އައިހަމް ޒޯން ދޭއްގެ މޮޅުކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ
ކުޅިވަރު
07 Mar 2023 | 16:18
ގޯލްޑަން ފުޓްސަލް ޗެލެންޖް 2023، ޒޯން ދޭއްގެ މޮޅުކުޅުންތެރިޔާ އައިހަމް!

އަހުމަދު އައިހަމް އަކީ މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ވާދަކުރަމުންދާ ރ.އިނގުރައިދޫ ޓީމުގައި ހުނަރުވެރި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ކުޅުންތެރިއެކެވެ.

އުމުރުން 24 އަހަރުގެ އައިހަމް އަކީ ދިވެހި ފުޓްބޯޅައަށް އާނަމެއް ނޫނެވެ. 2016 ވަނަ އަހަރު ތިންވަނަ ޑިވިޝަންގެ މަސްއޮޑި ޓީމަށް ކުޅެނިކޮށް އޭރު ޓީސީގެ ކޯޗަކަށް ހުރި ނިޒާމްބެއަށް އޭނާގެ ކުޅުން ފެނިގެން ޓީސީ އިން ފުރުސަތު ހޯދައިދިނީ، އަދި ޖެހިގެން އައި 2017 ވަނަ އަހަރު ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕް ޓީސީ ސްޕޯޓްސް ކްލަބް އިން ކާމިޔާބުކުރި އިރު އައިހަމް ވަނީ އެޓީމުގެ ފަހަތުގައި މުހިންމު ދައުރެއް އަދާކޮއްދީފައެވެ.

2018  ވަނަ އަހަރު އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި އިންޑިޔާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ޓީސީ ކުޅުނު މެޗުގައި ވެސް އައިހަމް ވަނީ ކުޅެފަ އެވެ.

2019 ވަނަ އަހަރު ދެވަނަ ޑިވިޝަންގެ ޖޭޖޭ ސްޕޯޓްސް ކްލަބަށް ކުޅުމަށް ފަހު 2021 އަދި 2022 ގައި އައިހަމް ފެނިގެންދިޔައީ ފުރަތަަމަ ޑިވިޝަނުގެ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ކްލަބް އިންނެވެ.

ފުޓްބޯޅައިގެ އިތުރުން ފުޓްސަލްގައި ވެސް އައިހަމް އަކީ ކުރިއަރަމުން އަންނަ އުންމީދީ ތަރި އެކެވެ. 2017 ވަނަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އިނގުރައިދޫ ޓީމުން އަތޮޅު ބުރުގެ އިތުރުން ޒޯން ދޭއްގެ ޗެމްޕިއަންކަން ހޯދި އިރު އައިހަމް އަކީ އެޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. އެ އަހަރުގެ އަތޮޅު ބުރުގެ މޮޅުކުޅުންތެރިޔާގެ މަގާމުގެ އިތުރުން ޒޯން ދޭއްގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ ވެސް އައިހަމް އަށެވެ.

މީގެއިތުރުން ވެސް 2022 ވަނަ އަހަރު ބޭއްވުނު ރ. އަތޮޅު ފުޓްސަލް ޗެލެންޖްގައި މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމުގެ އިތުރުން ކިންގް އޮފް ދި ޓޯނަމެންޓްގެ މަގާމް ލިބުނީ ވެސް އައިހަމް އަށެވެ.

މި އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރުން ޒޯން ދޭއްގެ ޗެމްޕިއަންކަން އިނގުރައިދޫ ހޯދި އިރު އައިހަމް ވަނީ މުހިންމު ދައުރެއް އަދާކޮއްދީފައެވެ. އަތޮޅު ބުރުގައި އިންނަމާދޫ އަދި މީދޫ ކޮޅަށް ހެޓްރިކް ހަދާފައިވާ އިރު މިބުރުގައި ދުވާފަރު ކޮޅަށް ކުޅުނު މެޗުގައި އައިހަމް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން ޒޯން ދޭއްގެ ފައިނަލުގެ ދެ ލެގުގައި އައިހަމް ވަނީ އޭދަފުށި ކޮޅަށް ތިން ލަނޑު ކާމިޔާބުކޮށް މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން ޒޯން ދޭއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ.

ވޮއިސް އާއި ވާހަކަދައްކަމުން އައިހަމް ބުނީ ކުރިއަށް ދާން ބޭނުންވަނީ ފުޓޯޅައިން ކަމަށާއި ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ހުވަފެން ކަމަށެވެ. މި ދާއިރާއިން ކުރިއަށް ދިއުމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އާއިލާގެ ފަރާތުން ހާއްސަކޮށް ބައްޕަގެ ސަޕޯޓް ވަރަށް ބޮޑަށް ލިބުނު، އަދި މިހާރު ވައިފްގެ ފަރާތުން ލިބޭ ހިތްވަރަކީ އެންމެ ބޮޑު މޯޓިވޭޝަން އަކީ އައިހަމް ބުންޏެވެ.

މިވަގުތު އައިހަމްގެ ހުރިހާ ފޯކަސްއެއް ހުރީ ރަށުޓީމާއެކު ރަގަޅު ކާމިޔާބެއް ހޯދުމަށެވެ. އެންމެ ފަހުން މުބާރާތުގެ ކުއާޓާ ފައިނަލުން ކެޓީ، ނަމަވެސް މިފަހަރު އިނގުރައިދޫ ޓީމު ފެންނަނީ ވަރަށް ތަފާތުކޮށެވެ. އުންމީދަކީ ކުރިއަށް ހުރި މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ އެންމެ ޝަރަފްވެރި މަޤާމް ރާއްޖޭގެ ޗެމްޕިއަންކަން ރަށު ޓީމަށް ހޯދައިދިނުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.