ރާމޯސް މިރޭގެ މެޗުގައި ދެ ލަނޑު ކާމިޔާބުކުރި
ކުޅިވަރު
08 Mar 2023 | 04:42
ފަސޭހަކަމާއި އެކު ކްލަބް ބުރޫޖް ބަލިކޮށް ބެންފީކާ ކުއާޓަރ ފައިނަލަށް!

ޔުއެފާ ޗެމްޕިއަންސްލީގުގެ ދެވަަނަ ބުރުގެ ދެވަަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ކްލަބް ބުރޫޖް ފަސޭހަކަމާއި އެކު 5-1 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޕޯޗުގަލްގެ ބެންފީކާ ޖާގަ ހޯދައިފިއެވެ.

ބެންފީކާ އާއި ކުލަބް ބުރޫޖް ވާދަކުރި ފުރަތަަމަ ލެގު އެޓީމުން 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރި އިރު މިރޭގެ މެޗުގެ ނަތީޖާއާ އެކު ދެމެޗުގެ އެގްރިގޭޓުން އެޓީމަށް ކުރި ލިބެނީ 7-1 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައި ބެންފީކާގެ ފުރަތަަމަ ލަނޑު ފުރަތަަމަ ހާފުގެ 38 ވަނަ މިނެޓުގައި މިޑްފިލްޑަރު ރަފާ ސިލްވާ ކާމިޔާބުކުރި އިރު އެޓީމުގެ ދެވަނަ ލަނޑު ފުރަތަަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ރާމޯސް އެވެ.

ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ރާމޯސް އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، އެޓީމުގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 71 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފިލްޑަރު ޖޯ މާރިއޯ އެވެ. އަދި އެޓީމުގެ ފަސްވަނަ ލަނޑު 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ފޯވާޑް ޑޭވިޑް ނެރެސް އެވެ.

ކްލަބް ބުރޫޖް އިން އެ މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ބްޔޯރން މެއިޖަރ އެވެ.

ޗެމްޕިއަންސްލީގުއި މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގައި ރަށުން ބޭރުގައި ޕީއެސްޖީ ނުކުންނާނީ ޖަރުމަނުގެ ބަޔާން މިއުނިކާއި ދެކޮޅަށެވެ. އަދި އަމިއްލަ ދަނޑުގައި ޓޮޓެންހަމް ނުކުންނާނީ އިޓަލީގެ އޭސީ މިލާނާއި ދެކޮޅަށެވެ. މި ދެ މެޗު ވެސް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ދަންވަރުން 1:00 ގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.