ރައީސް ޞާލިހު ރިޔާސީ ޓިކެޓާއި ހަވާލުވެވަޑައިގަތުމަށް ފަހު ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: އެމްޑީޕީ
ހަބަރު
18 Feb 2023 | 08:52
އެމްޑީޕީގެ ވެރިކަން ދަމަހައްޓަން ޖެހޭ، އަޅުގަނޑަކީ އެމްޑީޕީ މީހެއް: ރައީސް ޞާލިހު

ކުރިއަށްއޮތް ރިޔާސީ އިންތިޚާބު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ކާމިޔާބުކޮށްދިނުމަށް ޕާޓީގެ ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު، އެމަނިކުފާނަކީ އެމްޑީޕީ ބޭފުޅެއްކަން ހަނދާން ކޮށްދެއްވައިފި އެވެ. 

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރަސްމީކޮށް އެމަނިކުފާނު އަތްޕުޅަށް އަރުވާފައިވާއިރު، އެމަނިކުފާނު ވަނީ އެމްޑީީގެ ވެރިކަން ދެމެހެއްޓުމަށް އެމަނިކުފާނަށް ވޯޓުދެއްވި ހުރިހާ ބޭފުޅުންނަށްވެސް ޝުކުރުއަދާކުރައްވާފަ އެވެ. 

ރޭ އެމްޑީޕީއިން ބޭއްވި ޖަލްސާގައި ރައިސް ޞާލިހުގެ ވާހަކަފުޅު ފައްޓަވަމުން އެންމެ ފުރަތަމަވެސް ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީއިން ފެނިގެން ދިޔައީ ޕާޓީ ތެރޭގައި ތަފާތު ޚިޔާލުތަކަށް ޖާގަ އޮތް މިންވަރު ކަމަށެވެ.

އެހެން ނަމަވެސް، މިހާރު އިންތިޚާބު ނިމި ޕާޓީގެ މެމްބަރުން ގޮތް ނިންމާފައިވާކަމަށާއި، މިއީ އެ ނިންމުމާއި އެއްގޮތަށް ގުޅިގެން މަސައްކަތް ކުރަންވީ ވަގުތުކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. 

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ޞާލިހަށް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: އެމްޑީޕީ 

"ވަކި މީހަކު އިސްތިނާވުމެއް ނެތި [ޕާޓީ] ބަދަހި ސަފުތަކަށް ރުޖޫއަވާންޖެހޭ. އަޅުގަނޑު ދަންނަވާނީ ޚިޔާލު ތަފާތުވުންތައް އެކަހެރިކޮށް، އަދި ޚިޔާލު ތަފާތުވުން ހުއްޓަސް އެމްޑީޕީ އެކީ ރިޔާސީ އިންތިޚާބަށް ކާމިޔާބުކުރަންޖެހޭ"

ރައީސް ޞާލިހު

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ބޭނުންވާ ވެރިކަމެއް ކޮށްދެވޭނީ އެމްޑީޕީއަށް ކަމަށެވެ. އެމަނިކުފާނަށް ވެރިކަން ކުރަން ލިބިލެއްވި ފުރުސަތުގައި ކުރެއްވި މަސައްކަތްޕުޅަކީވެސް އެމްޑީޕީގެ އަސާސްތަކާއި ވިސްނުމާއި އެއްގޮތަށް ރާއްޖެ ތަރައްގީކުރުމުގެ މަސައްކަތްކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. 

އެއާއެކު އެމަނިކުފާނު ވަނީ އެއީވެސް ހަމަ އެމްޑީޕީގެ މެމްބަރެއްކަން ހަނދާންކޮށްދެއްވާފަ އެވެ. 

ރައީސް ޞާލިހު ރިޔާސީ ޓިކެޓާއި ހަވާލުވެވަޑައިގަންނަވީ.. ފޮޓޯ: އެމްޑީޕީ 

"ރާއްޖެ މި ބޭނުންވާ ހަމަޖެހުމާއި، ހަމަހަމަކަމާއި، ތަފާތު ނުކުރުމާ، ތަރައްގީ ގެނެވޭނީ އެމްޑީޕީ ވެރިކަމުގައި އޮވެގެންކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ. އަދި މިހާރު މި ފަށައިގެން ކުރިއަށް ގެންދާ މަޝްރޫއުތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދެވޭނީވެސް އެމްޑީޕީ ވެރިކަމުގައި އޮވެގެންކަމަށް ވާތީ. ދަންނަވަންތޯ! އަޅުގަނޑަކީ ހަމަ އެމްޑީޕީ މީހެއް"

ރައީސް ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ ދެން އެމަނިކުފާނު ފައްޓަވާނީ ރައްޔިތުން ބޭނުންވާ ކަންކަން ހިމަނައިގެން މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ. 2023 އަށް އެމްޑީޕީއިން ހުށައަޅަނީ ރައްޔިތުން އެދޭ ކަންކަމުގެ މެނިފެސްޓޯއެއްކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. 

އެކަން ފާހަގަކުރައްވާ ރައީސް ޞާލިހު ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބުކުރެވޭނެ ކަމަށެވެ. އެކަމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް ހުރިހާ ބޭފުޅުންނަށްވެސް ދައުވަތު އަރުވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ކޮމެންޓް
ުހުސޭނު2023
އެމްޑީޕީ މީހެއް އެކަމަކު އަދާލަތާ،އެމްއާރްއެމްއާ،ޖޭޕީ ފހަތުން ދުވަނީ ސަރުކާރުން ބައި އަޅަން އެކަމަކު މިއީ ރިޔާސީ ނިޒާމެކޯ.އެމްޑީޕީ އަކީ މިހާރު ހަމަ ނަމެއް މަޖްލިސް އިންތިޚާބުގަ ބައި އަޅާފަ ލިބޭނީ 10 ވަރަކަށް ގޮޑި މިދާވަރުން
20 Feb 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.