ގްރީން ޕާޓީ އުފައްދަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ހުއްދަ ދިނުން: ފޮޓޯ/ އިލެކްޝަންސް ކޮމިޝަން
ހަބަރު
13 Feb 2023 | 13:19
ޖާބިރު އަށް ގްރީން ޕާޓީ އުފައްދަން ހުއްދަ ދީފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީ.އާރު.ޕީގެ ވަގުތީ ލީޑަރު އަބްދުالله ޖާބިރު އަށް ގްރީން ޕާޓީ އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ވަނީ "ގްރީން ޕާޓީ އޮފް މޯލްޑިވްސް"ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ހ.ތިމާވެށި އަބްދުالله ޖާބިރަށް ހުއްދަ ދީފައިވާ ކަން އިއުލާން ކޮށްފައެވެ. 

މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖާބިރު ވަނީ ގްރީން ޕާޓީ އަކީ ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ރައްޖޭގެ މާހައުލާއި ގުޅޭގޮތަށް އުފައްދާ ޕާޓީއެއްކަމަށެވެ.

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނިކޮށް، އެޕާޓީގެ ލީޑަރުކަމުންނާއި، މެންބަރުކަމުން ޖާބިރު ވަނީ އިސްތިއުފާ ދެއްވާފައެވެ. 

ޑީއާރުޕީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ، ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް އެޕާޓީގައި މެންބަރުން ހަމަނުވުމުންނެވެ. ސިޔާސީ ޤާނުނުގައިވާ ގޮތުން ސިޔާސީ ޕާޓީއެއް ހިންގޭނީ އެ ޕާޓީއެއްގައި މަދުވެގެން 3،000 މެމްބަރުން ހަމަވާނަމައެވެ. ނަމަވެސް ޕާޓީތަކުގެ ގާނޫނުގައި ބުނާ ޢަދަދަށް މެމްބަރުން ހަމަނުވާތީ އެ ޢަދަދަށް މެމްބެރުން ހަމަކުރުމަށް 3 މަހުގެ މުހުލަތެއް ދިނުމުންވެސް އެ ޢަދަދަށް މެންބަރުން ހަމަކުރެވިފައެއް ނުވެއެވެ.

ޑީއާރުޕީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާޠިލުކުރަން އެޕާޓީގެ ފަރާތުން ވަނީ ހައިކޯޓަށްވެސް ހުށައަޅާފައެވެ.

ޑީއާރުޕީ އުވާލަން ނިންމި މައްސަލާގައި އެޕާޓީން އެންމެ ފުރަތަމަ ކޯޓަށް ހުށައެޅީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން ހުށައެޅޭނެ މައްސަލައެއްގެ ގޮތުގައެވެ. ނަމަވެސް އެ މައްސަލައަކީ އެބާވަތުގެ މައްސަލައެއް ނޫންކަމަށް ނިންމާ ހައިކޯޓުން ވަނީ އެ މައްސަލަ ރަޖިސްޓްރީކޮށްނުދޭން ނިންމާފައެވެ.

ހައިކޯޓުގެ ރަޖިސްޓްރީން ދައްކާގޮތުގައި ޑީއާރުޕީން އަނެއްކާވެސް ވަނީ އެ މައްސަލަ ކޯޓަށް ހުށައަޅާފައެވެ. މިފަހަރު މައްސަލަ ހުށައެޅުއްވީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.