އިއްޔެގެ މުޒާހަރާގައި އަނިޔާވި ޒުވާނެއް ވެއްޓިފައި/ ފޮޓޯ: ވޮއިސް
ހަބަރު
08 Feb 2023 | 06:11
އިދިކޮޅުގެ މުޒާހަރާގައި އަނިޔާވި ޒުވާނެއްގެ ހާލު ގޯސްވެ އަދިވެސް އޮތީ އެޑްމިޓްކޮށްފަ!

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އިއްޔެ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމަށް ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމުގެ ތެރެއިން އަނިޔާވި ޒުވާނަކަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާދެމުން ދާކަން ހާމަވެއްޖެ އެވެ. 

މުޒާހަރާގެ ތެރެއިން ފުލުހުންގެ ފަރާތުން ލިބުނު އަނިޔާތަކަށް ފަރުވާކުރުމަށް އެ ޒުވާނާ ވަނީ އިއްޔެ އޭޑީކޭ ހޮސްޕިޓުގައި އެޑުމިޓުކޮށްފަ އެވެ. އަދިވެސް އޭނާގެ ހާލު ރަނގަޅު ނުވާތީ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން ނެވެ. 

އިދިކޮޅުގެ މުޒާހަރާގައި އަނިޔާވި ޒުވާނަކު އޭޑީކޭގައި އެޑްމިޓުކޮށްފައި

އިއްޔެ އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށްފަ އެވެ. އެގޮތުން މުޒާހަރާގެ ބައިވެރިންގެ މޫނާ ގާތުން ޕެޕާ ސްޕްރޭ ޖެހުމާއި، ފުލުހުންގެ ޝީލްޑުތަކުން މުޒާހަރާގެ ބައިވެރިންގެ ގައިގައި ތަޅާ ކޮށްޕުން ފަދަ ހަރުކަށި އަމަލުތައް ފުލުހުން ވަނީ ހިންގާފަ އެވެ. 

ފުލުހުންގެ ފަރާތުން ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް 5 މީހުން ހޮސްޕިޓަލުގައި އެޑުމިޓުކުރަން ޖެހުނެވެ.

އޭގެ ތެރޭގައި ޗެނަލް-13 ގެ ނޫސްވެރިއަކުވެސް ހިމެނެއެވެ. އަނިޔާވި ނޫސްވެރިޔާއަށް އިތުރު ފަރުވާދިނުމަށް ރޭގެ ވަގުތެއްގައި ވަނީ ލަންކާއަށް ފުރުވާލާފައެވެ. 

އިއްޔެގެ މުޒާހަރާ ރޫޅާލުމަށް ފުލުހުން އަމަލުކޮށްފައިވާ ގޮތް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިންވަނީ ކުށްވެރިކޮށްފަ އެވެ. އަދި މުޒާހަރާ ރޫޅާލުމަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، ނޫސްވެރިންނަށް ހުރަސްއެޅި މައްސަލަ ސިޔާސީ ޕާޓީތަކުންވެސް ވަނީ ކުށްވެރިކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Sep 2026
ދިރާގުގެ އިތުރު ހިއްސާއެއް ސަރުކާރަށް ގަތުމަކީ ބޭކާރު ޚަރަދެއް: ނަޝީދު
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ދިރާގަކީ ސިޔާސީ ނުފޫޒާއި ބާރުވެރިކަން ނުފޯރާ، ރައްޔިތުންގެ ހަމައެކަނި ކުންފުންޏެވެ. އޭގެ ސަބަބަކީ އެ ކުންފުނި ޕްރައިވެޓައިޒް ކޮށްފައިވުމާއި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އެ ކުންފުނީގައި ނެތުމެވެ.
07 Sep 2026
ބުޅަލަށް ކާންދޭ މައްސަލަ ބޮޑު ބަހުސަކަށް؛ ބުޅާތަކުގެ ހައްގުގައި އެއްވުމެއް!
މާލެ ސަރަޙައްދުގައި ބުޅާ ގިނަވެ، އެ ތަކެއްޗަށް ކާންދިނުމާއި ބެލެހެއްޓުމުގެ މައްސަލައަކީ އަބަދުވެސް އާންމުންގެ މެދުގައި ހޫނު ބަހުސެއް ހިނގާ ކަމެކެވެ. ނަމަވެސް، ފަހަކަށް އައިސް މީސްމީޑިއާގައި ދައުރުވި ވީޑިއޯއަކާ ގުޅިގެން މި މައްސަލަ މިވަނީ އިންތިހާއަށް ހޫނުވެ، ބޮޑު އިޖުތިމާޢީ ކަންބޮޑުވުމަކަށް ބަދަލުވެފައެވެ. އެއްބަޔަކު ޖަނަވާރުންގެ ހައްގުތަކާއި ކުލުނުގެ ވާހަކަ ދައްކާއިރު، އަނެއް ބަޔަކު ފާހަގަކުރަނީ އާންމު ސާފުތާހިރުކަމާއި ސިއްހީ ނުރައްކާތަކުގެ ވާހަކައެވެ.
07 Sep 2026
އަންނަ މަހުން ފެށިގެން މުއްސަނދިންނަށް އާސަންދަ ދޭ އުސޫލް ބަދަލުކުރަނީ
އެގޮތުން އާމްދަނީގެ ގޮތުގައި 65،000 މަތީގެ މުސާރަ ލިބޭ ފަރާތްތަކަށް މިހާރު ލިބޭގޮތަށް އާސަންދަ ދެމުން އަންނަ ގޮތް ބަދަލުވާނޭކަމަށް ރައީސް ވިދާޅުވިއެވެ
07 Sep 2026
ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ ގަތުމަށް ސަރުކާރުން ނިންމައިފި
އެމްޑީޕީގެ ސަރުކާރުގައި ވިއްކާލާފައިވާ ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ހޯދައި، ދިރާގުގައި ސަރުކާރުގެ އޮންނަ ހިއްސާ %51 އަށް ބޮޑު ކުރުމަށް ނިންމައިފިއެވެ.
07 Sep 2026
ފެނަކައާއި އާރްޑީސީ އުވާލާ، މަސައްކަތް ސްޓެލްކޯއާއި އެމްޓީސީސީއަށް
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ފެނަކަ އުވާލައި، ދެ ކުންފުނީގެ މަސައްކަތް ސްޓެލްކޯއާއި އެމްޓީސީސީއާ ހަވާލުކުރަން ސަރުކާރުން ނިންމައިފިއެވެ.
07 Sep 2026
އޭޑީކޭއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮބޮޓިކް ސާޖަރީ ކުރަން ފަށައިފި
އޭޑީކޭގެ ޗެއާމަން ނާޝިދު ސިފަކުރެއްވީ މިކަމަކީ، އީ ޞިއްޙީ ޚިދުމަތް ހޯދުމުގައި ރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޤައުމަކަށް ހެދުމަށް އެޅުނު ބޮޑު ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.
07 Sep 2026
ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް
އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިޔަކަށް ލ. މާބައިދޫ، ފާތުމަތު އަޒުމާ ހޮވިއްޖެއެވެ.
07 Sep 2026
ފެނަކަ އަދި ހޮސްޕިޓަލް އޭ އަށް ވިދިވިދިގެން ތިންވަނަ މޮޅު
އދ. މަހިބަދޫގައި ކުރިއަށްދާ "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް" ގައި އިއްޔެ ކުޅުނު ފޯރިގަދަ މެޗުތަކުން ފެނަކަ އަދި ހޮސްޕިޓަލް އޭ ޓީމު މޮޅުވެއްޖެއެވެ.