އެމްޑީއޭގެ ރައީސް ސިޔާމް އާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު--
ހަބަރު
24 Feb 2023 | 19:50
އެމްޑީއޭ އިން ރައީސް ޞާލިހަށް ތާއީދު ކުރަން ނިންމައިފި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކޮށް، އެމަނިކުފާނާއިއެކު ކޯލިޝަން ހެދުމަށް އެމްޑީއޭއިން ނިންމައިފިއެވެ. 

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން މީގެ ކުރިން އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުޙައްމަދު ނިންމެވިއެވެ. އެކަމަކު ފަހުން ވަނީ މިފަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ބަދަލުގައި އެހެން ޕާޓީއަކާއެކު ކޯލިޝަނެއްގެ ގޮތުގައި އިންތިހާބަށް ނިކުތުމަށެވެ.

އެގޮތުން ކޯލިޝަން ހެދުމުގެ ދައުވަތު އިދިކޮޅު ކޯލިޝަނުންނާއި ވެރިކަން ކުރާ އެމްޑީޕީގެ ފަރާތުންވެސް އެމްޑީއޭއަށް ވަނީ ދީފައެވެ. 

އެމްޑީއޭއަށް ކޯލިޝަން ހެދުމަށް ދައުވަތު ދެއްވުމުގެ ކުރިން ރައީސް އޮފީހުގައި ރައީސް ޞާލިހާއި ސިޔާމް ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރައްވާފައިވެއެވެ. އެއަށްފަހު ރައީސް ޞާލިހް ގެ މަންދޫބުން އެމްޑީއޭގެ ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ.

އަދި ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމާއި ގުޅިގެން އެމްޑީއޭއިން މިއަދު ބުނީ، ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އަދި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަމަޖެހުން ގާއިމް ކުރުމަށްޓަކައި، ރައީސް ޞާލިހަށް ދެވަނަ ދައުރެއް ހޯދައިދެއްވުމަށްޓަކައި އެމަނިކުފާނާއިއެކު ކޯލިޝަން ހަދައިގެން މަސައްކަތް ކުރުމަށް އެ ޕާޓީގެ ކައުންސިލުން މިއަދު ނިންމާފައިވާ ކަމަށެވެ. 

ރައީސް ޞާލިހަށް ތާއީދުކުރަން ފެނިވަޑައިގަންނަވާކަމަށް ހުށަހެޅުއްވީ ޕާޓީގެ ރައީސް އަޙްމަދު ސިޔާމެވެ. ސިޔާމުގެ ހުށަހެޅުއްވުމަށް ކައުންސިލުގެ 38 މެންބަރުންގެ ތެރެއިން 36 މެންބަރުން ތާއީދުކުރެއްވިއެވެ.

އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމިކަން އިއުލާނު ކުރައްވަމުން މިއަދު އެމްޑީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވީ، އެމްޑީޕީގެ ރައީސް ސޯލިހާއެކު ކުރިއަށްދާން އެމްޑީއޭ އިން ނިންމީ ކޮވިޑް-19ގެ އާލަމީ ވަބާގެ ތެރޭގައި، ޓޫރިޒަމްގެ އިސް ބޭފުޅުންގެ މަޝްވަރާއެކު އެކަން މެނޭޖް ކުރެއްވީތީ ކަަމަށެވެ.

މައުރޫފް ވިދާޅުވީ، މިސަރުކާރުން ފަށާފައި ހުރި ޕްރޮޖެކްޓް ތައް ނިންމުމަށް ރައީސް ޞާލިހަށް ދިނުމަކީ މުހިންމު ކަމެއް ކަމަށް ސިޔާމު ގަބޫލު ކުރައްވާ ކަމަށެވެ. 

"އަޅުގަނޑު ގަބޫލު ކުރާގޮތުގައި، އަޅުގަނޑުމެންގެ ޕާޓީގެ ރައީސް ގަބޫލުކުރާގޮތުގައި، ދެވަނަ ދައުރެއް ދިނުމަކީ ފެށިފައި ހުރި ޕްރޮޖެކްޓްތައް ނިމި ގައުމު ހަމަހިމޭން ކަމާއެކު ދަތުރު ކުރުމަށް، އަދި އިގްތިސޯދީ ގޮތުން، ދެވަނަ ދައުރެއް ދިނީމާ ރާއްޖޭގައި ބޮލަކަށް ޖެހޭ މިންވަރު އިތުރުވެ، ރާއްޖޭގެ އިގްތިސޯދު ތަނަވަސްވެގެން ދާނެ ކަމަށް އެމަނިކުފާނު ގަބޫލު ކުރަނީ އެހެންވެ، އެހެންވެ ރާއްޖޭގެ ރައީސް ސޯލިހާއި އެކީގައި ކޯލިޝަން ހެދީ". މައުރޫފް ވިދާޅުވިއެވެ.

އެމްޑީއޭއިން އެމްޑީޕީ އާއި އެކު ކޯލިޝަން ހެދުމަށް ނިންމާފައިވާއިރު، ސަރުކާރުގެ މިހާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް ވަނީ އެމްޑީޕީއާއި އެކު ކޯލިޝަން ހެދުމަށް ނިންމާފައެވެ. 

ކޮމެންޓް
ޒާޔާ
މަކަރު ވެރިކަމުގައި އައިސް އެމްޑީޕީ ހަލާކު ކުރަން މަސައްކަތް ނުކުރާނެ ކަމަށް އުންމީދު ކުރަން
24 Feb 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.