ރައީސް ނަޝީދު ޖުމްހޫރީ މައިދާނުގައި އިހްތިޖާޖު ކުރަނީ--ފޮޓޯ: އެމްޑީޕީ
ރިޕޯޓް
09 Feb 2023 | 16:42
އެއްވެ އުޅުމުގެ މިނިވަންކަން، ވެރިން ރައްޔިތުން ލޮލުގައި އެޅުވި އަދުންގަނޑު

އެވެރިން ދައްކަން އެތީބީ މައުމޫނުގެ ވަހަކައެވެ، އެދެއްކި ވާހަކަޔާ ގަޔާނުވެގެން ޗޮކެއް ކަނޑާލެވިއްޖެއެވެ.

އެއީ ނުވަދިހައިގެ ފަހުކޮޅެވެ. ޗޮކެއް ކަޑާލެވުން ވީ މިހާރުގެ ގޮތުން ޓެރަރިޒަމްގެ ކުށެއްކުރުން ކަހަލަކަމަށެވެ. އެމިހުނަށް ދެވެހުރި އަދަބެއް ދީފިއެވެ. ގުދަންގެއަށްލާ، ތޭރާ އަހަރުގެ ކުއްޖަކު ރޮއި ހަލާކުވާވަރަށް އެއްޗެތިކިޔާ އަދަބުދިނެވެ. އަދަބު މިލިބުނީ ދެ ސަބަބުންކުރެ އެއްސަބަބަކާ ހެދިއެވެ.

ފުރަތަމަ ސަބަބަކީ އޭރުގެ ކަންކަން އޮންނަގޮތުން ވެރިކަމުގައި ހުންނަ މީހާއަށް ދެރަވާކަހަލަ ބަހެއް ނުވަތަ އެމީހެއްގެ އަމިއްލަ ހިޔާލު ފާޅުކުރުމުގެ ހައްގުނެތުމުން ލިބުނު އަދަބެވެ. ނޫންނަމަ އޭރުގެ ވެރިންނަށް ރައްޔިތަކު އެމީހެއްގެ ޝުއޫރު ފާޅުކުރުމުން ލިބިދާނެ ގެއްލުމެއްގެ ބޮޑުކަމުން އެވާހަކަ ދެވަނަ ފަހަރަށް ދައްކަފާނެތީ ދެވުނު އަދަބެއްގެގޮތުގައެވެ. ސަބަބަކީ އެ ޒަމާނަކީ ރައްޔިތުން އޭރު އޮންނަ ސަރުކާރެއްގެ ބިރުގެ ދަށުގައި ތިބެން ޖެހޭ ޒަމާނެއްގެ ގޮތުގައި ވަރަށް ގިނަ މީހުންނަށް ވިސްނިފައި އޮންނަ ވިސްނުމާހެދި ކުރަމުން އައި ކަންތައްތަކަށްވުމެވެ.

އޭރަކީ މިވެރިން މިކިޔާ ހިޔާލުފާޅު ކުރުމާ އެއްވެ އުޅުމުގެ މިނިވަންކަން ދިވެހި ދަންނަޒަމާނެއް ނޫނެވެ. އޮންނަނީ ދެގޮތެވެ. ހިޔާލު ފާޅުކޮށްފިނަމަ އަދަގޮޑިއެވެ. އެއްވެއްޖެ ނަމަ ކުޑަގޮޅިއެވެ.

ފޮޓޯ: ނެގިފަރާތް ނޭގޭ

ޒަމާން ބަދަލުވެ ރާއްޖޭގެ ސިޔާސީ މަޝްރަހު ހޫނުވެ، ޤައުމުގައި ސިޔާސި ލީޑަރުންތަކެއް އުފެދިއްޖެއެވެ. ރައްޔިތުންގެ ހައްޤުގެ ވާހަކައާއި، ވެރިކަން ކުރުމުގެ ހުދުމުހުތާރު ވާހަކައާއި، އަދި ރައްޔިތުނަށް ލިބެނީ ހައްޤު މިންވަރު ނޫންކަން ޅެމާއި، ފަރިއްސައް ހަދައިގެން އޭރު އުޅުނު ކޮންމެ ސިޔާސީ ލީޑަރަކު ކިޔައި ރައްޔިތުންނަށް ތާޅަފިލިތަކުން އިއްވަމުން ދެއެވެ.

ކިޔާނެތާއެވެ. މަގުމައްޗައް ދެމީހަކު އެއްވިޔަސް ވެރިކަމުގައި ހުންނަ މީހާއަށް ބިރުހީވެއެވެ. މިދެންނެވި ހުރިހާ ކަމެއްގެ ތެރެއިންވެސް ސިޔާސީ ލީޑަރުން އެންމެ ބޮޑަށް ވިސްނައިދިނީ އެއްވެއުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ތައްމިނަށް ދިވެހިންނަށް ލިބެންޖެހޭކަމަށެވެ. އެހައްޤު ނުލިބި ދިވެހިން ކުރިއަށް ނުދެވޭނެކަމެވެ. އެއީ ހައްޤުތަކުގެ ފެށުންކަމުގައެވެ.

ރައީސް ނަޝީދު ތިނަދޫގައި---ފޮޓޯ: ނެގިފަރާތް ނޭގޭ

މި ދެއްކެވި ވާހަކަތައް ދިވެހި ރައްޔިތުންނަށްވީ މާކަމުދާ ގަޔާވާ ވާހަކައަކަށެވެ. ނަތީޖާއެއްގެ ގޮތުން ސިޔާސީ ގޮތުން ރާއްޖެ ހަލަބޮލިވެ އޭރުގެ ވެރިކަމާ ދެކޮޅައް ރައްޔިތުން މަގުމައްޗައް ނިކުމެ ހިޔާލު ފާޅުކުރަން ފެށިއެވެ.

މި ދެންނެވި ބަދަލުވެގެންދިޔައީ ދިވެހި ރާއްޖޭގެ ޖަލުތަކުގައި ސިޔާސީ ހައްޔަރީން އިންތިހާއަށް ގިނަވެގެންދިޔަކަމަށެވެ.

އޭރު ރާއްޖެގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީއަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ. އެޕާޓީން ފުރަތަމައިނުންވެސް ރާއްޖޭގެ ރައްޔިތުންނަށް ވިސްނައިދިނީ އެއްވެއުޅުމުގެ މިނިވަންކަމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ދިވެހި ރައްޔިތުންގެ އަސާސީ އަދި ޒަރޫރީ ހައްގެއްކަމެވެ. އަދި ހިޔާލު ފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްޤަކީ އޭރު ހުންނެވި ރައީސް މައުމޫންގެ ސަރުކާރު ބަދަލުކުރުމަށް އެމްޑީޕީން ބޭނުން ކުރި އެންމެ ބޮޑު ހަތިޔާރެވެ. މި ދެންނެވި ހައްޤު ހޯދުމުގެ ތެރޭގައި އެތަކެއް ދިވެހި ރައްޔިތުންނެއް ޖަލައްލެވި ބަންދުކުރެވިގެންދިޔައެވެ. އެމްޑީޕީގެ އިސްވެރިނަށް މުޒާހަރާތަކުގެ ތެރެއިން ލިބުނު ގެއްލުން އިންތިހާއަށްދިޔައެވެ.

އޭރުގެ އިދިކޮޅު ލީޑަރު ރައީސް މުހައްމަދު ނަޝީދު (އަންނި) ދޫނިދޫގައި ބަންދުކުރެވުނު އަދަދު ގުނާ އަދަދު ނުކުރެވެއެވެ. އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަދި އޭރު އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ޞާލިހްއާމެދުވެސް ކުރީގެ ސަރުކާރުތަކުން ކަންކުރެއްވީ ހަމަ އެގޮތަށެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން

ރާއްޖޭގައި މިއަދު ލިބިފައިވާ އެއްވެއުޅުމުގެ މިނިވަންކަމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހުރިހާ ކްރެޑިޓެއް ހައްގުވާ އެއްބޭފުޅަކީ ރައީސް ނަޝީދުކަމާމެދު ޝައްކެއްނެތެވެ. އެ މިނިވަކަންކަމާއި، މީޑީއާއެކު ބޭއްވި ގުޅުން އެ ސަރުކާރުގެ ކުރީކޮޅު ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވެސްވެއެވެ. އަދި ރައީސް ނަޝީދަކީ ދިވެހިނަށް ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ ކޯންޗެއްކަން ބުނެދިން ލީޑަރެވެ. ޑިމޮކްރަސީއަކީ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ލިބުމެވެ.

ރައީސް މައުމޫނުގެ ދިގު 30 އަހަރު ނިމުންވެގެންދިޔައީ ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް ބޮޑެތި އުންމީދުތަކެއް ލިބި ދިވެހި ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައުމުގެ ފެށުމަށެވެ.

ރައީސް މައުމޫނު ވެރިކަމުގައި އެމްޑީޕީން އެއްވެފައި--ފޮޓޯ: އެމްޑީޕީ

ރައީސް ނަޝީދުގެ ފުރަތަމަ ދެއަހަރަށް ފަހު ދެންފެނިގެން ދިޔައީ އެމްޑީޕީއާއި ރައީސް ނަޝީދާއި އޭރު ބާރުލާފައި ދެއްކި އެއްވެ އުޅުމުގެ މިނިވަންކަން ހަނދާންނެތި ރާއްޖޭގެ ކުރީގެ ސަރުކާރުތަކުން މީހުން ހިފާ ހައްޔަރުކުރިފަދައިން ހައްޔަރުކުރިތަނެވެ. ރައްޔިތުން ޝުއޫރު ފާޅުކުރަން އެއްވި ކޮންމެ ހިނދެއްގައި ސިފައިންނާއި ފުލުހުން ނެރެ ރައްޔިތުން ފަހާދުވެ އެ އެއްވި ހިސާބުން ފޮޅާލާތަނެވެ. އެއްވެއުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުން ދިވެހިންގެ އަތުން ނަގައިގަނެވުނުތަނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެއްވުމާއި ހިޔާލުފާޅުކުރުން

ރައީސް ޔާމީންއަކީ ބޭބެފުޅު ރައީސް މައުމޫންގެ ވެރިކަމުގައިވެސް އަމިއްލަ ފުޅު ޕާޓީ (ޕީއޭ) ހައްދަވައިގެން ރައްޔިތުންގެ މި ހައްޤުތަކަށް ވަކާލާތުކުރެއްވި ބޭފުޅެކެވެ. ރައްޔިތުންނަށް ވިސްނައިދެއްވީ މިއީ މުހިންމު އަސާސީ ހައްގެއްގެގޮތުގައެވެ. ރައްޔިތުންނަށް ގޮވާލީ އެއްވާށޭއެވެ. ހިޔާލު ފާޅުކުރުމަކީ ރައްޔިތުންގެ ހައްޤެއްކަމަށެވެ. ރައީސް މައުމޫންގެ ވެރިކަން ނިމި ރައީސް ނަޝީދުގެ ދައުރުގައިވެސް ކީއެއްލަވައެކެވެ. ބުނެދިނީ ޑިމޮކްރެސީއަކީ އެއްވެއުޅުމުގެ މިނިވަންކަންކަމުގައެވެ. ރައީސް ނަޝީދުގެ ވެރިކަން ނިމި އަމިއްލަފުޅު ސަރުކާރުގައި ކަންވެގެންދިޔައީ ދިމާ އިދިކޮޅަށެވެ. ހަނދާނަށް ހިޔާލާތައް އަންނަނީ ރައީސް ޔާމީން އޭރުގެ އިދިކޮޅު ފަރާތްތަކުން ތަންތަނަށް އެއްވީމައި ދިންކުރު ޖަވާބެވެ. "އެއްވަންޏާ ހައްޖައް ދާންވީނުންހޭ"

ރައީސް ޔާމީންގެ ވެރިކަމުގައި އެމްޑީޕީ ހަރުގެ ސަރަހައްދުގައި އެއްވެފައި އިބި މީހުން ރޫޅާލަނީ

ރައީސް ޞާލިހްގެ ވެރިކަމުގައި މިކަން ހިނގާގޮތް

ދެންމިއޮތީ ހިޔާލު ފާޅުކުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން އެންމެ ހަނި ދުވަސްވަރު، މައުމޫންގެ ވެރިކަމުގައި އެކި ނޫސް މަޖައްލާތަކުގައި މިވާހަކަތައް ލިޔެ އުޅުނު އޭރުގެ ނޫސްވެރިޔާ އަދި އޭގެ ފަހުން އެމްޑީޕީގެ ޕީޖީ ލީޑަރުކަންކުރެއްވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި ކަންހިނގާގޮތް ލިޔާކަށް ބުނެދޭންޖެހޭތޯއެވެ؟

މަންޒަރުތަކާއި ތަސްވީރުތައް ތާއަބަދު ސޯޝަލް މީޑީއާގައި ދައުރުވަމުން ދަނީއެވެ. ކޯޓުތަކުގައި މުއްދަތު ޖަހައި އެއްވާ މީހުން ބަންދައް ގެންދަނީއެވެ. އެއްވުންތަކުގައި އަނިޔާ ލިބޭ ނޫސްވެރިނާއި އާންމުން ހޮސްޕިޓަލްތަކަށް އަތުލަފިކޮށްގެން ގެންދާ މަންޒަރު މަދެއްނޫނެވެ.

ދެންއޮތީ ހުދު ރައީސް ޞާލިހް އަޅުގަނޑުމެންގެ ނޫސްވެރިޔާއާށް ދެއްވި ޖަވާބެވެ، ރައީސް އޮފީހުގެ ޕޯޑިއަމް ގައި ހުރެ ރަސްމީ ހައިސިއްޔަތުން ދެއްވި ޖަވާބެވެ. ފުރަތަމަ ދުވަހު ނޫސްވެރިޔާގެ ސުވާލާއި ގުޅުވައި ކުރެއްވީ ސުވާލެކެވެ.

ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ އެއްވި ސުލްހަވެރި އެއްވުން ފުލުހުން ރޫޅާލަނީ

"އެއްވެސް އެއްޗެއް ލިޔުމަށް ހުރަސްއެޅިންތޯ؟"

ތެދެކެވެ. ނޫސްވެރިންނަށް އޮތް ލިޔުމުގެ ހައްޤު ޖުމްލަކޮށް ނެތެކޭ ބުނެވޭކަށް ނެތެވެ. ފާއިތުވި ސަރުކާރުތަކާއި އާޅާބަލާއިރު ޞާލިހްގެ ސަރުކާރުން ނޫސްވެރިންނަށް އަމާން މާހައުލެއް ޤާއިމްކުރެއްވެވިއެވެ. ނަމަވެސް ހިނގަމުން މިދާ ދުވަސްތަކުގައި ނޫސްވެރިކަމަށް ވަނީ ނުތަނަވަސްކަން ގެނުވާފަދަ ޤާނޫނުތަކެއް ވުޖޫދުކުރުވާފައެވެ. ނޫސްވެރިޔާ ލިޔާ ހަބަރުގެ މަސްދަރު ހާމަކުރަން މަޖުބޫރުކުރުވާ ޤާނޫނާއެކު ނޫސްވެރިކަމަށް މިވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައެވެ. ނަމަވެސް ރައީސް ޞާލިހް ވަނީ އެގެނެވުނު ބަދަލު އިސްލާހުކުރައްވާނެކަންމުގެ ޔަޤީންކަން ނޫސްވެރިނަށް ދެއްވާފައެވެ.

ދެވަނަ ފަހަރަވެސް އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ ސުވާލުކުރެވުނެވެ. ނަމަވެސް ރައީސް ދެއްވީ ކަން ފަސޭހަ ޖަވާބެކެވެ. ވިދާޅުވީ އަޅުގަނޑު އެއޮތީ މަޖިލީހަށް ބިލު ފޮނުވާފަކަމަށެވެ. ދެން އަޅުގަނޑު ކީއްތޯއޭކުރާނީ، މިއެވެ.

ކަންކުރައްވާނެ ގޮތް އެނގިލައްވާނީ ރައީސްއަށެވެ. އަދި ކަންކުރެވޭނެގޮތްވެސް އެނގޭނީ ރައީސްއަށެވެ. އަޅުގަނޑާއި ދިވެހި ރައްޔިތުންނަށް އެނގޭ އެއްޗަކީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮތްކަމެވެ. މަޖިލީހުގެ ރައީސްކަމަށް އެހުންނެވީ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން އެންމެ ބޮޑަށް ވިސްނައި ދެއްވި ރައީސް ނަޝީދެވެ. އެހެންކަމުން ދިވެހި ރައްޔިތުން ރައީސް ޞާލިހް "ދެން އަޅުގަނޑު ކީއްތޯ ކުރާނީ" ވިދާޅުވުމުން ރައްޔިތުން ރައީސް ޞާލިހްއަށް ދެއްވަވާނެ ޖަވާބު ރައީސް ޞާލިހްއަށް އެނގިވަޑައިގަންނަވާނެއެވެ.

ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ނިމިއްޖެއެވެ. ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ތަރަ ޖަހާފައި ދެއްކެވި ރައީސް ނަޝީދުގެ ވެރިކަން ނިމިއްޖެއެވެ. ޑރ. ވަހީދުގެ ކުރު ދެއަހަރު ނިމިއްޖެއެވެ. ރައީސް ޔާމީންގެ 5 އަހަރުވެސް ނިމިއްޖެއެވެ. ދެން މިހާރު ކުރިއަށް މިދަނީ އެއްވާނެއްގައި އާކޮށްކޮށްފައި އެއްވެ އުޅުމުގެ ހައްޤުގެ ވާހަކަ މަޖިލީހުގައާއި މަގުމަތީގައި، ސިޔާސީ ޕޯޑިއަމްތަކުގައި ވޭތުވެދިޔަ 40 އަހަރު އެވާހަކަ ދައްކަމުން ދިޔަ، އަދިވެސް އެވާހަކަ ދައްކަވާ ރައީސް ޞާލިހްގެ ފަސްއަހަރުގެ ދައުރެވެ.

ދިވެހި ޤައުމަށް ޑިމޮކްރަސީ އައިސްފިހެއްޔެވެ؟ މަގުމަތީގައި ދިވެހި ރައްޔިތުން އެއްކޮށްފައި، އުންމީދު ދީފައި އެއްވެ އުޅުމުގެ މިނިވަންކަން ލިބެންޖެހޭނެކަމަށް ވާހަކަ ދެއްކެވި ހުރިހާ ސިޔާސީ ލީޑަރުންނަށްވެސް ވެރިކަން ކުރުމުގެ ފުރުސަތު ލިބިއްޖެއެވެ. ނަމަވެސް ދިވެހި ރައްޔިތުންނަކަށް މިނިވަންކަމަށް ބިރުވެރިކަމުން އެއްކިބާވެތިބެ އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނުލިބުނެވެ. ދިވެހިންނަށް ހަމަ އެކަނި ލިބުނުއެއްޗަކީ އެއްވުމުން ފުލުހުންގެ ފަރާތުން އެލިބޭ އަނިޔާއާއި، ކޯޓުތަކުން އެމީހުންގެ މައްޗައް ކުރެވެމުންދާ ހުކުމްތަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
މައިވަންތަކަމާ ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް
މައިވަންތަކަމަކީ އިންސާނާގެ ދިރިއުޅުމަށް އަންނަ އެންމެ ބޮޑު އެއް ބަދަލެވެ. ދަރިއަކު ލިބުމާއެކު، މަންމަގެ އިހުސާސްތަކާއި، އިސްކަންދޭ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނިދާފައި އޮންނަ ތުއްތު ދަރިފުޅު ރަނގަޅަށް އޮތްތޯ ބެލުމާއި، ދަރިފުޅު ރޮއިގަންނަ އަޑަށް ހޭލެވުމާއި، އަބަދުވެސް ދަރިފުޅާ ގާތުގައި ހުންނަން ބޭނުންވުމަކީ އެއްވެސް ވިސްނުމަކާ ނުލައި އިޚުތިޔާރުން ބޭރުގައި މަންމައެއްގެ ކިބައިގައި އުފެދޭ ވަރުގަދަ އިހްސާސްތަކެކެވެ.