ކްރިސްޓިއާނޯ ރޮނާލްޑޯ
ކުޅިވަރު
06 Mar 2023 | 03:19
ތުރުކީ-ސީރިއާ ބިންހެލުން: ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ރޮނާލްޑޯގެ ފަރާތުން ބޮޑު އެހީތެރިކަމެއް!

ސައޫދީ އަރަބިއްޔާގެ އަލް ނަސްރަށް ކުޅެމުންއަންނަ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ސީރިއާ އާއި ތުރުކީގައި ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީގެ ތަކެތި ބަރުކޮށްފައި މަތިންދާބޯޓެއް ފޮނުވައިފި ކަމަށް ޑެއިލީމެއިލް އިން ރިޕޯޓް ކޮށްފިއެވެ.

އެނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ސީރިއާ އާއި ތުރުކީގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ފޮނުވި ބޯޓުގައި ހުރީ ޓެންޓާއި ކާބޯތަކެތީގެ ޕާރުސަލް، ބާލީސް، ބްލޭންކެޓް، ބޭބީ ފުޑް، ކިރު، އަދި ބޭހުގެ ސާމާނެވެ. މިތަކެތި ސީރިއާ އަދި ތުރުކީއަށް ވެސް ފޮނުވާފައިވެއެވެ.

މީގެކުރިން ރޮނާލްޑޯ އެއްފަހަރު ކުޑަކުއްޖެއްގެ ސިކުނޑީގެ ސާޖަރީއަށް ބޭނުންވާ ފައިސާ ދެއްކުމަށް 83،000 ޑޮލަރު (69،000 ޕައުންޑް) ދީފައިވާއިރު، އޭނާގެ އުފަން ރަށް ޕޯޗުގަލްގެ ކެންސަރު ސެންޓަރަކަށް އެހީވުމަށް 165،000 ޑޮލަރު (137،000 ޕައުންޑް) ހަދިޔާކޮށްފައިވެ އެވެ.

މީގެއިތުރުންވެސް ސޭވް ދަ ޗިލްޑްރަން، ޔުނިސެފް އަދި ވޯލްޑް ވިޝަންގެ އެމްބެސެޑަރުކަން ކޮއްފައިވާ ފޯވާޑް ވަނީ ކޮރޯނާވައިރަހުގެ ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރުނު ދުވަސްވަރު ޕޯޗުގަލްގެ ހޮސްޕިޓަލްތަކަށް ވެސް އެއް މިލިއަން ޕައުންޑް ހަދިޔާކޮށްފަ އެވެ.

ރޮނާލްޑޯގެ މި އިސްނެގުމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކާއި ހަފުތާތަކުގައި ކުޅިވަރުގެ އެހެން ތަރިން ވެސް އެގޮތަށް އަމަލު ކުރުމަށް ހިތްވަރު ލިބޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ޑެއިލީމެއިލް އިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.