ޝެއިޚް އަބްދުﷲ ސައުދާން
ހަބަރު
23 Feb 2023 | 11:44
މި ވޭތުވެދިޔަ 5 އަހަރަކީ ރާއްޖެއަށް އައި އެންމެ ނާމާން 5 އަހަރު: ޝެއިޚް ސައުދާން

ވޭތުވެދިޔަ 5 އަހަރަކީ ރާއްޖެއަށް އައި އެންމެ ނާމާން އަދި ބިރުވެރި 5 އަހަރު ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އަބްދުالله ސައުދާން ވިދާޅުވެއްޖެ އެވެ. 

ރާއްޖޭގެ ދީނީ ޕާޓީއެއްގެ ނަމުގައި މަސައްކަތް ކުރަމުންދާ ޢަދާލަތު ޕާޓީން، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ކުރަން ނިންމުމާއި ގުޅިގެން ޝެއިޚް ސައުދާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވޭތުވެދިޔަ 5 އަހަރަކީ ރާއްޖެއަށް އައި އެންމެ ނާމާން އަދި ބިރުވެރި 5 އަހަރު ކަމަށެވެ. 

"ދީނީ މިނިވަންކަމާއި ދުނިޔަވީ މަންފާތައް ހޯދައި ދިނުމުގައި ތަނެއް ދޮރެއް ބަލައި ނުލައި، ވެރިންގެ ޖީބު ބަރުކުރުމުގައި އަވަދިނެތި އުޅެމުން މިދަނީ." މިސަރުކާރުން ވެރިކަން ކުރަމުންދާ ގޮތް ސިފަ ކުރައްވައި ޝެއިޚް ސައުދާން ވިދާޅުވި އެވެ. 

ޝެއިޚް ސައުދާން ވިދާޅުވީ އެފަދަ ބަޔަކަށް ނޫނެކޭ ބުނުމަކީ ކޮންމެ ދިވެއްސަކުވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

މިއަހަރުގެ ސެޕްޓެމްބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޢަދާލަތު ޕާޓީ އިން ރައީސް އިބްރާހިމް މުޙައްމަދް ޞާލިޙަށް ތާއީދު ކުރަން ނިންމާފައިވާއިރު، އެފަދައިން އެ ޕާޓީން ނިންމީ، އިންތިޚާބުގައި ވާދަކުރުމަށް ހުށަހަޅާ މެނިފެސްޓޯ އެކުލަވާލުމުގައި އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ އިތުރުން ދެފުށްފެންނަ ފުރިހަމަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ ޢަދާލަތު ޤާއިމުކުރުމަށް އިސްކަން ދިނުމަށާއި، މެނިފެސްޓޯ އެކުލަވާލުމުގައި ޢަދާލަތު ޕާޓީގެ ބައިވެރިވުން ފުރިހަމަޔަށް ހޯދުމަށް ރައީސް ޞާލިހު އާއި އެކު އެއްބަސްވެފައިވާތީ ކަމަށެވެ. 

އަދި އެ މަސްލަޙަތު ޙިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް ޢަދާލަތު ޕާޓީ އަށް މަސައްކަތްކުރެވެން އޮތީވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީގެ ރިޔާސީ ކެނޑިޑޭޓު، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުހައްމަދު ޞާލިޙު އިންތިޚާބު ކޮށްގެން ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

އަދާލަތު ޕާޓީން މިފަދައިން ހާމަކޮށްފައި ވާއިރު، އެޕާޓީގެ ރައީސް އިމްރާން ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުރެމެ، ރާއްޖޭގައި ހަށި ވިއްކުމާއި އެއްޖިންސުން ގުޅުން ހިންގުން ފަދަ ނުބައި ފާހިޝް އަމަލުތައް އާއްމުވެ ފާޅުގައި ކުރަމުންދާއިރު، އެފަދަ ކަންކަން ނުހުއްޓޭތީ ގިނަ ބަޔަކު އަންނަނީ އެ ޕާޓީން ކޯލިޝަން ހަދަން ނިންމާފައިވަނީ މަގާމުގެ ދަހިވެތި ކަމުގައި ކަމަށް ތުހުމަތު ކުރަމުންނެވެ. 

ކޮމެންޓް
ހާޝިމު
އަދާލަތު ޕާޓީއަށް ވޯޓިދޭނެ ބަޔަކު މިރާއްޖޭގަނެތް
23 Feb 2023
ގުޅޭ ލިޔުންތައް
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.