އިންތި މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
06 Mar 2023 | 16:32
އިންތިޚާބުތެރޭ ރައީސް ކުރައްވާ ރަސްމީ، ނުރަސްމީ ދަތުރު ވަކިކުރާނެ ބިލެއް މާ މުހިންމު: އިމްތިޔާޒު

ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ހުށައެޅުއްވި ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫނަށް) އިސްލާހު ގެނައުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ. 

މެމްބަރު ޝަރީފު ހުށައެޅުއްވި އިސްލާހުގައި ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތައް ނަން ހުށައަޅަން އޮތް މުއްދަތު 10 ދުވަހުން 14 ދުވަހަށް އިތުރުކުރުމަށް ހުށައަޅާފައެވެ. އެ ނޫން އިތުރު އިސްލާހެއް ގެނައުމަށް ހުށައަޅާފައެއް ނުވެއެވެ. 

މިއަދު އެ އިސްލާހަށް ބަހުސް ކުރަން ފަށާފައިވާއިރު، އިމްތިޔާޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ގާނޫނަށް އެއްފޮޅުވަތުގެ އިސްލާހެއް ހުށައެޅީ ކޮން ބޭނުމެއްގައިކަން ސާފުނުވާ ކަމަށެވެ. އަދި ކެންޑިޑޭޓުންގެ ނަން ހުށައަޅާ މުއްދަތު 10 ދުވަހުން 14 ދުވަހަށް އިތުރު ކުރުމަކީ އޭގެން ކޮންކަހަލަ ނަތީޖާއެއް ނިކުންނާނެ ކަމެއްކަންވެސް ވިސްނިވަޑައި ނުގަންނަވާކަމަށެވެ. 

ސަރުކާރުން މި ބިލު ހުށައަޅާފައިވަނީ ނަމެއްގައި ކަމަށާއި، މިއީ މަޖިލީހަށް ބިލެއް ހުށައެޅިކަމަށް އިސްތިހާރުކުރުމަށް ކުރެއްވި ކަމެއްގެގޮތުގައި އިމްތިޔާޒު ސިފަކުރެއްވި އެވެ. 

"މިހަމަ ސަރުކާރުން ޕްރޮޖެކްޓު ގުނާ އުސޫލުން މި ބިލުވެސް މި އޮތީ. މިހެން މި ދަންނަވަނީ ޕްރޮޖެކްޓެއްގެ ގޮތުގައި ފާހަގަކޮށްފާނެ މަގެއްގައި އޮތް ގާބުރިއެއް ހިއްލާލާ އަނެއްތަނެއްގައި އަޅާލުން އެއީ ޕްރޮޖެކްޓެއްގެ ގޮތުގައި ނަން ޖެހިދާނެތާ. އެހެންވީމަ ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވާފައި އޮތް ބިލެއްގެ ގޮތުގައި ލިސްޓެއްގައި އޮވެދާނެ ވަރަށް ބޮޑު ބިލެއް، ވަރަށް މުހިންމު ބިލެއް ފޮނުއްވެވިކަމަށް އޮވެދާނެ. ވަރަށް ފާޑެއްގެ މާނައެއް ނެތް ކަންކަން ކުރައްވާތީ އަޅުގަނޑު މި ފާހަގަކޮށްލީ" 

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

އިންތި ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ހެޔޮ ނިޔަތެއްގައި އިސްލާހެއް ހުށައަޅުއްވާނަމަ، ހުށައަޅަންވީ އިންތިޚާބުތަކާއި ދިމާކޮށް ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ނުކުރެވޭނެ އިސްލާހެއް ކަމަށެވެ. 

އެތެރޭގެ އިންތިޚާބުތަކާއި އަދި އެ ނޫންވެސް އިންތިޚާބުތަކުގައި ސަރުކާރުން ބޭނުންވާ ވަކި ނަތީޖާއެއް ނެރުމަށް ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުން ކުރަމުންދާކަން އިންތި ފާހަގަކުރެއްވި އެވެ.

އެގޮތުން އިންތިޚާބުތަކުގައި ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅު ކުރައްވާ ހައިސިއްޔަތުވެސް ވަކި ކުވާ ކަމަށާއި، ރަސްމީ ދަތުރުތަކާއި ނުރަސްމީ ދަތުރުފުޅުތައް މަސްހުނިވެ، ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރެއްވި ނަމަވެސް ޒިންމާ ކުރެވޭނެ ގޮތެއް ނޯންނަކަމަށް އިންތި ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ އިންތި ވިދާޅުވީ ރިޔާސީ އިންތިޚާބާއި ބެހޭ ޤާނޫނަށް އިސްލާހެއް ކޮންމެހެން ހުށައަޅުއްވަން ޖެހިވަޑައިގަންނަވާނަމަ އިންތިޚާބުތަކުގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކާއި، ނުރަސްމީ ދަތުރުފުޅުތައް ވަކި ކުރެވޭނެ ބިލެއް ހުށައެޅުއްވުން މާ ރަނގަޅުވާނެކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. 

އެފަދަ ބިލެއްގެ ސަބަބުން އެންމެ ކުޑަމިނުން ރަސްމީ ދަތުރުތަކާއި ނުރަސްމީ ދަތުރުތައް ވަކި ކުރެވޭނެ ނިޒާމެއް ގާއިމްކުރެވޭނެކަމަށް އިންތި ވިދާޅުވި އެވެ. 

"މިއަށްވުރެ މާ މުހިންމުވިސް ކަންނޭގެ އިލެކްޝަންސް ގާނޫނަކަށް އިސްލާހެއް ހުށައަޅުއްވާކަމަށް ވަނީނަމަ މިހާރުވެސް މި ރާއްޖޭގެ އެކި ރައްޔިތުންނާއި އަދި ސިޔާސީ ޕާޓީތަކުން ފާހަގަކުރާ ކަންކަމަށް އެޑްރެސް ކުރައްވާ ބިލު ޑްރާފްޓު ކުރެއްވުން. މިސާލެއްގެ ގޮތުގައި ރައީސުލްޖޫރިއްޔާ ޕާޓީގެ އެތެރޭގެ އިލެކްޝަންސް ކަމުގައި ވީ ނަމަވެސް ކެމްޕޭނެއްގެ ތެރޭގައި ކުރައްވާ ދަތުރުފުޅުތައް، އެއީ ރަސްމީ ދަތުރުފުޅާއި، އަމިއްލަފުޅު ނުވަތަ ސިޔާސީ ޕާޓީގެ ދަތުރާއި މި ދޭތި މިކްސްކޮށްލައިގެން އުޅޭ ކަންކަމަށްވެސް އެޑްރެސް ކުރެވިގެން އެގޮތަށް ދަތުރު ނުކުރެއްވުމަށް ނޫނިއްޔާ އެކަން ފަރަގުކޮށް، އެފަދަ އިސްލާހުތައް ހުށައެޅުން"

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

އިންތި ވަނީ މަޖިލީހަށް ބިލު ހުށައަޅުއްވާއިރު ސަރުކާރުން މަޝްރޫއުތައް ގުނާ އުސޫލުން ބިލުތައް ފަރުމާ ނުކުރުމަށް ގޮވާލައްވާފަ އެވެ.

މަޖިލީހަށް ބިލެއް ހުށައަޅުއްވަން ވާނީ އޭގެ ސަބަބުން ފައިސާކުރަނިވި ނަތީޖާތަކެއް ހާސިލްވާނެގޮތަށް ބައްލަވައިގެންކަމަށް އިންތި ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެއްފޮޅުވަތުގެ ބިލުތައް މަޖިލީހަށް ހުށައަޅުއްވާ، އެހާ ޒިންމާދާރުކަން ކުޑަކޮށް ސަރުކާރުން ކަންކަން ކުރަމުން ދިއުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.