ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުނު މުނާސަބާ ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސް ޞާލިހް ވާހަކަ ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
02 Mar 2023 | 16:10
މަތީ ތައުލީމީ ދާއިރާގެ މަސައްކަތްތެރިންގެ މުސާރަ ބޮޑުކޮށް، ބޮޑުކުރި މުސާރަ ހާމަކޮށްދެއްވައިފި

މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފިއެވެ. 

ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުނު މުނާސަބާ ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާރޗް 1 އިން ފެށިގެން އެ ދާއިރާގެ މުސާރަ އަށް ބަދަލު ގެންނަވާފައިވާ ކަމަށެވެ.

އެއާއެކު، ޤައުމީ ޔުނިވަރސިޓީ އާއި ޕޮލިޓެކްނިކް އަދި އިސްލާމިކް ޔުުނިވަރސިޓީގެ މުވައްޒަފުންގެ މުސާރަ ދެން ލިބޭނީ މުސާރަ އަށް ގެނައި ހެޔޮ ބަދަލުތަކާ އެކުގައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން މީގެ ކުރިން ގައުމީ ޔުނިވަރސިޓީގެ ލެކްޗަރާއަކަށް ލިބުނު މުސާރަ އަކީ 18880 ކަމަށާއި އެހެން ނަމަވެސް، މިހާރު ގެނައި ބަދަލަށް ފަހު އިތުރު ވަގުތާ ނުލައި ލެކްޗަރާއިންނަށް މަހަކު 29900 ރުފިޔާ ލިބޭނެ ކަމަށާ އަދި އެއީ ގާތްގަނޑަކަށް 59 އިންސައްތަ ކުރިއެރުމެއް ކަމަށްވެސް ވިދާޅުވި އެވެ. 

މީގެ އިތުރުން ރައީސް ވިދާޅުވީ ސީނިއަރ ލެކްޗަރާއަކަށް މިހާރު ލިބެނީ 20831 ރުފިޔާ ކަމަށާއި އަލަށް ގެނައި ބަދަލާއެކު ސީނިއަރ ލެކްޗަރާއަކަށް 34000 ރުފިޔާ އިތުރު ވަގުތާއި ނުލައި ލިބޭނެ ކަމަށެވެ. 

ހަމައެހެންމެ, އެސިސްޓެންޓް ޕޮރޮފެސަރެއްގެ މުސާރަ 23500 ރުފިޔާ އިން 39400 އަށް ބޮޑުކޮށްފައިވާއިރު، އެސޯސިއޭޓް ޕްރޮފެސަރެއްގެ މުސާރަ 26000 ރުފިޔާ އިން 45000 ރުފިޔާ އަށް ބަދަލުވެގެން ދާނެ ކަމަށްވެސް ރައީސް ޞާލިހް ވިދާޅުވިއެވެ. 

މީގެ އިތުރުން، މެނޭޖްމެންޓު ލެވެލްގައި މަސައްކަތް ކުރާ މީހުންގެ މުސާރަ އަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އިތުރު މަގާމުތަކުގެ މުސާރައަށް ގެނައި ބަދަލުތައް:

* ޑީން: 30،000 ރުފިޔާއިން 38،000 ރުފިޔާއަށް

* ޑެޕިއުޓީ ވައިސް ޗާންސެލަރު: 39،000 ރުފިޔާއިން 48،000 ރުފިޔާއަށް

* ރަޖިސްޓްރާ: 23000 ރުފިޔާއިން 42000 ރުފިޔާއަށް

* ވޮކޭޝަނަލް އެސޯސިއޭޓް ލެކްޗަރާ: 14،000 ރުފިޔާއިން 26،000 ރުފިޔާއަށް

* ވޮކޭޝަނަލް ލެކްޗަރާ: 17،000 ރުފިޔާއިން 29،000 ރުފިޔާއަށް

* ވޮކޭޝަނަލް ސީނިއާ ލެކްޗަރާ: 17،000 ރުފިޔާއިން 34،000 ރުފިޔާއަށް

މި ބަދަލާއެކު ޖުމްލަ 767 މުވައްޒަފަކަށް އަހަރެއްގެ މައްޗަށް 62 މިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލުގެ އިތުރު ތަފްސީލު ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީ އާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އިން ހާމަކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.