ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
10 Feb 2023 | 09:39
ޝަރުޢީ ދާއިރާ މިހާރު މަސައްކަތް ކުރަނީ މިނިވަންކަމާއެކު, ރައްޔިތުންގެ އިތުބާރު ލިބިއްޖެ: ރައީސް ޞާލިހު

މިހާރު ރާއްޖޭގެ ޝަރުޢީ ދާއިރާ މަސައްކަތް ކުރަނީ މިނިވަންކަމާއި އެކުގައި ކަމަށާ، ފަނޑިޔާރުގެއިން ކަން ކުރަންވީ ގޮތާއި ނުކުރަންވީ ގޮތް ބުނެދޭންޖެހޭ އެހެން ބަޔަކު ނުތިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ޤަޟާއީ އަހަރު 2023" އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝަރުޢީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަކީ، ސަރުކާރުގެ އިޖްތިމާޢީ ޢަދާލަތުގެ އެންމެ މުހިންމު އެއް ވަޢުދުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ވަޢުދު ފުއްދުމުގެ ގޮތުން މިދިޔަ 4 އަހަރުގެ ތެރޭގައި 9 ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާކަމަށާއި އޭގެ ތެރެއިން މިހާރު ކޮމެޓީ މަރުޙަލާގައި އޮތް 3 ބިލު ފިޔަވައި އަނެއް 6 ބިލެއް ޤާނޫނަކަށްވެ ޢަމަލުކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

މިއާއެކު ރައީސް ޞާލިހް ވިދާޅުވީ ފަނޑިޔާރުގޭގެ ޒިންމާއަކީ އެންމެހައި ފަރުދުންގެ މެދުގައި ޢަދުލު އިންޞާފު ޤާއިމުކޮށްދިނުމާއި އަނިޔާއިން އެއްކިބާވެ ޢަދުލަށް ނިޔާ ކަނޑައަޅައި، ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުން ކަމަށެވެ. އެ ޒިންމާ އަދާކުރެވޭނީ ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަކީ، ފަނޑިޔާރުންގެ އެންމެ އިސް އަމާޒު ކަމުގައި ހަދައިގެން ކަމަށާއި އެ އަމާޒު ޙާޞިލުކުރެވޭނީ، ފަނޑިޔާރުންގެ ޙުކުމްތައް ބިނާކުރާ މަޞްދަރަކީ، އިސްލާމީ ޝަރީޢަތާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތައް ކަމަށް ހަދައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެ މިނިވަންކަމާއި ބާރު، ރާއްޖޭގެ ޤާނޫނުއަސާސީން އޮތީ ފަނޑިޔާރުގެއަށް ދީފައި. ޝަރުޢީ ދާއިރާ މިއަދު މަސައްކަތް ކުރަމުން އަންނަނީ ފުރިހަމަ މިނިވަންކަމާ އެކު، މުސްތަޤިއްލު ބާރެއްގެ ގޮތުގައި. ފަނޑިޔާރުގެއިން ކަން ކުރަންވީ ގޮތާއި ނުކުރަންވީ ގޮތް ބުނެދޭންޖެހޭ އެހެން ބަޔަކު ނުތިބޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ، ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަޞައްވުރު ބަދަލުކުރުމަށް އަމާޒުހިފައިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ކުރިއެރުން ލިބިފައިވާ ކަމަށެވެ. 

"ފަނޑިޔާރުގޭގެ ނިންމުންތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި އަންނަނީ އިތުބާރު އުފެދެމުން. އެ އިތުބާރު އުފެއްދުމަކީ، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ވަރަށް މުހިންމު އަމާޒެއް." ރައީސް ޞާލިހު ވިދާޅުވިއެވެ.

މީގެ އިތުުރުން ރައީސް ޞާލިހު ވިދާޅުވީ ކޯޓުތަކުން މައްސަލަތައް ލަސްވުމުގެ ޝަކުވާއަށް ޙައްލު ހޯދައިދިނުމުގެ ގޮތުން އޮންލައިންކޮށް ޝަރީއަތްތައް ހިންގޭނެ ނިޒާމުތައް، ރާއްޖޭގެ ހުރިހާ ކޯޓެއްގައިވެސް ޤާއިމްކުރުމާއި ޝަރުޢީ ދާއިރާގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. 

އަދި މަދަނީ އިޖުރާއަތުގެ ޤާނޫނަށް މިދިޔަ އަހަރު ޢަމަލުކުރަން ފަށާފައިވުމާއި 47 އަހަރަށް ވުރެ ދިގު މުއްދަތަކަށް ފަހު، ހެއްކާބެހޭ މުޅިން އައު ޤާނޫނެއް އެކުލަވާލައި މިހާރު ޢަމަލުކުރަން ފަށާފައިވުން އެއީ މިދާއިރާއިން ޙާޞިލުކުރެވިފައިވާ މުހިންމު ކާމިޔާބީތަކެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.