އޭއެފްސީ އޭޝިއަން ކަޕް 2023
ކުޅިވަރު
07 Mar 2023 | 19:06
އޭޝިއަން ކަޕް 2023 ގަތަރުގެ ވެރިރަށް ދޯހާގައި، ގުރުލުން މެއި 11 ގައި!

02 ސެޕްޓެމްބަރު 2023 ފެށިގެން 17 ސެޕްޓެމްބަރު 2023 ގެ ނިޔަލަށް ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ އޭޝިއަން ކަޕް ގަތަރު 2023 ގެ ގުރުލުމުގެ ރަސްމިއްޔާތު 11 މެއި 2023 ވާ ބުރާސްފަތި ދުވަހު ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ކަޓާރާ އޮޕެރާ ހައުސްގަ ބޭއްވުމަށް އޭއެފްސީ ނިންމައިފިއެވެ.

މި ރަސްމިއްޔާތުގައި ޓީމުތައް ސީޑް ކުރުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ ފީފާ ރޭންކިންގައި ގައުމުތަކުގެ ރޭންކް ކުރެވިފައިވާ ތަރުތީބުންނެވެ.

ކޮލިފިކޭޝަން މަރުހަލާގެ ދެ ވަނަ ބުރު ނިމުމުގެ ކުރިން ފައިނަލް މުބާރާތުގެ ޖާގަ ކަށަވަރުކުރި 12 ޓީމު ހިމެނެނީ ޕޮޓްސް 1 އަދި 2 ގަ އެވެ. އަދި ތިން ވަނަ ބުރުގައި ކޮލިފައިވި ބާކީ ހުރި ޓީމުތައް ވަނީ ބާކީ ހުރި ޕޮޓްތަކަށް ބަހާލެވިފައެވެ. ނަމަވެސް މުބާރާތުގެ ހޯސްޓްގެ ހައިސިއްޔަތުން ގަތަރު އޮތީ ޕޮޓް އެކަކަށް ސީޑްކޮށްފަ އެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ އޭއެފްސީ އޭޝިއަން ކަޕްގައި 24 ޓީމު ވާދަކުރާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި 24 ޓީމު 6 ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނޭ ގޮތަށެވެ.

ކޮންމެ ގުރޫޕަކުން އެއްވަނަ އަދި ދެވަނައަށް ދާ ޓީމު މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވާ އިރު ތިންވަނައަށް ދާ ޓީމުތަކުގެ ތެރޭގައި އެންމެ ނަތީޖާ ރަގަޅު ހަތަރު ޓީމަށް މުބާރާތުގެ ދެވަނަ ބުރުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އޭއެފްސީ އޭޝިއަން ކަޕްގެ އެންމެ ކާމިޔާބު ގައުމަކީ ޖަޕާން އެވެ. އެ ގައުމުން މި މުބާރާތް ހަތަރު ފަހަރަށް ކާމިޔާބުކޮށްފައި ވާއިރު މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީ ގަތަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ