އާރަށު މައްސަލައިގައި ކުރި ހުކުމާއެކު ޔާމީން މާފުށީ ޖަލަށް ގެންދަން ލޯންޗަށް އަރުވަނީ -- ފޮޓޯ:މިހާރު
ހަބަރު
26 Feb 2023 | 15:48
53 މިލިއަން ރުފިޔާ ދައުލަތަށް ދައްކަން ރައީސް ޔާމީނަށް އަމުރުކޮށްފި

ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް 3،413،230 ޑޮލަރު (53 މިލިއަން ރުފިޔާ) ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މި 52 މިލިއަން ރުފިޔާއަކީ ވ.އާރަށް މައްސަލައިގައި ކުރި ދައުލަތުން ރައީސް ޔާމީނުގެ މައްޗަށް ކުރި ދެ ދައުވާ ކަމުގައިވާ މަނީ ލޯންޑްރިންގ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ، އެމަނިކުފާނުގެ މައްޗަށް ސާބިތު ވުމާއި ގުޅިގެން ދައުލަތަށް ނަގައި ދިނުމަށް އެދުނު ފައިސާ އެވެ.

ނަމަވެސް މިދިޔަ ޑިސެމްބަރ މަހު ހުކުމް ކުރި އިރު ފައިސާ އާއި ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ ހުކުމުގައި އެއްވެސް ވާހަކައެއް ނެތްކަން ފާހަގަ ކޮށް، ހުކުމުގެ އެބައި އިސްތިއުނާފު ކުރުމާއިމެދު ވިސްނަމުންދާ ކަމަށް ޕީޖީ އޮފީހުން ވެސް ވަނީ ބުނެފައެވެ.

އަދި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކުރިތާ ދެމަސްވެ، އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްވެސް ކޮށްފައިވަނިކޮށް، ދައުލަތަށް ފައިސާ ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރާއި ގުޅިގެން ރައީސް ޔާމީންގެ ވަކީލުން ވަކި އެއްޗެއް އަދި ހާމަކުރައްވައެވެ.  

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ކުރުމަށް މިހާރު ހައި ކޯޓަށް ހުށަހަޅައިފައިވާއިރު، އެމަނިކުފާނުގެ ވަކީލުން ވިދާޅުވަނީ ޔާމީން ޖަލަށް ލުމަށް ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުން ފުރުސަތު ލިބޭހާ ވަގުތު އޮއްވައި ޔާމީން މިނިވަންވާނެ ކަމަށެވެ.

ކޮމެންޓް
އަލިހޮއްކޮ
ޔާމީން ވަގަށް ނަގާފައިހުރި ފައިސާ ދެއްކުމުން ޔާމީން އިންތިޚާބުގައި ބައިވެރިވުމަށް ދޫކުރަން ފެނެއެވެ. އެއީ ރައްޔިތުންގެ ފައިސާއެވެ.
26 Feb 2023
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.