަހަރެން ކުރިމައްޗަށްށެވެ. އެމީހާގެ ބޯ ވަނީ ލެއިން ތަތްތެޅުފައެވެ. އެމީހާ ފުންމާލި ކުޑަދޮރުން ޗަކޯ ބޯދިއްކޮއްލުމުށްފަހު އެމީހާ ހިފެހެއްޓުމަށް ގޮވާލިއެވެ. ނަމަވެސް އެމީހާ އަހަރެން މޫނުމަތީ ގޮއްމުއްކަވާފައި ޖެހިޖެހީނުން އަހަރެން ބިންމައްޗަށް ތިރިކޮއްލިއެވެ. އެމީހާ ދުއްވައިގަތުމުން އަހަރެންވެސް އެމީހާ ފަހާ ދުވީމެވެ. ނަމަވެސް އެމީހާގެ ދުވެލި ބާރުކަމުން އަހަރެންނަށް އޭނާ އަތުކުރަން ދަތިވިއެވެ. އަހަރެން އެންމެފަހުން މަގުމަތިން ފެނުނު ކުނި އެއްޗަކުން ލަކުޑު ބުރިއެއްނަގާ އެމީހާއާ ދިމާލަށް ހޫރުވާލިމެވެ. އެ ލަކުޑިބުރި ގޮސް އެމީހާ ފައިގާޖެހި އެމީހާ އަނގަވަތަށް ވެއްޓުނުތަނާހެން ލިޒަޑް އައިސް އޭނާ ނަގައިގަނެގެން ކައިރީހުރި ގެއަކަށް ވެއްދިއެވެ.

ވެފާ ހުރި ވަރުބަލި ފިލުވާލަން ހުއްޓާ ޗަކޯ އައިސް އަހަރެން ކުރިމައްޗަށް ހުއްޓި ކޮނޑުގައި ދެފަހަރު އަތްޖަހާލުމަށްފަހު އަތުލައިގަތް މީހާ ވެއްދި ގެއަށް ވަނުމަށް އެދުނެވެ. ދެމީހުން އެކުގައި ވަތްއިރު ލިޒަޑް ހުރީ އެމީހާ ގޮނޑިއެއްގައި ބައިންދައިގެން އޭނާ ދިޔަނުދީ ހިފަހައްޓަން ތައްޔާރަށްށެވެ. ޗަކޯ ވަތް ގޮތަށް ގޮނޑިއެއްނަގާ އެމީހާ ކުރިމަތީ އިށީނެވެ. އަދި އެމީހާ ބޮލުގައި ހުފަހައްޓާފައި މޫނުމަތީ އެތިފަހަރެއް އެޅުއެވެ.

" ކަލޭ ހީކުރީތަ ކަލޭގެ ރައްޓެހިން ގޮވައިގެން ގޭތެރޭގަ ތިބީމަ މަ ބިރުގަންނާނެކަމަށް؟ ކޮބާ މަގޭ ކަޓް؟ " ޗަކޯ ހަރު އަޑުން އޭނާއާ ދިމާލަށް ބުނެލިއެވެ.

" ބުރޯ....... އެއީ އެހެން ވީ ކަމެއް ނޫނޭ....... ކަލޭގެ ކަޓް އަހަރެން ދޭން ހުރީ މާދަމާ........ އެއްލައްކަ ލިބެން އެބައޮތް...... ނަމަވެސް ވަގުތު ބޭނުންވާނެދޯ... " އެމީހާ ވައި އަޑުން ޖަވާބުދިނެވެ.

" ކޮން ދޮގެއް ހަދާކަށް. ދެމަސް ވީ މަގޭ ކަޓް ނުލިބޭތާ. މަ މިހާރު މިހުރީ އިންދަޖެހޭވަރުވެފާ. ކަލޭމެން ބޯންވެސް ތި ލިބެނީ މަ ކަލޭމެނަށް ރަނގަޅުވީމަ. އެކަމު މިއަދު މަށަށް ފުރަގަސްދިނީމަ ކަލެއަށް ތިޔަހެން ތި ވީ. ހަމަ މިހާރު ކިޔާދީ ކަލޭއަތަށް ދިން ސްޓޮކަށްވީ ކިހިނެއްކަން. " ޗަކޯ ރުޅިވެރިކަމާއެކު އެމީހާގެ ކަރުގައި ހިފާގަނެފާ ބުންޏެވެ.

" ބުރޯ..... ރިޗަޑޭ ކިޔާ ސޮރެއް އަހަރުންނަށް ދޯކާ ދިނީ.... އޭނާ ބުނީ ލާރިބަލާ އަންނާށޭ... ކިޔާފަ ދިޔައިރު..... ހުސް ކޮޕުން.... މަ ކިރިޔާ ބެޗުނީ ބާކީ އެންމެން ބަސްޓްވީ..... އެޔަށްފަހު ރިޗަޑޭ އައީ ކަނޑި ހިފައިގެން މަ އޭނާ ބާނުވާލަން އުޅުނިއްޔޯ ކިޔާފަ..... އެހެންވެ ކޮންމެ ނަމްބަރަކުން ގުޅިޔަސް ފޯން ނުނަގަނީ..... އެހެންވެ ފިލައިގެން ވެސް އުޅެން މަޖުބޫރުވީ..... " އެމީހާ ޗަކޯ ކައިރީ ރޮއެފާ ކިޔާގަތެވެ.

" ތިޔަ ބުނާ ރިޗަޑޭ އުޅޭ ތަނަކާ ގުޅެނޭ ނަމްބަރު އެނގެންޏާ ބުނޭ މިހާރު. އޭނާ އަތުގައި އަހަރެންގެ ލާރި ނެތިއްޖެނަމަ އަހަރެން ކަލޭ ކީއްކުރަން ކަލޭގެ ރައްޓެހިންވެސް ދުއްވާލާނަން. " ޗަކޯގެ ފޯން އެމީހާއަތަށް ދެމުން ބުނެލިއެވެ. އެމީހާ ޗަކޯގެ ފޯނުގައި ރިޗަޑޭގެ މައުލޫމާތު ލިޔުނެވެ. އަދި ފޯނު ދިއްކޮއްލަމުން މައާފަށް އެދުނެވެ. ނަމަވެސް ޗަކޯ އޭނާ ގައިގާ ގޮއްމުށުން ތަޅާގަތެވެ. ހިތް ފުރޭވަރަށް ގޮއްމުށުންނާ ކޮޅުފައިން އެމީހާ ގައިގާ ތަޅާލުމަށްފަހު ބިންމައްޗަށް އެއްލާލިއެެވެ. އެއަށްފަހު އަހަރެންނަށް ނަޒަރު ހިނގާލިއެެވެ. އެއަށް ފަހު އަހަރެން ކައިރީ ނުކުތުމަށް އަމުރުކުރިއެވެ. އަހަރެން ނުކުތްތާ ކުޑައިރުކޮޅެއްފަހުން ޗަކޯ އާ ލިޒަޑްވެސް ނުކުތެވެ. ލިޒަޑް އައިސް އަހަރެންގެ ބޮލުގައި ފިރުމާލުމަށް ފަހު އޭނާގެ ސައިކަލަށް އަރައިގެން ނައްޓާލިއެވެ. ލިޒަޑް ނައްޓާލުމާއެކު އަހަރެންނާ ޗަކޯ ވެސް ސައިކަލަށް އަރައިގެން ނައްޓާލިއެވެ.

އިރުގަނޑަކު ދުއްވުމަށްފަހު ޗަކޯ އަހަރެން ގޮވައިގެން ކެފޭއަކަށް އެރިއެވެ. އަދި ރަނގަޅަށް ބަނޑުފުރާ ކާލަން އެނގިއެވެ. އަހަރެންނަށް ފާހަގަވެގެން ދިޔައީ ޗަކޯ މޫނުގައިވާ ހާސްކަމެވެ. އެކަމާ އަހަރެންނަށް ސުވާލުނުކޮއްލާ ހަމަ ނުއިނދެވުނެވެ.

" ކިހިނެއްވީ މާ ބޮޑަށް ހާސްވެފާ ތި އިނީ؟ " އަހަރެން ސުވާލުކޮއްލީމެވެ.

" ރިޗަޑޭއަކީ އަހަރެންގެ ވަރަށް ގާތް އެކުވެރިއަކަށްވަނީ. ނަމަވެސް ލާރިއާ ޖެހުނީމަ އެއްވެސް އެކުވެރިކަމެއް ނޯންނާނެ. އެކަމު ރިޗަޑޭއަކީ ވަރަށް ނުރައްކާ މީހެއް އަހަރެންނަށް ރަނގަޅީ ކަލޭ މި ދޭތެރެއަށް ނުވަނީޔާ އެއީ ކަލޭގެ އަދި ނެތް މިކަހަލަ ކަމެއްގެ ތަޖުރިބާއެއް. މީ މާ މަތީ ފަންތީގެ ކަމެއް. " ޗަކޯ ބޮލުގައި އަތްއަޅައިގެން އިންދެ ކިޔާދިނެވެ.

ޗަކޯ ކިޔާ ދިންގޮތުންނާ އޭނާގެ މޫނުގައިވާ ހާސްކަމުން ވާން އުޅޭ ކަންތައްގަނޑުގެ ނުރައްކާތެރިކަން އަހަރެންނަށް ނަގާގަނެވުނެވެ. އިތުރަށް އެވާހަކަ ނުދައްކާ ކަންތައް ވާ ގޮތްބަލަން އަހަރެން މަޑުކުރަން ނިންމީމެވެ.

- ނުނިމޭ -  

Advertisement

ކޮމެންޓް