ޖަމިއްޔަތުއް ސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުހައްމަދު
ހަބަރު
20 Feb 2023 | 06:03
"ޢަރަބި ތަޢުލީމާ ދެކޮޅަށް ވެރިކަމަށް އައި ބަޔަކު، ޢަރަބިއްޔާ އަށް އިޚްލާޞްތެރިވާނެކަމަށް ދެކުމީ މޮޔަކަމެއް"

ޢަރަބި ތަޢުލީމާއު ދެކޮޅު ސިޔާސަތަކާއިގެން ވެރިކަމަށް އައި ބަޔަކު ޢަރަބިއްޔާއަށް އިޚްލާސްތެރިވާނެކަމަށް ދެކުމީ މޮޔަކަމެއް ކަމަށް ޖަމިއްޔަތުއް ސަލަފްގެ ރައީސް ޝައިޚް ޢަބްދުالله ބިން މުހައްމަދް ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަބްދުالله މިހެން ވިދާޅުވީ ޢަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ބާޖަމާލުއްދީން ކައިރީގައި ކުރި އިހްތިޖާޖާއި ގުޅިގެނެވެ. ޢަރަބިއްޔާގެ ބެލެނިވެރިން މިއަދު އިހްތިޖާޖު ކޮށްފައިވަނީ 18 މަސް ދުވަހުން ނިންމަން ބުނި ޢަރަބިއްޔާގެ ޢިމާރާތް އެޅުމަށް އަދި ބިންގާވެސް އެޅިފައި ނުވާތީ އެކަމާއި ގުޅިގެނެވެ.

18 މަސް ދުވަސް ތެރޭގައި ޢަރަބިއްޔާގެ ޢިމާރާތް ނިންމަން ބުނި ނަމަވެސް އަދިވެސް 2 މަސްދުވަސް ތެރޭގައި ތަޅައި ސާފުކޮށް ހުސްކުރަން ބުނި ބަޖަމާލުއްދީނުގެ ބިން ސާފުކޮށްވެސް ނުނިމެއެވެ. އެމަސައްކަތް ފެށިތާ މިހާރުވަނީ 7 މަސް ދުވަސް ވެފައެވެ.

އެކާމާއި ގުޅިގެން ޝައިޚް ޢަބްދުالله ކުރައްވާފައިވާ ޓްވީޓުގައި ވަނީ، ޢަރަބި ތަޢުލީމާ ދެކޮޅު ސިޔާސަތަކާއިގެން، ބޭރުދުނިޔެއަށް ކެމްޕޭން ވިއްކައިގެން ރާއްޖޭގެ ވެރިކަމަށް އައިސްފައިވާ ބަޔަކު، ޢަރަބިއްޔާ އަށް އިޚްލާޞްތެރިވާނެކަމަށް ދެކުމީ މޮޔަކަމެއް ކަމަށެވެ.

"ޢަރަބި ތަޢުލީމާ ދެކޮޅު ސިޔާސަތަކާއިގެން ބޭރުދުނިޔެއަށް ކެމްޕޭން ވިއްކައިގެން ރާއްޖޭގެ ވެރިކަމަށް އައިސްފައިވާ ބަޔަކުގެ ކިބައިން ، ޢަރަބިއްޔާ އަށް އިޚްލާޞްތެރިވާނެކަމަށް ދެކުމީ މޮޔަކަމެއް،  އެކަންވާރަކުން ތިކި ތަޅާނީ އެކަންވާރެއްގައި ހުރި އެއްޗަކުން" ޝެއިޚް ވިދާޅުވި އެވެ.

ޢަރަބިއްޔާ ސްކޫލް އިމާރާތުގައި ރެނދުލައި، އެތަނަކީ ކުދިންތަކެއް ކިޔެވުމަށް ދިއުމަށް އެކަށީގެން ނުވާ ތަނެއް ކަމަށް  ބުނެ މިދިޔަ އަހަރުގެ ފަހުކޮޅު އެ ސްކޫލްގެ ބެލެނިވެރިން ވަނީ އިހްތިޖާޖު ކޮށްފައެވެ. އޭރު ސްކޫލްގެ ތަނބުތަކުގައި ރެނދުލައި ފައި ހުރި ފޮޓޯތަކާއި ވީޑިއޯ ތައްވެސް މީޑިއާގައި ދައުރުވެފައިވެއެވެ.

އެ އިހުތިޖާޖުތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ފުރަތަމަ ނިންމީ ޢަރަބިއްޔާގެ ކުދިން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރާށެވެ. ނަމަވެސް އެ ސްކޫލްގެ ބެލެނިވެރިން އެ ނިންމުމާ ދެކޮޅު ހެދުމުން އާ އިމާރާތެއް އަޅަން މާލެއިން ބިމެއް ހޯދުމުގެ މަސައްކަތް ކުރާނެކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރިއެވެ.

އޭގެ ފަހުން، އަރަބިއްޔާ ސްކޫލް އިމާރާތުގެ ބަދަލުގައި އާ އިމާރާތެއް އަޅަން ނިންމެވިކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު 2021 ގެ ޑިސެމްބަރު މަހުގެ ތެރޭގައި އިއުލާންކުރެއްވިއެވެ.

އެގޮތުން ސަރުކާރުން ބާ ޖަމާލުއްދީން ބިމުގައި ޖަމާލުއްދީން ސްކޫލުގެ އިތުރު އިމާރާތަކާއި

ޢަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް 168 މިލިއަން ރުފިޔާއަށް އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ.

އަރަބިއްޔާ ސްކޫލުގެ ދަރިވަރުން މިހާރު ވަގުތީ ގޮތުން ކިޔަވަމުން ގެންދަނީ ފޮރިން މިނިސްޓްރީ ހިންގި ސޯމިލް އިމާރާތުގައެވެ. އެ އިމާރާތުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމަކީ ދަރިވަރުން އަސާސީ އެތައް ހއްގުތަކުން މަހުރޫމުކޮށްގެން ތިބެން ޖެހޭ ކަމެއްކަން ފާހަގަކުރައްވާ އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
‏މަނީ އެކްސްޗޭންޖަރުންނަށް ފައިސާ ފޯރުކޮށްދެނީ ޑޮލަރުން އާމްދަނީ ލިބޭ މަޝްހޫރު ރިސޯޓުތަކުން: އިޙްސާން
ކަޅުބާޒާރުގައި ޑޮލަރު މާރުކުރާ ފަރާތްތަކަށް ބޭރު ފައިސާ ފޯރުކޮށްދެނީ ރާއްޖޭގެ ބޮޑެތި ރިސޯޓުތަކާއި ޑޮލަރުން އާމްދަނީ ހޯދާ ވިޔަފާރިތަކުން ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.