ލިވަޕޫލްގެ ނެދަލޭންޑްސް ފޯވާޑް ގައްޕޯ މިރޭގެ މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްދިން
ކުޅިވަރު
06 Mar 2023 | 00:54
މެންޗެސްޓަރ ޔުނައިޓެޑުގެ ތާރީޚްގައި އެޓީމުގެ އެންމެ ލަދުވެތި އެއް ނަތީޖާ!

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލްއިން އެޓީމު ލަދުގަންނަވާލައިފި އެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުން ވަނީ ޔުނައިޓެޑް ކޮޅަށް 7 ލަނޑު ޖަހައިފަ އެވެ. މިއީ ފާއިތުވެދިޔަ 92 އަހަރުތެރޭގައި މިހާ ތަފާތުބޮޑު ނަތީޖާއަކުން ޔުނައިޓެޑް ބަލިވި ފުރަތަަމަ މެޗެވެ.

މެންޗެސްޓަރ ޔުނައިޓެޑުގެ ތާރީޚްގައި އެ ކުލަބު އެންމެ ތަފާތުބޮޑުކޮށް ބަލިވެ ވެފައިވަނީ 7-0 ގެ ނަތީޖާއަކުންނެވެ. ހަތަރު ފަހަރެއްގެ މަތިން އެޓީމު 7-0 އިން ބަލިވިއިރު، 10 އޭޕްރީލް 1926 ގައި ބްލެކްބާން ރޯވާސް އަތުން، 27 ޑިސެމްބަރު 1930 ގައި އެސްޓަން ވިލާ އަތުން، 26 ޑިސެމްބަރު 1931 ގައި ވުލްވްސް އަތުން އަދި 5 މާޗް 2023 ގައި ލިވަޕޫލް އަތުން ވަނީ ބަލިވެފަ އެވެ.

މިރޭގެ މެޗުގެ ފުރަތަަމަ ހާފުގެ 43 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ އެޓީމުގެ ނެދަލޭންޑްސް ފޯވާޑް ކޯޑީ ގައްޕޯ އެވެ. ފުރަތަަމަ ހާފުގައި ލިވަޕޫލުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނު ނަމަވެސް މިހާފުގައި އެޓީމަށް ޔުނައިޓެޑްގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

ނަމަވެސް މި މެޗުގެ ދެވަަނަ ހާފްގައި ލިވަޕޫލްއިން ވަނީ އިތުރު ހަ ލަނޑު ކާމިޔާބުކޮށްފައެވެ. ލިވަޕޫލްގެ ދެވަަނަ ލަނޑު ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި އުރުގުއާއީ ފޯވަޑް ޑާވިން ނުނޭޒް ކާމިޔާބުކުރި އިރު އޭގެ ތިން މިނެޓު ފަހުން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބު ކުރީ ފުރަތަަމަ ލަނޑު ކާމިޔާބުކޮށްދިން ގައްޕޯ އެވެ.

ލިވަޕޫލްގެ ހަތަރު ވަނަ ލަނޑެ 66 ވަނަ މިނެޓުގައި ސަލާހް ކާމިޔާބުކުރި އިރު އެޓީމުގެ ފަސްވަނަ ލަނޑު 75 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނުނޭޒް އެވެ. ލިވަޕޫލްގެ ހަވަނަ ލަނޑު 83 ވަނަ މިނެޓުގައި ސަލާހް ކާމިޔާބުކުރި އިރު އެޓީމުގެ ފަހު ލަނޑު 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެންނުކުތް ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އެވެ.

މިސީޒަނުގެ ކުރީކޮޅު ލީގުގައި ދަށް ނަތީޖާ ތަކެއް ނެރެމުންއައި ލިވަޕޫލަށް މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމަށް ވަނީ ގަދަ ހަތަރެއްގެ އުންމީދު އައުވެފައެވެ. 25 މެޗުން އެޓީމަށް 42 ޕޮއިންޓް ލިބިފައިވާއިރު މިވަގުތު އެޓީމު އޮތީ ލީގު ތާވަލްގެ 5 ވަނައިގައެވެ.

މިރޭގެ މެޗުން ބަލިވި މެންޗެސްޓަރ ޔުނައިޓެޑަށް 25 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު މިވަގުތު އެޓީމު އޮތީ ލީގު ތާވަލްގެ ތިން ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.