އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަނީ/ ފޮޓޯ: ވޮއިސް
ހަބަރު
15 Feb 2023 | 06:40
ކުލަގަދަ ރަސްމިއްޔާތަކާއެކު އަމީނީ މަގުގައި އަލަށް ތާރުއަޅަން ފަށައިފި

ޚާއްސަ ރަސްމިއްޔާތަކާއެކު އަމީނީ މަގުގައި ތާރުއަޅަން އެމްޓީސީސީއިން ފަށައިފި އެވެ. 

އަމީނީ މަގުގައި މުޅިން އަލަށް ތާރު އަޅަން ފަށާފައިވާއިރު، އެކަން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ބައިވެރިވެވަޑައިގެންނެވި އެވެ. 

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ނެގުމަށްފަހު ޕްލޭނިން މިނިސްޓްރީއިން އެ މަސައްކަތް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ. އެ މަސައްކަތް އާރުޑީސީއާއި ހަވާލުކޮށްފައި ވަނީ މި ދިޔަ ސެޕްޓެމްބަރު މަހުގައެވެ. އާރުޑީސީއާއި އެ މަސައްކަތް ހަވާލުކުރީ 7 މަސްތެރޭ އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިންމާލުމަށެވެ. 

އެހެން ނަމަވެސް މަގު ނުހެދި ގިނަ ލިގުލައިގެން ދިއުމާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރާއި އާރުޑީސީއަށްވެސް އަމާޒުވަމުން ދިއުމާއި ގުޅިގެން އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް އެފަހުން އެމްޓީސީސީއާއި ހަވާލުކުރިއެވެ. 

އެމްޓީސީސީއިން އަމީނީ މަގުގައި ތާރު އަޅާނީ އަމީނީ މަގުގެ ސްޓެލްކޯ ހުންނަ އިމާރާތް ނިމޭ ހިސާބަށެވެ. އެއީ މިހާތަނަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ހިސާބެވެ. 

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ/ ފޮޓޯ: ވޮއިސް 

ޕްލޭނިން މިނިސްޓްރީއިން ބުނީ އެމްޓީސީސީއާއި ތާރު އެޅުމުގެ މަސައްކަތް ހަވާލުކުރީ ތާރު އަޅާ މެޝިން ބަހައްޓާނެ ޖާގަ އާރުޑީސީއަށް ނުލިބުމުން މަސައްކަތް އަނެއްކާވެސް އިތުރަށް ލަސްވެގެން ހިނގައިދާނެތީ، އެ މަސައްކަތް އަވަސްކުރުމަށް ކަމަށެވެ. 

މިހާރުވެސް އަމީނީ މަގުގެ މަސައްކަތް ދަނީ ކުރިން ކަނޑައަޅާފައިވާ ޝެޑިއުލާއި އެއްގޮތަކަށް ނޫނެވެ. އެއާއެކު އަމީނީ މަގު ނިންމޭނެ އިތުރު ތާރީހެއް މިހާރު ޕްލޭނިން މިނިސްޓްރީއިން ވަނީ ކަނޑައަޅާ މުއްދަތް އިތުރުކޮށްދީފަ އެވެ. 

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތަށް ސަރުކާރުން 80 މިލިއަން ރުފިޔާ ޚަރަދުކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.