ފެރާން ޓޮރޭޒް ބާސެލޯނާގެ ޕެނަލްޓީ ކުރިއަށް ފޮނުވާލަނީ
ކުޅިވަރު
06 Mar 2023 | 01:07
ވެލެންސިއާ ބަލިކޮށް ބާސެލޯނާ އިން 10 ޕޮއިންޓުގެ ލީޑެއް ނަގައިފި!

ސްޕެނިޝް ލަލީގާގައި މިރޭ އަމިއްލަ ދަނޑުގައި ވެލެންސިއާ 1-0 ގެ ނަތީޖާއަކުން ބަލިކޮށް ބާސެލޯނާ އިން ލީގު ތާވަލުގެ ކުރީގައި 10 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މިރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަަމަ ހާފުގެ 15 ވަނަ މިނެޓުގައި ބާސެލޯނާ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް ރަފީންހާ އެވެ. މިއީ އެޓީމުގެ ތަޖުރިބާކާރު މިޑްފިލްޑަރު ސާޖިއޯ ބުސްކެޓްސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބާސެލޯނާ އިން ބޯޅަ ގެންގުޅެ މެޗު ޑޮމިނޭޓުކުރި އިރު މިހާފުގައި ވެލެންސިއާ އަށް ބާސެލޯނާގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗުގެ ދެވަަނަ ހާފު ފެށިގެން 53 ވަނަ މިނެޓުގައި ވެލެންސިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއިިން އެޓީމުގެ ކުޅުންތެރިންގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ ބާސެލޯނާ އަށް ޕެނަލްޓީއެއް ދީފައެވެ.

ބާސެލޯނާގެ ޕެނަލްޓީ އެޓީމުގެ ސްޕެއިން ފޯވާޑް ފެރާން ޓޮރޭޒް ފޮނުވާލުމުން އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި އޭގެ ހަމިނެޓު ފަހުން ބާސެލޯނާގެ އުރުގުއާއީ ޑިފެންޑަރު ރޮނާލްޑް އަރައުޖޯ އަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލައިފައެވެ.

ބާސެލޯނާގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ސަބަބުން ފަހު ހާފުގެ ބޮޑުބައި އެޓީމުން ކުޅުނީ ވަރަށް ބޮޑަށް ފަހަތަށް ޖެހި ޑިފެންސަށް އިސްކަން ދީގެންނެވެ. އަދި މިސީޒަނުގައި މިހާތަނަށް ލީގުގައި އެންމެ ރަގަޅު ޑިފެންސިވް ރެކޯޑެއް ދަމަހައްޓަމުން އަންނަ ބާސެލޯނާގެ ގޯލު ފޫއަޅުވާކުމުގައި ވެލެންސިއާ އަށް ކާމިޔާބު ހޯދޭގޮތެއް ނުވިއެވެ.

މިރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ބާސެލޯނާ އަށް ވަނީ 24 މެޗުން 62 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑް 23 މެޗުން ލިބިފައިވަނީ 52 ޕޮއިންޓެވެ. އަދި މިރޭގެ މެޗުން ބަލިވި ވެލެންސިއާ އަށް 24 މެޗުން ލިބުނު 23 ޕޮއިންޓާއެކު އެޓީމު އޮތީ ލީގު ތާވަލްގެ 19 ވަނައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.