ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަރަންޓް ކެނޑިއްޖެ

28 Jan 2019 | 19:44

ދިވެހިރާއްޖޭގެ މައި ވައިގެ ބަނދަރުކަމުގައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ކަރަންޓް ކެނޑިއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި، ވީއައިއޭއިން ކަރަންޓް ދިއުމުގެ ސަބަބުން އެއަރޕޯޓުގެ ހިދުމަތަށް ވަނީ ބުރޫ އަރާފައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރި ޓުވީޓެއްގައި ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ސަރަހައްދުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

އެއާޕޯޓުން ކަރަންޓު ކެނޑިފައިވަނީ "ރިންގް މެއިން"އަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

އެ މައްސަލަ ހައްލުކުރުމަށް އެއަރޕޯޓުގެ ޓެކްނިކަލް ޓީމްތަކުން މަސައްކަތްކުރަމުން އެބަދެއެވެ.

Advertisement

ކޮމެންޓް