ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
06 Feb 2023 | 16:37
ތުރުކިޔޭ ބިންހެލުމުގައި މަރުވި މީހުންގެ އާއިލާއަށް ރައީސް ޞާލިހު ތައުޒިޔާ ދަންނަވައިފި

ތުރްކިޔޭ އައި ބިންހެލުމުގައި އެތައް ސަތޭކަ ބަޔަކު މަރުވުމާއި، މަރުވި މީހުންގެ އާއިލާ ތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ތައުޒިޔާ ދަންނަވައިފިއެވެ. 

7.8 މެގްނެޓިޔުޓް ބާރު މިނުގައި ތުރްކިޔޭގެ ދެކުނަށާއި ސީރިޔާގެ އުތުރަށް އައި ބިންހެލުމުގައި ބޮޑެތި ޢިމާރާތް ތަކެއް ވަނީ ވެއްޓީ ބިމާއި ހަމަވެފައެވެ. މިހާދިސާގައި ތުރުކިޔޭ އިން މިހާތަނަށް 284 މީހަކު މަރުވެފައިވާ ކަމަށާއި ސޫރިޔާއިން 384 މީހަކު މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓް ކުރެވިފައެވެ.

މިކަމާއި ގުޅިގެން ރައީސް ޞާލިހު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވަނީ، އެ ޚަބަރު އެހީ ފުން ހިތާމަޔާއި އެކުގައިކަން ފާހަގަކުރައްވައި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާފައެވެ. 

އަދި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިރާއްޖެ ވަނީ ތުރުކިޔޭގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން އާއި އެގައުމުގެ ސަރުކާރާއި އެކުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ދައްކާގޮތުން މި ބިންހެލުން އުފެދިފައިވަނީ ގަޒިއަންޓެޕް ކިޔާ ހިސާބާއި 20 މޭލު ކައިރިން ކަމަށާއި އަދި ބިން ހެލުން އަތުވެފައިވަނީ 11 މޭލު އަޑިން ކަމަށެވެ. 6.7 މެގްނެޓިޔުޓް ގައި އައިކަމަށް ރިކޯޑް ކުރެވިފައިވާ ބިންހެލުން ހުއްޓުމަށްފަހު އޭގެ އަސަރު 10 މިނިޓަށް ދެމިގެން ދިޔަ ކަމަށެވެ. އަދި ބިންހެލުމުގެ އިހްސާސް ސައިޕްރަސް އާއި ލުބްނާން ވަނީ ކޮށްފައިކަމަށެވެ.

ތުރްކިޔޭގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ޓުވިޓާގައި ވިދާޅުވެފައިވަނީ "މީހުން ހޯދާ ފަރާތްތަކާއި ރެސްކިޔު ޓީމް ތަކުން ވަނީ ވަގުތުން އެސަރަހައްދުތަކުގައި ހަރަކާތްތެރިވާން ފަށައިފައި" މިހެނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.