މެމްބަރު ވަހީދު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
26 Feb 2023 | 06:01
ރައީސް ޞާލިހަށް ކޯލިޝަންވެސް ނުހިފެހެއްޓުނު، އެމްޑީޕީވެސް ނުހިފެހެއްޓުނު: ވަހީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ސަރުކާރު ކޯލިޝަންވެސް އެގޮތުގައި ހިފަހައްޓާ ނުލެވުނުކަމަށް މަޖިލީހުގެ އުނގުފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ. 

ވަހީދު މިފަދައިން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީން ވަކި ކެންޑިޑޭޓެއް ނެރެގެން، ނުވަތަ އެ ޕާޓީ އިސްވެ އޮވެ ހިންގާ ކޯލިޝަނަކާއެކު ވާދަކުރަން ޕާޓީގެ ގައުމީ ކޮންފަރެންސްގެ އިއްތިފާގުން ފާސްކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. 

ވަހީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިހު އެންމެ ގަދައަށް ދެއްކެވި އެއްވާހަކައަކީ ވެރިކަން ހޯދުމަށް ކޯލިޝަން ހެދުމުގެ މުހިންމުކަމުގެ ވާހަކަ ކަމަށެވެ. އަދި އެމްޑީޕީއާއެކު އެހެން ސިޔާސީ ޕާޓީތަކުން ކޯލިޝަން ހަދާނީ އެމަނިކުފާނު ހުންނަވައިގެން ކަމަށެވެ. 

އެހެން ނަމަވެސް މިހާރު ސަރުކާރަށް ވާގިވެރިވާ އެންމެ ބޮޑު ޕާޓީން އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން ވެރިކަން ނިކުތުމުގެ ބަދަލުގައި އެ ޕާޓީން އަމިއްލައަށް ނިކުތުމަށް ނިންމުމުން، ރައީސް ޞާލިހަށް ކޯލިޝަންވެސް ހިފަހައްޓާ ނުލެވުނުކަން ޔަގީންވާކަމަށް ވަހީދު ވިދާޅުވިއެވެ. 

އެއާއެކު ވަހީދު ވިދާޅުވީ ރައީސް ޞާލިހަށް ކޯލިޝަން ނުހިފެހެއްޓުނު ތާގައި، އެމްޑީޕީވެސް އެކަތިގަނޑެއްގެ ގޮތުގައި ހިފަހައްޓާ ނުލެވުނު ކަމަށެވެ. 

ރައީސް ޞާލިހުގެ މަންދޫބުން ޤާސިމާއި ބައްދަލުކުރައްވަނީ 

"ރައީސް ސޯލިހުގެ ކެމްޕޭނުގައި އެންމެ ބޮޑަށް ދެއްކެވީ ކޯލިޝަން ދެމިއޮންނާނީ އެމަނިކުފާނާއެކު ކަމަށް. އެކަމަކު މިހާރު އެންމެނަށް މި ސާފުވީ، ކޯލިޝަން ނުހިފެހެއްޓެވުނު ތަނުގައި، އެމްޑީޕީވެސް އެއްބައެއް ގޮތުގައި ނުހިފެހެއްޓެވުނު ކަން"

މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު 

ވަހީދު އިތުރަށް ވިދާޅުވީ އެ ހުރިހާކަމަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަކީ އެމްޑީޕީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ބޭނުން ނަމަ "ޗޮއިސްއެއް" ނޫން ކަމަށެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ޞާލިހު ކާމިޔާބު ކުރިނަމަވެސް ޞާލިހުގެ ފަހަތްޕުޅަށް އަރާވަޑައި ނުގަންނަވާނެކަމަށް ނަޝީދާއި އޭނާއަށް ތާއީދުކުރައްވާ މެމްބަރުން ގެންދަވަނީ ވިދާޅުވަމުން ނެވެ. 

އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލްކޮށް އަލުން އެ އިންތިޚާބު ބޭއްވުމަށް ނަޝީދުގެ ފަރާތްޕުޅުން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށައަޅުއްވާފަ އެވެ.

އެ މައްސަލަ ކޯޓުން ބަލައިގެންފައިވާއިރު ކޯޓުން ނިންމާ ގޮތެއްގެ މައްޗަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ބަދަލުވެގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ. 

ކޮމެންޓް
ބޮުބެ
ނަޝީދަށް އަޅުކަން ކުރާގޮލައެއްބާ؟
26 Feb 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.