ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
10 Feb 2023 | 17:01
ތުރުކިޔޭ އަދި ސީރިޔާ އަށް 1 މިލިއަން މަސްދަޅު ހަދިޔާ ކުރަން ރައީސް ޞާލިހު ނިންމަވައިފި

ތުރުކިޔޭ އަދި ސީރިޔާ އަށް 1 މިލިއަން މަސްދަޅު ހަދިޔާ ކުރަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ނިންމަވައިފިއެވެ. 

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތުރުކިޔޭ އަދި ސީރިޔާ އަށް ބިންހެލުމުގައި އެތައް ބަޔަކު ނިޔާވެ ހާލުގައި ޖެހުމުގެ ސަބަބުން އެ ދެ ގައުމުގެ ލީޑަރަށް ވެސް ރައީސް ޞާލިހް ތައުޒިޔާ ދަންނަވައިފައިވާ ކަމަށެވެ. 

އަދި މީގެ އިތުރުން، ބިންހެލުމުގެ ކާރިސާއިން އަރައިގަތުމަށް  ތުރުކިޔޭ އަދި ސީރިޔާއިން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން އެދެ ގައުމަށް 1،000,000 (1 މިލިއަން) މަސްދަޅު ( ކޮންމެ ގައުމަކަށް 500,000) ހަދިޔާ ކުރެއްވުމަށްވެސް ރައީސް ޞާލިހު ނިންމަވާފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ. 

ތުރުކިޔޭ އާއި ސީރިޔާ އަށް ސިލްސިލާކޮށް އައި ބާރުގަދަ ބިންހެލުން ތަކުގެ ސަބަބުން ނިޔާވި މީހުންގެ ޢަދަދު ވަނީ 16000 އަށް އަރާފައެވެ. މީގެތެރެއިން 12873 މީހުންނަކީ ތުރްކިޔޭ އިން ނިޔާވި މީހުންނެވެ.  އަނެއް 3,127 މީހުންނަކީ ސީރިޔާ މީހުންނެވެ. 

ބިންހެލުމުގައި ފުރާނަ ސަލާމަތްވި ނަމަވެސް، ބޯހިޔަލެއް، ފެނެއް، ކަރަންޓެއް، ތެލެއް، ކާނެ އެއްޗެއް ނުލިބި ހާލުގައިޖެހުމުގެ ސަބަބުން އެތައް ބަޔަކު މަރުވެދާނެ ކަމުގެ އިންޒާރު ޑަބްލިޔުއެޗްއޯ އިން ވަނީ ދީފަ އެވެ. 

ކޮމެންޓް
އަމާން
ލަންކާ ޙާލުގައި ޖެހި ކަރުދާސްނެތި ކުދިން ޓެސްޓް ހެދޭނެގޮތް ނެތްއިރު ކަރުދާސް ކޮޅެއް ފޯރުކޮށްދިންނަމަ ހާދަ ރަނގަޅުވީހޭ ހިތަށްއަރާ..
10 Feb 2023
އަމާން
ލައްކައެއްހާ ޑޮލަރުގެ ކަރުދާސް.
10 Feb 2023
ގުޅޭ ލިޔުންތައް
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.