ޗެލްސީގެ ފުރަތަަމަ ލަނޑު ޖެހުމަށް ފަހު ސްޓާލިން އުފާފާޅުކުރަނީ
ކުޅިވަރު
08 Mar 2023 | 04:18
މިއަހަރުގެ ތެރޭގައި ފުރަތަަމަ ފަހަރަށް ޗެލްސީ އިން އެއް މެޗެއްގައި ދެ ލަނޑުޖަހައިފި!

ޔުއެފާ ޗެމްޕިއަންސްލީގުގެ ދެވަަނަ ބުރުގެ ދެވަަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް 2-0 ގެ ނަތީޖާއަކުން ބަލިކޮށް އިގިރޭސިވިލާތުގެ ޗެލްސީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިރޭގެ މެޗުން 2-0 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވުމުން ދެމެދުގެ އެގްރިގޭޓުން އެޓީމަށް ކުރި ލިބެނީ 2-1 ގެ ނަތީޖާއަކުން މެވެ. އަދި މިއީ މިއަހަރު ޗެލްސީ އިން ކުޅުނު 13 މެޗުގެ ތެރެއިިން އެއް މެޗެއްގައި އެޓީމުން ދެ ލަނޑު ކާމިޔާބުކުރި ފުރަތަަމަ މެޗެވެ.

ފުރަތަަމަ ލެގުގައި ރަށުން ބޭރުގައި ޑޯޓްމަންޑް އަތުން ބަލިވެފައި އޮތުމުން މިރޭގެ މެޗު ޗެލްސީ އިން ފެށީ ވަރަށް ވަރުގަދަކޮށެވެ. ފުރަތަަމަ ހާފުގައި ޗެލްސީގެ ޓީމުން ލަނޑު ޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ ޖަރުމަން ފޯވަޑް ކައި ހަވާޓްޒް އަށެވެ. ނަމަވެސް ޑޯޓްމަންޑްގެ ޕެނަލްޓީ އޭރިއާ ތެރޭ މުޅިން ހުސްކޮށް ހުރެ އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ފުރަތަަމަ ހާފުގެ 38 ވަނަ މިނެޓުގައި ކައި ހާވަޓްޒް ޗެލްސީއަށް ލަނޑެއް ކާމިޔާބުކޮށްދިން ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މި މެޗުގައި ޗެލްސީގެ ފުރަތަަމަ ލަނޑު ފުރަތަަމަ ހާފުގެ 43 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިގިރޭސި ފޯވާޑް ރަހީމް ސްޓާލިން އެވެ. މިއީ އެޓީމުގެ އިގިރޭސި ޑިފެންޑަރު ބެން ޗިލްވެލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޗެލްސީގެ ދެވަަނަ ލަނޑު ދެވަނަ ހާފު ފެށުނުތާ ކައިރީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކައި ހާވަޓްޒް އެވެ. އޭނާ ފުރަތަަމަ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ނަމަވެސް ހާވަޓްޒް ބޯޅަ ފޮނުވާލުމުގެ ކުރިން ޑޯޓްމަންޑްގެ ކުޅުންތެރިން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމުން ރެފްރީ ވަނީ ދެވަނަ ފަހަރަށް ޕެނަލްޓީ ޖެހުމުގެ ފުރުޞަތު ޗެލްސީއަށް ދީފައެވެ. ދެވަނަ ފަހަރަށް ފޮނުވާލި ޕެނަލްޓީ އޭނާ ވަނީ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

މި ލަނޑާއި އެކު ޑޯޓްމަންޑް އިން ކުރިއަށް ޖެހި ލަނޑެއް ކާމިޔާބުކުރެވޭތޯ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް ޗެލްސީ އިން ވަނީ ރޭވުންތެރިކަމާއެކު ޑޯޓްމަންޑްގެ ހަމަލާތައް ދިފާއުކުރުމުގައި ކާމިޔާބު ހޯދާފައެވެ. 

ޗެމްޕިއަންސްލީގުއި މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގައި ރަށުން ބޭރުގައި ޕީއެސްޖީ ނުކުންނާނީ ޖަރުމަނުގެ ބަޔާން މިއުނިކާއި ދެކޮޅަށެވެ. އަދި އަމިއްލަ ދަނޑުގައި ޓޮޓެންހަމް ނުކުންނާނީ އިޓަލީގެ އޭސީ މިލާނާއި ދެކޮޅަށެވެ. މި ދެ މެޗު ވެސް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ދަންވަރުން 1:00 ގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.