ގާސިމް އިބްރާހިމް މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
13 Feb 2023 | 12:28
ޤާނޫނު އަސާސީއާއި ޚިލާފު އެއްވެސް ގަވައިދެއް ތަންފީޒުކުރާކަށް ނުޖެހޭ: ޤާސިމް

ޤާނޫނު އަސާސީއާއި ޚިލާފަށް އެކުލަވާލާ އެއްވެސް ޤަވާއިދެއް ތަންފީޒުކުރަން ނުޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ޤާސިމް މިފަދައިން ވިދާޅުވެފައިވަނީ ރާއްޖެއަށް ޑްރަގް އެތެރެކުރާ ބިދޭސީން އަނބުރާ ފޮނުވާލެވޭގޮތަށް ހަދާފައިވާ ޤަވާއިދު ބަދަލުކުރުމަށް ގޮވާލާ މަޖިލީހަށް ހުށައަޅުއްވާފައިވާ ކުއްލި މައްސަލައަށް ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. 

އެ މައްސަލައަށް ބަހުސްކުރައްވަމުން ގާސިމް ވިދާޅުވީ ކޮންމެ ބަޔަކުވެސް ވެރިކަން ކުރަނީ ޤާނޫނު އަސާސީއިން ލިބިދޭ ބާރުތަކުގެ ބޭނުން ހިފައިގެން ކަމަށެވެ. ޤާނޫނު އަސާސީގެ ބޭރުން އެއްވެސް ކަމެއް ކުރުމުގެ އިޚްތިޔާރު އެއްވެސް ބަޔަކަށް ލިބިގެން ނުވާކަމަށް ޤާސިމް ވިދާޅުވި އެވެ. 

އެވާހަކަފުޅާއި ގުޅުވާ ޤާސިމް ވިދާޅުވީ ޤާނޫނުތަކާއި ޤަވާއިދުތައްވެސް ހެދެނީ ޤާނޫނު އަސާސީއާއި ފުށު ނާރާ ގޮތެއްގެ މަތިން ކަމަށެވެ. އެއާއި ޚިލާފަށް ޤާނޫނު އަސާސީއާއި ފުށުއަރާ ޤަވައިދުތައް ހެދިޔަސް، އެފަދަ ޤަވައިދަކީ އުފެދުމުގައިވެސް ބާތިލް ޤަވާއިދުތަކެއް ކަމަށާއި، އެފަދަ ޤަވާއިދެއް ތަންފީޒުކުރަން އެންގެވި ނަމަވެސް އެ ތަންފީޒު ނުކުރެވޭނެކަމަށް އޭނާ ވިދާޅުވި އެވެ. 

އެއާއެކު ޤާސިމް ވަނީ މަސްތުވާތަކެތި އެތެރެކުރާ މީހުން އަނބުރާ ފޮނުވާލެވޭގޮތަށް އޮތް ގަވައިދު ބަދަލުކޮށް ޤާނޫނު އަސާސީއަށް ފެތޭގޮތަށް ޤަވައިދު ފަރުމާކުރުމަށް ގޮވާލައްވާފަ އެވެ. 

"ޤާނޫނު އަސާސީއާއި ޚިލާފަށް އެއްވެސް ޤަވާއިދެއް ނެހެދޭނެ. އަދި ޤާނޫނު އަސާސީއާއި ޤާނޫނާއި ޚިލާފަށް މީހަކަށް ޤަވާއިދެއް ނެހެދޭ ތަނުގައި އަދި އޭގެ އިތުރަށް ކުރާ އަމުރަކަށްވެސް ތަބާވާކަށް ނުޖެހޭނެ އެއީ ކޮންމެ ވެރިޔަކު ކުރިޔަސްވެސް"

މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް 

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ހުށައެޅުއްވި އެ ކުއްލި މައްސަލައިގައި ބުނެފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ދޫކޮށްލެވޭގޮތަށް ހަދާފައިވާ ޤަވައިދަކީ މަސްތުވާތަކެތި ޓްރެފިކްކުރަން އުޅުމާއި އެކަމުގައި އެހީތެރިވެދިނުމަކީ އަދި އެކަމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުމަކީ ކުށެއްކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ މާއްދާއާއި ފުށޫއަރާ ގަވައިދެއް ކަމަށެވެ. 

މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރުމަކީ ކުށެއް ކަމަށާއި އެކުށުގެ އަދަބެއްގެ ގޮތުން 18 އަހަރަށް ޖަލަށްލުމާއެކު 10 މިލިއަން ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާއިރު ޤާނޫނުން ކުށެއްކަމަށް ކަނޑައަޅައި އެކަމަށް އަދަބެއް ބަޔާންކޮށްފައި އޮތް ކަމެއް ނަފީވާ ގޮތަށް ޤަވާއިދެއް ހަދައި ތަންފީޒުކުރުމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށް އެ މައްސަލައިގައި ފާހަގަކުރައްވާފައި ވެއެވެ. 

ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ބަލައިގަނެ ހޫނު ބަހުސެއް ކުރެވެމުންދާއިރު، މިހާތަނަށް ވާހަކަދެއްކެވި ހުރިހާ މެމްބަރުންވެސް ވަނީ އެ ގަވައިދު ބަދަލުކުރުމަށް ގޮވާލާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.